އިންޑިއާގައި އުފައްދާފައިވާ ކޮވެކްސިނަކީ ނުރައްކާތެރި ކޮވިޑް-19ގެ 617 ވައްތަރަކުން ރައްކާތެރި ކޮށްދޭ ވެކްސިނެއް ކަމަށް އެމެރިކާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީސްގެ ޑިރެކްޓަރު ޑރ އެންތޮނީ ފައުސީ ވިދާޅުވެއްޖެ އެވެ.
ފައުސީ މިހެން ވިދާޅުވެފައި މި ހަފްތާގެ އަންގާރަ ދުވަހު މީޑިއާ ތަކާއި ވާހަކަ ދައްކަމުންނެވެ.
ކޮރޯނާވައިރަހާއި ވެކްސިނުގެ ކަންތައް އަދިވެސް ދިރާސާކޮށް ދަނީ އިތުރު މައުލޫމާތު ހޯދަމުންނެވެ. އެހެން ކުރެވުނު އެންމެ ފަހުގެ ދިރާސާއިން ދައްކާގޮތުން އިންޑިއާގައި ތައްޔާރު ކޮށްފައިވާ ކޮވެކްސިން އަކީ ކޮޮވިޑްގެ 617 ވައްތަރަކުން ރައްކާތެރިކޮށްދޭ ވެކްސިނެއްކަން ހާމަވެގެންދެއެވެ.
ފައުސީ ވިދާޅުވެފައި ވަނީ މިވަގުތު އިންޑިއާގައި ފެތުރެމުންދާ ނުރައްކާތެރި ވައްތަރުން ރައްކާތެރި ކޮށްދިނުމަށް ކޮވެކްސިން އެހީވެދޭނެ ކަމަށެވެ.
ކޮވިޑް-19 އާއި ދެކޮޅަށް ކޮވެކްސިން ތައްޔާރު ކޮށްފައިވަނީ ބާރަޓް ބިއޯންޓެކް އާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީ އަދި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗާއި ގުޅިގެންނެވެ. ޖެނުއަރީ 3 ވަނަ ދުވަހު ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ކޮވެކްސިނަށް ދީފައިވެއެވެ. ވެކްސިން އިންސާނުންނަށް ދިނުމަށް ކުރެވުނު ޓެސްޓު ތަކުން ދައްކާ ގޮތުން ކޮވެކްސިނަކީ 78 އިންސައްތަ ކޮވިޑުން ރައްކާތެރި ކޮށްދޭ ވެކްސިނެކެވެ.
އިންޑިއާގައި އިތުރަށް ވެކްސިން އުފެއްދުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފެންނާތީ، ވެކްސިން އުފެއްދުމަށް ބޭނުންވާ ތަކެތި އެގައުމަށް ފޯރު ކޮށްދިނުމުގެ މަސައްކަތް އެމެރިކާގެ ސަރުކާރުން ދަނީ ކުރަމުންނެވެ.
އިންޑިއާއަށް ދިމާވެފައިވާ ދަތި މި ދަނޑިވަޅުގައި އެގައުމާއި އެކު އެމެރިކާ ސަރުކާރުން ތިބި ކަމަށް ވައިޓް ހައުސްގެ ކޮވިޑް ރެސްޕޮންސް ސީނިއާ އެޑްވައިޒަރ ވިދާޅުވިއެވެ. އަދި ޓެސްޓު ކިޓާއި، ވެންޓިލޭޓަރު، ޕީޕީއީ ކިޓު، ވެކްސިން އުފެއްދުމަށް ބޭނުންވާ ތަކެތި އިންޑިއާއަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.
ހިޒް ނޭމް އިޒް ފައުޗީ.....
ކޮވެކްސް އޭ!