ސްރީލަންކާއިން އެއް ގަޑި އިރާއި ގާތަށް ވައިގެ ތެރޭގައި ހުންނަ ކޮވިޑް ވޭރިއެންޓެއް ފެނިއްޖެ ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ލަންކާއިން އިއްޔެ ވަނީ ހާހަކަށްވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައެވެ. އިއްޔެ އަކީ މިހާތަނަށް ލަންކާ އިން އެންމެ ގިނަ މީހުން ކޮވިދަށް ފައްސިވި ދުވަހެވެ.

ލަންކާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ލަންކާއިން ފެނިފައިމިވާ އެއް ގަޑި އިރު ވައިގައި ހުންނަ ކޮވިޑް-19 ވޭރިއެންޓު ހަލުވި ކަމާއި އެކު އެގައުމުގައި ފެތުރެމުން ދާ ކަމަށެވެ.

މިވޭރިއަންޓްގެ ކޮވިޑް އެއްގަޑިއިރު ވައިގެ ތެރޭގައި ހުންނަ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނި ނަމަވެސް މިއީ އަދި މިހާތަނަށް ދުނިޔެއިން ނުފެންނަ އާވެރިއަންޓެއް ކަމަށް ލަފާނުކުރެވޭ ކަމަށް ބައިނަލްއަޤުވާމީ އެކި ފަރާތްތަކުން ވަނީ ބުނެފައެވެ. ކޮވިޑް ވައިރަސް ވައިގެތެރޭގައި ތިން ގަޑިއިރު ހުންނަ ކަމަށް ވެސް މީގެ ކުރިން ބައެއް ދިރާސާތަކުން ދައްކާފައި ވެއެވެ.

ލަންކާގެ ސިއްހީ އިދާރާތަކުން ވަނީ ހަލުވި ކަމާއި އެކު އެގައުމުން އަލަށް ފެނުނު ވޭރިއެންޓު ފެތުރެމުން ދާތީ އެކަމާ ކަންބޮޑުވުން ފާޅު ކޮށްފައެވެ. ލަންކާގައި މިހާރު ފެތުރެން ފަށާފައިވާ ވޭރިއެންޓަކީ ވަރަށް އަވަހަށް ފެތުރޭ ވޭރިއެންޓެއް ކަމަށާއި، މި ވޭރިއެންޓުގެ ޝިކާރައަކަށް ވީ މީހުންގެ ތެރޭގައި ޒުވާނުން ގިނަ ކަމަށް ސިއްހަތާއި ބެހޭ އޮފިޝަލުން ބުނެއެވެ.

އެގައުމުން ރިޕޯޓު ކޮށްފައިވާ ކޮވިޑް ކޭސް ތަކުގެ އަދަދު ވަނީ އެއް ލައްކައަށް ވުރެ މައްޗަށް ގޮސްފައެވެ. ރިޕޯޓުތައް ބުނާގޮތުން ބަލި ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ މީހުންގެ ތެރޭގައި ޒުވާނުން ގިނައެވެ. އަދި ކުޑަކުދިން ހިމެނެއެވެ.

މިހާރު ލަންކާގައި ކޮވިޑަށް ފައްސި ވަމުން އަންނަ މީހުންނަށް ނޭވާލުމަށް އުނދަގޫވެ، ފަރުވާ ދިނުމުގައި އޮކްސިޖެން ބޭނުންވެ އައިސީޔޫގައި އެނދުމަތިކޮށް ފަރުވާ ދޭން ޖެހޭ ނިސްބަތް ވެސް އަންނަނީ ގިނަވަމުންނެވެ،

ސިއްހީ މާހިރުން ބުނަމުންދަނީ މިވަގުތަށް އަދި އެގައުމުގައި ފަރުވާ ދެވޭނެ ވަސީލަތްތަށް ހުރި ނަމަވެސް، ވީހާވެސް ބޮޑަށް ރައްކާތެރިކަމަށް ބަލައިގެން އާންމުން ނޫޅޭނަމަ ހާލަތު ބަދަލުވެދާނެ ކަމަށެވެ.

ލަންކާގައި މިހާރު ފެރުރެމުންދާ ކޮވިޑް-19 ވޭރިއެންޓާއި ދެކޮޅަށް ފިޔަވަޅުތައް ވަރުގަދަކޮށް، ބަޔެއް ހިސާބުތަކުގެ ކޮލެޖު ތަކާއި ސުކޫލުތައް ވަނީ ބަންދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    ކިހިނެތްބާތިވީ ؟ ކޮވިޑްޖެހިގެންމަރުވާ މުސް ލިމުން ވަޅު ލީމާ ފެންފަށަ ލައަށް ވައިރަސްޖެހިދާނެތީ އަންދަންފެށީމާ ޖައްވަށްއަރައިގެންދާ ދުމުގަވެސްވައިރަސް ހުންނަނީތަ؟؟

  2. ޙަސަނާ

    އަދިވެސް އިސްލާްމްދީނާދެކޮޅައް މުސްލިމުންނައްއަނިޔާވެރިވާތި މިވައިރަސް އަކީ ﷲ ގެ ކޯފާ އެއް ގަދަފަދަވެގެންވާ އިންޒާރެއް އަދިވެސްހޭއަރާކައްނުވޭތޯ މޫނުބުރުގާމަނާކޮއް މުސްލިމުންނައްދުއްތުރާތިޔަކުރަނީ...