ކޮވިޑް-19 ގެ އާ ދެވައްތަރު ޕާކިސްތާނުން ފެނިއްޖެ އެވެ.

ޕާކިސްތާނުގެ ސިއްހީ އޮފިޝަލުން ބުނީ އެޤައުމުން ކޮވިޑުގެ އާ ދެވައްތަރު ފެނިފައިވާ ކަމަށެވެ. އެޤައުމުގެ ސިއްހީ އޮފިޝަލުން ބުނީ ކޮވިޑުގެ ދެ ވައްތަރު(ވޭރިއެންޓް) މިހާރު ފެނިފައިވާ ކަމަށާއި އެއީ ބްރެޒިލް އިން ފެނުނު ވޭރިއެންޓަކާއި ދެކުނު އެފްރިކާ އިން ފެނުނު ވޭރިއެންޓެއް ކަމަށެވެ.

ޕާކިސްތާނުގެ ސިއްހަތާއި ބެހޭ ވަޒީރު، ޑރ.އަޒްރާ ފަޒާލް ވިދާޅުވީ އެޤައުމުގައި ނެގި 13 ސުންކެއްގެ ތެރެއިން 10 ސުންކަކީ އިނގިރޭސިވިލާތުން ފެނިފައިވާ ކޮވިޑުގެ ވައްތަރު ކަމަށެވެ. އަދި ދެ ވައްތަރަކީ ބްރެޒިލް އާއި ދެކުނު އެފްރިކާ އިން ފެނުނު ކޮވިޑުގެ ވައްތަރު ކަމަށް އޭނާ ވިދާޅުވެ އެވެ.

ކޮވިޑުގެ ނުރައްކާތެރި ވައްތަރު ހޯދިފައި ވަނީ ޕާކިސްތާނުގެ ކަރާޗީގެ ހޮސްޕިޓަލަކުންނެވެ. މިއީ ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ އެވެ. އަދި މިހާތަނަށް ކޮވިޑް ޖެހިގެން އެންމެ ގިނަ ބަޔަކު ރިޕޯޓުކޮށްފައި ވަނީވެސް މި ސިޓީއިންނެވެ.

ޕާކިސްތާނުން އަލަށް ފެނުނު ކޮވިޑުގެ އާ ވައްތަރާއި ގުޅޭގޮތުން އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނަނީ މި ވައްތަރު ޖެހިއްޖަނަމަ ވަރަށް ބޮޑަށް މިހާ ބަލިވާނެ ކަމަށެވެ.

ފާއިތުވި ދުވަސްތަކުގައި ޕާކިސްތާނުގައި ކޮވިޑް ޖެހިގެން ގިނަބަޔަކު މަރުވެފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އެއްވެ އުޅުމުގައި ހަރުކަށި ގަވާއިދުތަކެއް އެޅުމަށް އެޤައުމުގެ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ޕާކިސްތާނުގެ ސަރުކާރުން ހާމަކުރާގޮތުގައި އެޤައުމުގެ ސިއްހީ ހާލަތު އޮތްގޮތުން ކޮވިޑުގެ އާ ވައްތަރުތައް ފެނި ބަލިމަޑުކަން އިތުރަށް ގޯސްވެއްޖެ ނަމަ ސަރުކާރަށް ނުހިފެހެއްޓޭ ވަރަށް ކަންކަން ގޯސްވެގެން ދާނެ ކަމަށެވެ. އެފަދަ ހާލަތެއް އަތުވެއްޖެ ނަމަ ހޮސްޕިޓަލްތަކުގެ އެނދަށާއި ވެންޓިލޭޓަރަށް ޖެހޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު