އިންޑިޔާއަށް އައިސްފައިވާ ކޮވިޑްގެ ދެވަނަ ރާޅަކީ ވޯޓުލުމުގެ ސަބަބުން އައިސްފައިވާ ރާޅެއް ކަމަށް އުއްތަރަ ޕުރަދޭޝްގެ ޓީޗަރުންގެ ޔޫނިއަނުން ބުނެފިއެވެ. ޓީޗަރުންގެ ޔޫނިއަނުން މީހެން ބުނެފައިވަނީ އިންޑިޔާގައި ބޭއްވުނު ބައި އިލެކްޝަންތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވި ޓީޗަރުންގެ ޔޫނިއަންގެ 577 ޓީޗަރުން މަރުވުމާއި ގުޅިގެންނެވެ.

މަރުވި މީހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކޮވިޑަށް ފައްސިވެފައި ކަމަށާއި އަދި ބައެއް މީހުންގެ ހަށިގަނޑުން ކޮވިޑުގެ އަލާމާތްތައް ފެނިފައިވާ ކަމަށް ވެސް ޔޫނިއަންގެ ފަރާތުން ބުނެފައިވެއެވެ. އަދި މި ޓީޗަރުންގެ އާއިލާގެ ވެސް އެތައް ބަޔަކު ކޮވިޑަށް ފައްސިވެފައިވާކަން ވެސް ޔޫނިއަނުން ފާހަގަ ކޮށްފައިވެއެވެ.

ޔޫނިއަންގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އުއްތަރަ ޕުރަދޭޝްގެ ސްޓޭޓް އިލެކްޝަން ކޮމަޝަނަށް މަރުވި މީހުންގެ ނަމާއި އެޑްރެސް އެގޭނެހެން ލިސްޓެއް ފޮނުވާފައެވެ. އަދި މެއި މަހުގެ 2 ވަނަ ދުވަހު އޮތް ވޯޓު ގުނުމުގައި ޔޫނިއަންގެ އެއްވެސް ފަރާތަކުން ބައިވެރިނުވުމަށް ވެސް ގޮވާލާފައިވެއެވެ.

ވޯޓުލާ ސަރަހައްދުގައި ކޮވިޑުގެ އައު އާއްމު ގަވާއިދަށް އަމަލު ކުރެވިފައިވާ ގޮތާއި އަދި އެހާ ގިނަ ބަޔަކު މަރުވުމުން އެކަމާއި ގުޅޭގޮތުން ތަފުސީލު ދިނުމަށް އެދި އައްލާބާއްދުގެ ހައިކޯޓުން ވަނީ އިލެކްޝަން ކޮމިޝަނަށް ނޯޓިސް ފޮނުވާފައެވެ.

އިލެކްޝަން ކޮމިޝަންގެ ފަރާތުން ހުރިހާ ކޯޓުތަކަށާއި ޕޮލިސް ސްޓޭޝަންތަކަށް ސިޓީއެއް ފޮނުވާ ބުނެފައިވަނީ އެއިން ކޮންމެ މަރެއްގެ ވެސް ތަހުގީގު ރަނގަޅަށް ކުރުމަށާއި އެކަން ރަނގަޅަށް ބަލައިދިނުމަށް އެކޮމިޝަނުން އެދޭކަމަށެވެ.

ޗީފް ޖަސްޓިން ސަންޖީބު ވަނީ އިލެކްޝަން ކޮމިޝަން ކުށްވެރިކޮށް ކޮރޯނާ ވައިރަސްގެ ދެވަނަ ރާޅުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަކުރުބެ

    ކީއްވެތޯ އިންތިހާބު ބޭއްވި ތާރީޚް ނުލިއުނީ