އިންޑިއާގައި ކޮވިޑް-19 ފެތުރުމުގެ ޒިންމާ އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނަގަން ޖެހޭނެ ކަމަށް މަޑްރާސް ހައި ކޯޓުން ބުނެފިއެވެ.

ދުނިޔޭގައި އެންމެ އާބާދީ ބޮޑު ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާގައި ކޮވިޑް-19 ގެ ނުރައްކާ އިންތިހާ އަށް އެބައޮތެވެ. ފަހަކަށް އައިސް، އެ ގައުމުގައި ދުވާލެއްގެ މައްޗަށް ތިން ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވަމުންދެއެވެ. އަދި ކޮންމެ ދުވަހަކު ވެސް މަރުވާ މީހުންގެ އަދަދު ވަނީ 2،000 އަށް ވުރެ ގިނަ ވެފައެވެ. އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ބުނާ ގޮތުގައި އިންޑިއާ އަށް އެރީ ދެ ވަނަ ރާޅެވެ.

އިންޑިއާގައި ކޮވިޑް ފެތުރިފައިވާތީ އެ ގައުމުގެ މަޑްރާސް ކޯޓުގެ އިސް ފަނޑިޔާރު ސަންޖީބު ބެނަޖީ އަދި ފަނޑިޔާރު ސެންތިލްކުމަރ ރަމަމޫތީ ވިދާޅުވީ އިންޑިއާ މި ހާލަތަށް ވެއްޓިފައި ވަނީ އެ ގައުމުގެ އިލެކްޝަންސް ކޮމިޝަންގެ އިހުމާލުން ކަމަށެވެ.

މެޑްރާސްގެ ހައިކޯޓުން ބުނީ އިލެކްޝަންސް ކޮމިޝަނުން އެކޮމިޝަންގެ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްފައި ނެތް ކަމަށެވެ. ހާއްސަކޮށް ސިޔާސީ ޕާޓީތަކުން ކޮވިޑްގެ ހާލަތުގައި ވެސް އެއްވުންތައް ބާއްވަމުން ދިޔައިރު އެއެއްވުންތައް ހުއްޓުވަން އިލެކްޝަންސް ކޮމިޝަނުން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށް މެޑްރާސްގެ ހައިކޯޓުން ބުންޏެވެ.

އިންޑިއާގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު މިހާރުވެސް އެކި ސަރަހައްދުތަކުގައި ބައި އިލެކްޝަންސްތައް ކުރިއަށް ގެންދަން ވަނީ ތާވަލް ކޮށްފައެވެ. މިހަފްތާގައި ބޮޑުވަޒީރު މޯދީ ވެސް ވަނީ ބެންގާލްގައި އޮންނަ ކެމްޕޭން އެއްވުމަކަށް ވަޑައިގަތުމަށް ނިންމަވާފައެވެ. ނަމަވެސް ފަހުވަގުތު އެދަތުރު ކެންސަލް ކުރީ ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މާބޮޑަށް އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަމާ މާލެ

    ރާއްޖޭގެ އީސީ ސަރީފައް ތިޔޭގެ ރޯޅިއެއް ނާންނާނެ ބާ.

    17
    1
  2. މާމީ

    އަނެއްކާ ޝަރީފު ކީއްމިކުރީ...

    14
  3. ހުސޭނު

    މިފަހަރު ޢީސީ ޝަރީފް އިސްތިއުފާ ދޭންޖެހޭނެ ހެން ހީވަނީ!!

    15
    1
  4. ރެފްރީ

    ރާއްޖޭގަނަގަންޖެހޭނީ އެޗްޕީއޭ އާއި ބޮޑުވަޒީ ރު

    23
  5. ސަކޫން

    މިތާ ކޮ މިޝަނަރަކަށް ނޯވޭ ބާރެއް މިފަހަރުވެސް ބޮޑުވަޒީރުގެ ބިރުދެއްކު މަށް މައި މޫނާ ޖެހުނީ ތަބާވާން. އެހެން ނޫނީ އިތުބާރު ނެތް ކަ މަށް ހަދާފަ ވަޒީފާއިން ވަކި ކުރާނީ . ހަ މަ ޝަރީފްގެ ހާލަކީވެސް އެއީ އިންތިޚާބުގަވެސް ޝަރީފްގެ މައްޗަށް
    ބޮޑުވަޒީރުގެ ބާރު ހިނގާ ކަ މަށް ފެނޭ

    14
    1
  6. ތީސީސް

    އީސީ ސަރީފު އިސްތިއުފާ!

    5
    1
  7. ސަމްކުޅިބޭ

    މިރާއްޖޭގައިވެސް ކޮވިޑް ކޭސްތައް އިތުރު ވާންފެށީ ވޯޓްލީފަހުން. ކޮވިޑްޖެހިފައި ތިބި މީހުންތައް ވޯޓްލާން ނެރެގެން. އީސީ ޝަރީފު ޒިންމާވާން ޖެހޭނެ.