މަގެއްގެ އެއް ފަރާތެއްގައި މުސްކުޅި ފިރިހެނަކު އިށީންދެލައިގެން އިންނަ އިރު މަގުމަތީގައި ބައިސްކަލާއި އެކު އަންހެނެއްގެ ހަށިގަނޑު ބޭއްވިފައި އޮންނަ މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި އާންމު ވެއްޖެެއެވެ. މި ފޮޓޯ އަކީ އެތައް ވާހަކައެއް ބުނެދޭ، ހިތައް އަސަރު ކުރުވަނިވި މަންޒަރެއް ދައްކުވައިދޭ ފޮޓޯއެކެވ.

އިންޑިއާގެ ޖައުންޕާރް ސިޓީގެ ފިރިހެނަކު މަރުވެފައިވާ އަނބިމީހާގެ ހަށިގަނޑު ބައިސްކަލެއްގައި ގަޑި އިރުތަކެއް ވަންދެން އުފުލަން މަޖުބޫރުވީ ހަށިގަނޑު އަންދާނެ ތަނެއް ނުފެނިގެންނެވެ.

ޖައުންޕާރްގައި ތިބި ވިލެޖް ސަރަހައްދުގެ ރައްޔިތުން ހަށިގަނޑު އަންދަން އެއްބަސް ނުވިއެވެ. އެއީ ކޮރޯނާވައިރަސް ފެތުރިދާނެ ކަމުގެ ބިރަށެވެ. ނަމަވެސް، އަންހެން މީހާ މަރުވީ ކޮވިޑުގައި ކަން ކަށަވަރު ވެފައެއް ނުވެއެވެ. އެހެން ކަމުން، އުމުރުން ދުވަސްވީ ފިރިހެން މީހާއަށް ހަށިގަނޑު އަންދާނެ ތަނެއް ހޯދަން މަޖުބޫރުވިއެވެ.

ވިލެޖުގެ އެއްވެސް މީހަކު އަންހެން މީހާގެ ޖަނާޒާ ކުރިޔަށް ގެންދިޔުމަށް އެހީ ނުވިތާންގަ ފިރިހެން މީހާގެ ހިތާމައިގައި ބައިވެރި ވާނެ މީހަކު ވެސް ނުވިއެވެ. އޭގެ ބަދަލުގައި ވިލެޖުގައި މީހުން މަރުވުމުން އަންދާ ތަނުގައި އަނބިމީހާގެ ހަށިގަނޑު އެންދުމަށް ވެސް ވިލެޖުގެ ރައްޔިތުން އެއްބަހެއް ނުވިއެވެ.

މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި އެކު އަންހެން މީހާގެ ޖަނާޒާ ފުލުހުންގެ ފަރާތުން އިންތިޒާމް ކޮށްދިނީ އިންޑިއާގެ މަދްޔަ ޕްރަދޭޝްގައެވެ. ރިޕޯޓުތައް ބުނާގޮތުން އަންހެން މީހާ ވަކިވެގެން ދިޔައީ ވަރަށް ދުވަސް ވަންދެން ބަލިވެ އުޅުމަށް ފަހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން ފިރިހެން މީހާއަށް 70 ވަރަކަށް އަހަރު ވެފައިވާއިރު އަންހެން މީހާގެ އުމުރަކީ 50 އަހަރެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިހްސާސް

    ވާނީ އެހެންތާ ހެއްދެވި އިލާހް ދަނެގަންނާނެ ސިކުނޑި އެތް
    ނެއް ބަޔަކަކަށް މީހަކު މަރުވީމައި ހަދާނެ ގޮތެއްނޭގޭތާ
    އަތުން ކޮށާ މަށާ ނުވިތާކައް ގެރި މީދާ ހަރުފަ ފަދަ ޖަނާވާރަކީ ކަލެއްކަމަށް ދެކި އަޅުކަން ކުރާބަޔަކަށް އިންސާނާ ވީމަ ވާނެގޮއިތިޔައީ.

    21
    2