ޗައިނާއިން އިންޑިއާއަށް ކުރާ ކާގޯ ފްލައިޓް ތަކުގެ ދަތުރުތައް 15 ދުވަހަށް ސަސްޕެންޑް ކޮށްފިއެވެ.

ޗައިނާގެ ސްޓޭޓަކުން ހިންގާ ސިޗުއާން އެއާލައިން އިން އިންޑިއާއަށް ދަތުރުކުރާ ކާގޯ ފްލައިޓުތައް މެދުކަނޑާލުމާ އެކު ބެއިޖިންގްއިން އިންޑިއާއަށް ފޮނުވަން ހަމަޖެހިފައިވާ އޮކްސިޖެން މެޝިނުތަކާއި އެހެނިހެން މެޑިކަލް ސަޕްލައިއަށް ބުރޫ އަރައިގެން ދާނެއެވެ.

"ޗައިނާއިން ދަނީ ވަރަށް ގާތުން އިންޑިއާގެ ހާލަތު ބަލަމުން. ގައުމުގެ ހާލަތު އެހާ ގޯސްވެފައި ވާތީ އަހަރުމެން ހަމްދަރުދީ ވޭ" ކާގޯ ފްލައިޓުތައް ސަސްޕެންޑް ކުރުމާއި ގުޅިގެން ކުރެވުނު ސުވާލުތަކަށް ޖަވާބް ދެއްވަމުން ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ޗައިނާއިން އިންޑިއާއަށް އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށާއި، މިކަމާ ގުޅިގެން ދެގައުމުގެ ދެމެދުގައި ދަނީ ވާހަކަ ދައްކަމުން ކަމަށް ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.

ސްރީލަންކާގައި ޗައިނާގެ އެމްބަސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ 800 އޮކްސިޖެން މެޝިނު އިންޑިއާއަށް ފޮނުވާފައިވާ ކަމަށާއި ހަފްތާއެއް ތެރޭގައި އިތުރު 10،000 އޮކްސިޖެން މެޝިނުތައް ފޮނުވިގެން ދާނެ ކަމަށެވެ.

މީގެ ކުރިން ސިޗުއާން އެއާލައިނުން އިންޑިއާގެ ހަ ސަރަހައްދަކަށް ކާގޯ ފްލައިޓުތައް ދަތުރުކުރެއެވެ. އެގޮތުން ޗައިނާގެ ޒިއާން ސިޓީއިން އިންޑިއާގެ ވެރި ރަށް ދިއްލީއަށް ދަތުރުކުރެއެވެ.

ޗައިނާއިން ކާގޯ ފްލައިޓްތައް ސަސްޕެންޑް ކޮށްފައިވާ އިރު އޭގެ އިތުރުން ތައިލެންޑާއި އޮސްޓްރޭލިއާ ހިމެނޭހެން އެތައް ގައުމަކުން ވަނީ އިންޑިއާއަށް ދަތުރުކުރުން ހުއްޓާލައިފައެވެ. ގިނަ ގައުމުތަކަކުން އިންޑިއާއަށް ދަތުރުކުރުން ހުއްޓާލައިފައި ވަނީ އެގައުމުގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އިތުރުވެފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުއްޅަ ގެރި

    ޗައިނާޔާއި ވާދަ ކުރަން އަދި އިންޑިޔާ ނަގާނެ 100 އަހަރު.

  2. ބީރުމީހާ

    ބަލަ އިންޑިޔާއަކީ އޮކްސިޖަން އުފައްދާ ގައުމެއްނު އަދިވެސް ބުދުތަކަށް އަޅުކަންކަން ކޮއްތިބޭ ދުނިޔޭފައިވާ އެންމެ ނުބައިމީހުން ތިބޭ ގައުމަކަށް އިންޑިޔާ ވެއްޖެ