އިންޑިއާގެ މަޝްހޫރު ނޫސްވެރިޔާ އަދި ސީނިއަރ އެންކަރ ރޯހިތް ސަރްދަނާ ކޮވިޑް-19 ބަލީގައި މަރުވެއްޖެ އެވެ.

އޭނާގެ މަރުގެ ހަބަރު ވެގެން ގޮސްފައި ވަނީ އެތައް ބަޔަކަށް ޝޮކެއް ލިބުނު ހަބަރަކަށެވެ. ހާއްސަކޮށް ނޫސްވެރިންނާއި އޭނާ ދަންނަ ގިނަބައެކެވެ.

އޭނާ މަރުވެފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

ރޯހިތްއަކީ ގައުމުގެ ކަރަންޓް އެފެއާސްއާ ގުޅުން ހުރި ބަހުސްތައް ގެންނަ ޝޯ ޑަންގަލްގައި އެންކަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނޫސްވެރިއެކެވެ.

އަދި އޭނާ ކުރިން ޒީ ނިއުސްގައި މަސައްކަތްކުރިއިރު، އެތަނުގައިވެސް އޭނާ ވަނީ ބަހުސްތަކަށް ހާއްސަ ޝޯ އުފައްދައި، ހޯސްޓްކޮށްފައެވެ.

އަދި 2018 ވަނަ އަހަރު ތެރޭގައި ސަރުކާރުން ވަނީ އޭނާއަށް ނޫސްވެރިކަމުގެ އެވޯޑެއް ކަމަށްވާ ގަނޭޝް ޝަންކަރް ވިދްޔާރްތީ ޕުރުސްކަރް އެވޯޑް ދީފައެވެ.

އޭނާގެ ކުއްލި މަރާއެކު އެތައް ބަޔަކު ޓްވީޓް ކުރަމުން ދެއެވެ. އޭގެ ތެރޭގައި މަޝްހޫރު އެންކަރުންނާއި، މީޑިއާތަކުގައި އިސްކޮށް މަސައްކަތް ކުރަމުންދާ މީހުންނާއި، ސިޔާސީ ބޭފުޅުންވެސް ހިމެނެއެވެ. އޭގެ ތެރޭގައި ބައެއް މިނިސްޓަރުންވެސް ހިމެނެއެވެ.

އޭނާ މަރުވުމާއި ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އާއި، އިންޑިއާގެ ހޯމް މިނިސްޓަރ އަމިތް ޝާހްވެސް ހިމެނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވާނުވާ

    ތި މީހާ މަރުވެގެން މަށަކަށް ޝޮކެއް ނުލިބޭ. ތި މީހާގެ ޝޯތައް ބަލާލީމާ އެނގޭނެ އިންޑީޔާގެ މެއިން ސްޓރީމް އެހެން މީޑިޔާ މީހުން ނެކޭ އެއްގޮތައް ތި މީހާ އަކީ ވެސް މުސްލިމުންނާ މެދު ނަފްރަތު އުފައްދަން އެކި ޝޯ ތަކުގަ ދޮގު ވާހަކަ ގެނެސް ދޭ މީހެއް ކަން