މިހާރު ކޮވިޑް-19 ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އިންޑިއާގައި ތިބި އޮސްޓްރޭލިއާގެ ރައްޔިތުން އެނބުރި ގައުމަށް އައިސްފިނަމަ ބޮޑު އަދަދަކުން ޖޫރިމަނާ ކުރަން ނުވަތަ ޖަލު ލުމަށް ނިންމައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އޮސްޓްރޭލިއާ ކްރިކެޓް ޓީމުގެ ދެ ކުޅުންތެރިޔަކު އިންޑިއާގައި ތިބެފައި ގަތަރު މަގުން އެގަައުމަށް އެތެރެ ވުމުންނެވެ. މިހެން ކަންތައް ކޮށްފައިވަނީ އޮސްޓްރޭލިއާއިން އިންޑިއާއަށް ދަތުރުކުރުން ހުއްޓާލައިފައި ވަނިކޮށެވެ.

އެ ގައުމުގެ ހެލްތް މިނިސްޓަރު، ގްރެގް ހަންޓް ވިދާޅުވީ އިންޑިއާގައި ތިބި އެއްވެސް މީހަކު އޮސްޓްރޭލިއާ ބޯޑަރުން އެތެރެ ވެއްޖެނަމަ 66،600 މިލިއަން ޑޮލަރުގެ ޖޫރިމަނާ އެއް ނުވަތަ ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް އެމީހަކަށް އަދަބެއްގެ ގޮތުން ދޭން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ގަވާއިދާ ހިލާފަ އަމަލް ކޮށްފި ނަމަ ފަހަރުގައި ދެ ގޮތް ވެސް ތަންފީޒު ކުރަން ޖެހިދާނެ ކަމަށެވެ. އެ ގަވާއިދާއި ބެހޭ ގޮތުން ދެން ގޮތެއް ނިންމާނީ މި މަހު 15 ވަނަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޮސްޓްރޭލިއާގެ ހެލްތް މިނިސްޓްރީއިން އަންގާފައިވަނީ އޮސްޓްރޭލިއާއަށް ދަތުރުކުރުމުގެ 14 ދުވަސް ކުރިން އިންޑިއާއަށް ގޮސްފައިވާ މީހެއް ނަމަ އަންނަ ހޯމަ ދުވަހުން ފެށިގެން އެގައުމަށް ނުވަދެވޭނެ ކަމަށެވެ. އެހެންކަމުން އޮސްޓްރޭލިއާގެ ރައްޔިތަކު ކަމުގައި ވިޔަސް އިންޑިއާގައި ހުރެފައި އޮސްޓްރޭލިއާއަށް ދަތުރު ކުރެވޭނީ އެހެން ގައުމެއްގައި 14 ދުވަސް ހޭދަ ކުރުމަށް ފަހުއެވެ.

އޮސްޓްރޭލިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެގައުމުގެ ރައްޔިތުން އަމިއްލަ ގައުމަށް ދިޔުމަކީ ޖިނާއީ ކުށަކަށް ހެދި މިއީ ފުރަތަމަ ފަހަރެވެ. އިންސާނީ ހައްގުތައް ހޯދަން ވަކާލާތު ކުރާ ގުރޫޕުތަކަށް މި ގަވާއިދު ބަލައެއް ނުގަނެވުނެވެ. އެ ގުރޫޕުތަކުން ގޮވާލައިފައިވަނީ މީހުންނަށް ހަރުކަށި އަދަބު ދިނުމުގެ ބަދަލުގައި ކަރަންޓީނު ކުރުމުގެ ގޮތްތަށް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނާސިރު11

    ދިވެހިރާއްޖެ އިންޑިއާގެ ކަރަންޓީނު ފެސިލިޓީއެއް. އިންޑިއާ ރައްޔިތުން ހަމަ އަންނަންވީ. އަހަރެމެންނަށް ބަލިފެތުރުނަކަސް އެމްޑީޕީ ސަރުކާރަކަށް ވާނެ ދެރައެއްނެތް. މުޅި ދުނިޔޭގެ ހުރިހާ ޤައުމަކުން އިންޑިއާ މީހުން އައުން މަނާކުރިޔަސް މިތަނުން މަނަލެއްނުކުރާނެ. ދިވެހިރާއްޖެއިން ތިޔަވަރުގެ ބައްޔެއް ފެނިއްޖެނަމަ ޔަޤީން އިންޑިޔާއަކަށް ނާރުވާނެކަން

    2
    1
  2. ޖަނާޒާ

    އެކަމަކު އިންޑިޔާ ފަތުރުވެރިން ކާށިދޫގައި އެބަ ތެޅެހައްޓާ! މިހާރު ކޮވިޑަށް ފަސްސިވެސް ވެއްޖެ! ކޮބާ މި ސަރުކާރުގެ ސިޔާސަތު