އިންޑިއާއިން ކޮވިޑް-19 އަށް 379،459 މީހަކު ފައްސިވެ، މި ބަލީގައި އިތުރު 3647 މީހަކު މަރުވެއްޖެއެވެ. މިއީ މިހާތަނަށް މުޅި ދުނިޔެއިންވެސް އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ފައްސިވެ، އިންޑިއާގައި އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އިންޑިއާއިން އިތުރު 379,459 މީހަކަށް މި ބަލި ޖެހިފައި ވެއެވެ. މިއާއެކު އެޤައުމުން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު އުޅެނީ 18.3 މިލިއަންގައެވެ.

އިންޑިއާއިން ފައްސި ވޭދަނަ ރެކޯޑް މިންވަރަކަށް އިތުރު ވަމުން އަންނަތާ މިހާރު ދެވަރަކަށް ހަފްތާވެއްޖެ އެވެ. މިއަހަރުގެ ކުރީކޮޅު އިންޑިއާގެ ހާލަތު ކުރިޔާއި އަޅާބަލާއިރު ރަނގަޅުކަމަށް ދައްކައި ބަލި ފެތުރޭ މިންވަރު ނިސްބަތުން ދަށްވެގެން ދިޔަނަމަވެސް ނުރައްކާ އިންތިހާއަށް ބޮޑުވާން ފެށީ މާރިޗު ފަހުކޮޅުން ފެށިގެންނެވެ. އޭގެފަހުން މި ހިނގާ އޭޕްރިލް މަސް ތެރޭގައި ޖެހިޖެހިގެން އެތައް ދުވަހެއްގައި އެޤައުމުން ފެންމަތިވާ ފައްސިވޭދަނަތައް އަންނަނީ ރެކޯޑް މިންވަރަށް އުފުލެމުންނެވެ.

އިންޑިއާއިން އިއްޔެ އިތުރު ތިންލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު އެޤައުމުން މިދިޔަ 24 ގަޑިއިރު ތެރޭގައި ބަލީގައި 3,647 މީހަކު މަރުވެފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. މިއާއެކު އިންޑިއާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު އުޅެނީ 204,812 ގައެވެ.

އިންޑިއާއަކީ މިހާރު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ކޮވިޑް-19 ޖެހުނު ޤައުމެވެ. އަދި މި ބަލީގައި ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު މަރުވި ޤައުމެއްގެ ގޮތުގައި އޮތީވެސް އިންޑިއާއެވެ. މިވަގުތު ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކޮވިޑް-19 ފެތުރި، ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީވެސް އިންޑިއާއެވެ. އެޤައުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން މި އަންނަނީ، ނުރައްކާ ބޮޑުވެ ބަލިމަޑުކަމުގެ ކޮންޓްރޯލް ގެއްލިދާނެކަމުގެ އިންޒާރު އެޤައުމުގެ އިދާރާތަކުން މީގެ ކުރިން ދީފައި ވަނިކޮށެވެ.

މިހާތަނަށް އިންޑިއާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވީ 15 މިލިއަން މީހުންނެވެ. އަދި މިވަގުތު ބައްޔަށް ފަރުވާދެމުން އަންނަ ތިން މިލިއަން މީހުންގެ ތެރެއިން 8900 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

އިންޑިއާގެ ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ހާލަތު ގޯހީ މަހާރާޝްތުރައިގައެވެ. މަހާރާޝްތުރަ އިން އިއްޔެ ވެސް އެތައް ހާސް ބަޔަކު އަލަށް ފައްސިވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ. މިކަމާއި ގުޅިގެން އެ ސްޓޭޓް މިހާރު އޮތީ ފުރަބަންދުވެސް ކޮށްފައެވެ. އަދި ކޮންމެ ރެއެއްގެ 19:00 އިން ފެށިގެން ކާފިއު ހިންގަން ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑެތި އެހެން ބައެއް ސްޓޭޓްތަކަށްވެސް ނުރައްކާ ދެގުނަވެ، މިހާރު ވަނީ ކާފިއު އިއުލާނުކޮށްފައެވެ.

ކޮވިޑް-19 ގެ ނުރައްކާ ދުނިޔެއަށް ކުރިމަތިވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެން ގޮސްފައި ވާއިރު މިހާތަނަށް ދުނިޔެއިން ޖުމްލަ 150 މިލިއަން މީހަކަށް މި ބަލި ޖެހިފައި ވެއެވެ. އޭގެތެރެއިން މިހާތަނަށް 3.1 މިލިއަން މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އާބާދު

    ދެންވެސް ޢިބުރަތް ޙާސިލްކުރަންވީ...
    ގިނަ ބަ އިގަނޑު މުޝްރިކުން އުޅޭ އާބާދީގެ ބޮޑުބަ އެއއ އް ގެރިޔާ ބުދަށް އަޅުކަންކުރާ މުސްލިމުންނަށް އަނިޔާކޮށް މަރާ ފިތުނަޔާ ފަސާދަ ޔާ ފާޙިޝްކަންތަ އް ޢާންމުވީމާ ﷲ ގެ ކޯފާ ދުނިޔެމަތީގާ ވެސް އެކިގޮތްގޮތަށް ދަ އްކަވާނެ.
    އއެއއ އިންވެސް ޢިބުރަތް ހާސިލްކޮ އް ދެންވެސް ތަ އުބާވުމަށް މޯދީ މެންނަށް ފުރުސަތު އެބަ އޮތް އަދިވެސް ދިރިހުރި އްޔާ...

    11
    • މޯލްޑިވިޔަން

      އއިންޑޮނޭސިޔާ ސުނާމީ.ހަ އްހަ އްހާ

  2. ފައިޒަލް

    ވެކްސިން އުފައްދާ އިންޑިޔާއިން ވެކްސިން ނުޖަހާ އެހެން ގައުމުތަކަށްބާ ވެކްސިން ފޮނުވީ ؟؟ ނޫނީ އިންޑިޔާ ކޮވިސިލްޑް ވެކްސިން ޖެހުމަކީ ބޭކާރު ކަމެއްބާ ؟؟؟ރަގަޅީ ފައިސާ ވެކްސިންބާ؟؟؟

    • ލެކޮކާ

      އިންޑިޔާގަ ވެކްސިންވެސް އެބަޖަހާ. ނަމަވެސް ހުވަދޫ ކަނޑަށް ބޮއްޔެއް ވެއްޓުމެކޭ އެއްވަރު އަދި ވާނީ. އެތާ އާބާދީ އެހާވެސް ބޮޑު ހިރިލެވޭ ވަރުވެސް ވާނީ ދެތިން މަހުގަ ކޮންޓިނުއޭޝަން އަކަށްފަހު

  3. ރެފްރީ

    ވެކްސިން އުފަ އްދާފަ ގަ އުމުތަކަށްހަދިޔާކުރީ. ފަހަރެ އްގަވެދާނެ އެމީހުންނަށްކަމުނުދިޔަ އީ ކަމަށްވެސް ؟ ހަދިޔާކުރުންރަނގަޅު .. ޔަގީންކަންނެތިގެން ހުސްކޮށްލީކަމަށްވެސް ވެދާނެ ؟ އަވަށްޓެރިމުހިންމު ބަ އިވެރި އެ އް