2019 ވަނަ އަހަރުގެ ފޮހުކޮޅު ޗައިނާގެ ވުހާން އިން ފުރަތަމަ ފެނުނު ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ދުނިޔޭގެ ހުރިހާ ދިމާލަކަށް މިހާރު ފެތުރިފައިވާއިރު ވައިރަސް މިހާރު ދުނިޔޭގެ އެންމެ އުސް ފަރުބަދަ އަށްވެސް އަރައިފިއެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓް އެވަރެސްޓްގެ މައްޗަށް ކޮވިޑް-19 ގެ ވައިރަސް އަރާފައި ވަނީ އެ ފަރުބަދައަށް އެރި ނޯވޭގެ ފަތުރުވެރިންތަކެއް ކޮވިޑަށް ފައްސިވުމުންނެވެ. އެމީހުން ކޮވިޑަށް ފައްސިވިކަން އެނގުމާއި އެކު ފަރުބަދައިގެ މެދަކާއި ހަމައިން އެމީހުން ނަގައި، ހެލިކަޕްޓަރެއްގައި ކަތަމަންޑޫގެ ހޮސްޕިޓަލަކަށް އެމީހުން ވަނީ ގެންދެވިފައި އެވެ.

މައުންޓް އެވަރެސްޓް މަތިން ކޮވިޑަށް މީހަކު ފައްސިވެފައިވާއިރު އިތުރު ބަޔަކު އެތަނުން ފައްސިވެއްޖެނަމަ އެމީހުންނަށް އެހީތެރިވާން އުނދަގޫތަކެއް ހުންނާނެ ކަމަށް އެހީތެރިވާ ފަރާތްތަކާއި ހަވާލަދީ މީޑިޔާއިން ބުނެއެވެ. އެއީ ހެލިކަޕްޓަރުގައި ކޮންމެ މީހަކުވެސް 8،000 މީޓާރު މަތިން އުފުއްލުން އެއީ އުނދަގޫ ކަމަކަށް ވާނެތީ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ތަޖުރިބާކާރުން ބުނަމުން ގެންދަނީ މައުންޓް އެވަރެސްޓް އުސްވުމުން އެންމެ މަތީގައި ތިބޭ ފަރާތްތައް ފައްސިވެއްޖެނަމަ ނޭވާލާންވެސް އުނދަގޫ ވާނެ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސިއްހީ މާހިރުން ވަނީ އެވަރެސްޓް މަތީގައި ތިިބި ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ނޭޕާލުގެ ފަތުރުވެރިކަމަށްވެސް ނޭދެވޭ އަސަރުތަކެއް ވަނީ ކޮށްފަ އެވެ. މައުންޓް އެވަރެސްޓް މަތިން ކޮވިޑް ފެނުމުން އެކަން ބޮޑު ހިތާމައަކަށް ނޭޕާލް ސަރުކާރަށް ވެގެންދާނެ އެވެ. މިހާރުވެސް އެޤައުމުގެ ސަރުކާރުން ވަނީ 377 މީހުންނަށް މައުންޓް އެވަރެސްޓް މައްޗަށް އެރުމުގެ ހުއްދަ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަލޯ

    އަނެއްކާ އަނެއް ވާހަކަ. ކޮވިޑް ނޫން ރޯގާއެއް އެބައޮތްތަ؟ ތިބުނާ ކޮވިޑެއް އައި ފަހުން ރާއްޖެއިން ޑެންގޫ، ޗިކެންގުންޔާ، ނިއުމޯނިއާ، ކޮމަން ކޯލްޑް އަދި އާއްމު އެހެނިހެން ބަލިތަކަށް ވީގޮތެއް ނޭނގެ. ޜާއްޖޭގަ ކޮވިޑް ވެކްސިން ޖަހަން ފެށުމުގެ ކުރީން މަރުވެފައިވަނީ 35 މީހުން. ވެކްސިންފަށާ މިހާރު ބައެއް މީހުން ދެޑޯޒް ޖަހަން ފެށިއިރު މިހާރު ކޮންމެ ދުވަހަކު ކޮވިޑްގައި މީހުން މަރުވާއިރު އަދަދުވެސް ދަނީ ގިނަވަމުން. މިއިން ބުނެދޭ ވާހަކައަކީ ކޮވިޑް ހާލަތު ގޯސްވުމުގައި ވެކްސިންގެ ދައުރެއްވެސް އެބައޮތޭ. އަހަރެންގެ ޢާއިލާއިން ދެޑޯޒް ވެކްސިން ޖެހިމީހުންގެ ޙާލަތު އެންމެ ގޯހީ. ވެކްސިން ނުޖަހާ ގުރޫޕެއްޗެސް ފެމިލީގަ އެބައުޅޭ، އެމީހުންނަށް ހީވެސް ނުވޭ އަލްޙަމްދު ލިއްލާޙި..