މެލޭޝިޔާގެ އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު އިސްތިއުފާ ދެއްވައިފިއެވެ.

މި ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ، ނަޖީބު ރައްޒާގުގެ ވެރިކަމާ ގާތްގުޅުމެއް އޮންނަ ހުރިހާ ފަރާތްތަކެއް، މަޤާމުން ވަކިކުރުމުގެ މަސައްކަތް، މިހާރު ބޮޑުވަޒީރުކަމުގައި ހުންނެވި މަހާތީރު މުޙައްމަދު ފެއްޓެވުމާ ގުޅިގެންނެވެ.

އެޤައުމުގެ ފެޑެރަލް ކޯޓުގެ ރެޖިސްޓްރާ ހާމަކުރައްވާފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރާއި އެހެން ފަނޑިޔާރަކު އިސްތިއުފާ އަށް، އެޤައުމުގެ ރަސްގެފާނުވަނީ ރުހުން ދެއްވާފައެވެ. އަދި، އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުން ފެށިގެން، އެފަރާތްތައް މަސައްކަތް ނުކުރާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު
މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު

މަހާތީރު ވެރިކަމަށް ހަވާލުވެވަޑައިގަތުމަށްފަހު، ކުރީގެ ސަރުކާރުގައި އައްޔަން ކުރައްވާފައި ތިއްބެވި ގިނަ އޮފިޝަލުންތަކެއްވަނީ މަޤާމުން ދުރުކުރައްވާފައެވެ. ހަމައެހެންމެ، ބައެއް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދަނީ އަމިއްލައަށް އިސްތިއުފާ ދެއްވަމުންނެވެ.

އެގޮތުން، އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި އެޤައުމުގެ މަރުކަޒީ ބެންކުގެ ގަވަރުނަރު، މުޙައްމަދު އިބްރާހީމްވެސް ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން، ނަޖީބުގެ ވެރިކަމުގައި ހިންގަވާފައިވާ ބައެއް ކަންކަމުގެ ތަޙުޤީޤުވެސް، އެޤައުމުގެ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސްވަނީ ފައްޓަވާފައެވެ. މި ތަޙުޤީޤުތަކުގައި ގިނަ އަދަދެއްގެ ފައިސާވެސް ހޯދިފައިވާކަމަށް އެފަރާތްތަކުން ހާމަކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރހހ

    ކުރީ ސަރުކާރުގެ ކޮރަޕްސަނޭ ކިޔަގެން ބަޔަކައް ހަސަދަފިލުވާލާފަ ގާތްކުދިންކޮޅު މަގާމުތަކައްލާ، ކުރީސަރުކާރުގެ ކޮރަޕްސަނާހެދި ކަމެއްވާވަރެއްނުވާނެ އެހެންތެޅިތެޅިތިއްބަ ދައުރުހަމަވެދާނެ. ތަރައްގީގެ އެއްވެސް ކަމެއްނުވާނެ ކައިރި އުޅޭކުދިންނައް ލާރިކޮޅުބަހާފަ. އޭރުންބުނާނެ އަދި މީ އިންތިގާލީ ސަރުކާރެކޭ އަދި އެއްދައުރައް ހޮވިގެންނޭ އަސްލުސަރުކާރެއް އުފެއްދޭނީ

  2. އެހެންތޭ

    ރާއްޖޭގައީވެސަ ހަމަ މީހެން ވުން އެކަށީގެންވޭ.. އެހެންނުންތޯ..