ކޮވިޑް-19ގެ ނުރައްކާ ބޮޑުވެފައިވަނިކޮށް އިންޑިއާގައި ކުރިއަށް ދިޔަ އިންތިހާބުގައިި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ، ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.

ބީޖޭޕީއަށް ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިވެފައިވާކަން ހާމަވީ އެގައުމުގެ ގިނަ މީޑީއާތަކަކުން ކުރިއަށް ގެންދިޔަ އެގްޒިޓް ޕޯލްއިންނެވެ. އެ ޕޯލް އަކީ އެއީ ބައެއް ސްޓޭޓްތަކުގެ ޤާނޫނޫ ހަދާ މަޖިލިސް އިންތިހާބުގެ ޕޯލެކެވެ.

އެގޮތުން އެންޑީޓީވީ އިން ކުރިއަށް ގެންދިޔަ ޕޯލް އިން ދައްކާ ގޮތުގައި އުތުރު ބެންގަލްގެ 294 ގޮނޑިން 148 ގޮނޑި ކާމިޔާބު ކުރަނީ ވާދަވެރި އާލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސް އިންނެވެ. އަދި ބީޖޭޕީއަށް ލިބެނޭ ކަމަށް ދައްކާފައިވަނީ 131 ގޮނޑިއެވެ.

ހަވަރަކަށް މީޑީއާއަކުން މި ޕޯލް ކުރިއަށް ގެންގޮސްފައިވާއިރު ވެސް ހުރިހާ ޕޯލްއަކުން އެވްރެޖްކޮށް ފެނިގެން ދަނީ ޓްރިނަމޫލް ކޮންގްރެސް، އުތުރު ބެންގަލްގެ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.

އެންޑީޓީވީގެ ޕޯލްއަށް ބަލާއިރު، 34 މިލިއަނަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކެރެލާގެ 140 ގޮނޑިން 88 ގޮނޑި ކާމިޔާބު ކުރަނީ ލެފްޓް ޑިމޮކްރެޓިކް ފްރޮންޓް (އެލްޑީއެފް) އެވެ. އަދި ޔުނައިޓެޑް ޑިމޮކްރެޓިކް ފްރޮންޓް (ޔޫޑީއެފް) 50 ގޮނޑި ކާމިޔާބު ކުރާއިރު، ބީޖޭޕީއަށް ލިބެނީ އެންމެ ދެ ގޮނޑިއެވެ.

ތަމިލް ނާޑޫގެ 234 ގޮނޑިއެއް ހުރިއިރު، އެތަނުން 174 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ދައްކާފައިވަނީ ޑްރަވިޑާ މުނެޓްރާ ކަޒަގަމް (ޑީއެމްކޭ) ކޯލިޝަނުންނެވެ. އަދި ބީޖޭޕީއަށް ތާއިދު ކުރާ އޯލް އިންޑިއާ އައްނާ ޑްރަވިޑާ މުއްނެޓްރާ ކަަޒަގަމް (އޭއައިއޭޑީއެމްކޭ) އަށް ލިބޭނެ ކަމަށް ދައްކަނީ 57 ގޮނޑިއެވެ.

މިޕޯލްތަކަށް ބަލާއިރު، ބީޖޭޕީއަށް ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ދައްކާފައިވަނީ އައްސާމް ސްޓޭޓުންނެވެ. އަދި އެ ސްޓޭޓުން ކޮންގްރެސް އަށް ލިބޭނެ ކަމަށް ދައްކަނީ 54 ގޮނޑިއެވެ. އަދި ޕޮންޑުޗެރީއިން މޯދީގެ ޕާޓީ އަށް 20 ނުވަތަ 24 ގޮނޑި ލިބޭނެ ކަމަށް ވެސް ވަނީ ދައްކާފައެވެ.

މިއީ މިމަހުގެ 27 ވަނަ ދުވަހު ކުރިއަށް ދިޔަ އިންތިހާބެކެވެ. މި އިންތިހާބުގެ ނަތީޖާ އިއުލާނު ކުރަން ހަމަ ޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރެފްރީ

    ބޮޑުވަޒީރު އަންނި ވޯޓުދޭނީ މޯދީ ޕާޓީއަށް

    53
    4
  2. ރަދީފް

    ހެހެހެހެހެ.ގެރި މޯދީ ޖެހޭނީ މަހަށްދާން.

    42
    1
    • ހަހަ

      މަހަކަށްވެސް ނުދެވޭނެ

      10
  3. Anonymous

    الحمدلله.
    މިކަލޭގެ މީ މުސްލިމުންނަށް ހާދަ ދުއްތުރާތައް ކުރާ މީހެކޭ. ތިޔަވީ ހަމަ ރަނގަޅަށް.

    26
  4. ޚުސްހަބަރު

    ތީވަރައް އުފާވެރި ޚަބަރެއް އިތުރު ދައުރެއް ނުލިބުނިއްޔާ ރަނގަޅީ

    23
  5. ގޮެއްޑޯ

    ލިޔުން ލިޔެފަ އިން ކުއްޖާ ވަރަށް ބޮޑަށް މޯދީ ދެކެ ރުޅި އައިސްސަ ފޫހިވެފަ އިން ކަމަށް ފާހަގަވޭ.

    8
    11
    • ހަމީދު

      މުސްލިމުންނަށް އަނިޔާކުރާ މީހަކާދޭތެރެ ރުޅިނާންނަންވީ ސަބަބެއް އެބައޮތްތަ؟

      16
    • ހަމީދުބެ

      ޚަބަރު ލިޔުނީ މުސްލިމުންދެކެ ލޯބިވާ މުސްލިމް ކުއްޖެކޭ.

      15
  6. Anonymous

    الحمدلله الذي بنعمته تتم الصالحات

  7. ބިސް

    ތިވިީ ގޮތުން އެމްޑީޕީ ސަރުކާރު އެކަނިވެރިވާނެ ދޯ