ދުނިޔޭގެ ގިނަ ޤައުމުތަކަށް ފިޠުރު ޢީދު ދުވަހަށް ވާނީ މި ހަފްތާގެ ހުކުރު ދުވަސްކަމުގައި، އިންޓަނޭޝަނަލް އެސްޓްރޮނޮމިކަލް ސެންޓަރުން ބުނެފިއެވެ. ފަލަކީ ހިސާބުތަކާއި އެނޫންވެސް ކަންކަމަށް ބެލުމަށްފަހު، އެދުވަހު ޢީދު ވާނެކަމަށް ލަފާކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ސައުދީ އަރަބިޔާ. އަލްޖީރިޔާ، ޤަތަރު އަދި ކުވައިތު ހިމެނެއެވެ.

ޖޫން 15 ވަނަ ދުވަހަކީ، ރާއްޖޭގެ ކަލަންޑަރު ބުނާގޮތުން ޢީދު ދުވަހެވެ.

އެސެންޓަރުން ހާމަކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖޫން 14 ވަނަ ދުވަހުގެ ރޭ، ގިނަ އިސްލާމީ ޤައުމުތަކަށް، ހަމަ ލޮލުން ހަނދު ފެންނާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން، މުސްލިމު އެކި ޤައުމުތަކަށް، އެރޭގެ ހަނދު އަރާނެކަމަށް ލަފާކުރެވޭ ވަގުތުތައްވެސް ހާމަކޮށްފައިވެއެވެ. އެގޮތުން، މެދުއިރުމައްޗާއި އުތުރު އެފްރިކާގެ ޤައުމުތަކަށް، އިރު އޮއްސުމަށްފަހު 40 އާއި 50 މިނެޓާ ދޭތެރޭގެ ވަގުތެއްގައި ހަނދު އަރާނެކަމަށްވަނީ އަންދާޒާކޮށްފައެވެ.

ހަނދު އެރިކަމުގައިވިޔަސް، ބައެއް ސަރަޙައްދުތަކަށް ހަމަ ލޮލުން ނުފެނިދާނެކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، މޮޅެތި ޓެލެސްކޯޕު ބޭނުންކޮށްގެން ފެންނާނެކަމަށް ބުނެފައިވެއެވެ. ހަމަ ލޮލުން ފެންނާނީ އެފްރިކާގެ ސަރަޙައްދުތަކާއި ސައުދީގެ ހުޅަނގާއި ސްޕޭނުގެ ހުޅަނގަށްކަމަށް ބުނެފައިވެއެވެ. އަދި، އާދައިގެ ޓެލެސްކޯޕު ބޭނުންކޮށްގެން، ހުޅަނދު ދެކުނު އޭޝިޔާ، މެދުއިރުމަތި އަދި އިންޑިޔާއަށް ފެންނާނެކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކަށް މުލަ ރޯދަ ދުވަސްވެފައިވަނީ ރާއްޖެއަށްވުރެ އެއް ދުވަސް ފަހުންނެވެ. އެހެންނަމަވެސް، ޢީދު ދުވަސް އެއްގޮތްވާނެކަމަށް ލަފާކުރެވޭއިރު، އޭރުން އަނެއްކާވެސް ރާއްޖެއާ އެހެން ޤައުމުތަކުގެ ހިޖުރީ ކަލަންޑަރާ އެއްގޮތްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުބުނާ / ނައިފަރު

    ދިވެހިރާޢްޖެއަށް ރަމަޟާން 1 ކަމަށް ، އިޢުލާމންކުރިނަމަވެސް އެދުވަހު ގަސްތުގައި ރޯދަ ނުހިފާމީހުން މިރަށުގައި މަދެއްނޫނެވެ. ޢިލްމުވެރިންގެ ފަހަތުގއިތިބެ އެޔަށްވުރެ މޮޅުކަމަށްހެދިގެން ދަޢުވާކުރާ ހަންފަތުރާ ވައްހާބީން އެދުވަހު ރޯދަޔަކަށް ނުތިބެއެވެ. އަނބިންލައްވާ ކައްކައިގެން ޕާޓީވައްތަރަށް ކައިބޮއި އުޅުނީ ސިއްރުންނެވެ. މިކޮމެންޓް ނުޖެހިޔަސް މިއީ ހަމަ ޙަގީގަތެވެ.

  2. ބުލުނާ/ ނައިފަރު

    ޢިލްމުވެރިންގެ ފަހަތުގައިތިބެ އިލްމުވެެރިން ރަސޫލާސއވ ގެ ސުންނަތަށް ވުރެ ފަލަކީ ހިސާބު އިސްކުރުމުންވެސް އިލްމުވެރިންނަށް