އިންޑިއާގައި ރެކޯޑު އަދަދަކަށް މީހުން ކޮވިޑް-19އަށް ފައްސިވެ، އެ ބަލީގައި މަރުވަމުން ދާތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ މެމްބަރުން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފިއެވެ. މެމްބަރުން ބުނީ އިންޑިއާގެ ސިއްހީ ދާއިރާއިން ފަރުވާ ދިނުމަށް ބުރޫއަރާފައިވުމާއި، ގައުމުގެ މިހާރުގެ ހާލަތު ފެނި ހިތް ފަޅައިގެން ދާހާ ވަރުވާ ކަމަށެވެ.

އިންޑިއާއަށް ދިމާވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި އެމެރިކާގެ މީހުންގެ އެހީ ބޭނުންވާ ކަމަށް އިންޑިއާގެ ޑިމޮކްރަޓިކް ކޯޗެއާ، ބްރެޑް ޝަރުމަން ވިދާޅުވެފައި ވެއެވެ. އިންޑިއާއިން ކޮވިޑަށް މީހުން ފައްސިވަމުން ދާހާ ހިނދެއްގައި އެއީ އެމެރިކާއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކޭ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

އިންޑިއާގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑުގެ އާ ވައްތަރު މިހާރު ވެސް އެތައް ގައުމަކުން ފެނިފައިވެއެވެ.

އިންޑިއާގެ ވެރި ރަށް ދިއްލީގައި ކޮންމެ ފަސް މިނެޓަކުން އެކަކު ކޮވިޑުގައި މަރުވެގެން ދެއެވެ. މި މަންޒަރު ބަލަން ކެތް ނުވާ ކަމަށާއި، މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން ހުރިކަމަކީ އެހީތެރިވުން ކަމަށް ރިޕަބްލިކަންގެ ކޯޗެއާ ސްޓީވް ޗާބޮޓް ވިދާޅުވެފައި ވެއެވެ.. އެމެރިކާއިން ވަނީ ވެކްސިނާއި، ވެކްސިން އުފައްދަން ބޭނުންވާ ތަކެތި އިންޑިއާއަށް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ދުނިޔެއިން ދެވަނައަށް އެންމެ އާބާދީ ބޮޑު އިންޑިއާގައި ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި ދުވާލަކު ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ. އޮކްސިޖެން އާއި، ހޮސްޕިޓަލުގެ އެނދުތައް އަދި ބޭހުގެ ދަތިކަން ވަނީ އެގައުމުގައި އިންތިހާއަށް ބޮޑުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އަލްޖިބްރާ

  އިންޑިއާގަ ކޮވިޑް ޖެހިގެން މީހުން މަރުވާތީ ކަލޭމެންގެ ހިތްފަޅައިގެން ދަނީ ކީއްވެ؟ ކަލޭމެން ހަތިޔާރު ބޭނުންކޮށް ކުށެއްނެތް އެތަށް މިލިއަން މީހުނެއް މަރާއިރު ކަލޭމެންގެ ހިތަކަށް ގޮތެއް ނުވޭނު ؟ކަލޭމެންނަކީ މުޅިންވެސް ދެއްކުން ތެރިން !

  29
 2. އާދަމުގެދަރި

  އިންސާނުންގެ ހާލަތު ތި ދަރަޖައަށް ވެއްޓުނުއިރު ގެރީގެ ހާލަތު އޮތްގޮތަކީ ކޮބައިބާ؟ ގެރިއަކަށް ކަމެއް ވެދާނެތީ މޮނިޓަރ ކުރަން ސެޓެލައިޓް ހަދައި ޗިޕް ހަދާ ބައެއް ތީ.

  21
 3. އާދަމް

  ދެންވެސް ހޭއަރާ ނަސޭހަތް ލިބިގަނެ ހައްޤުގެ މަގަށް ރުޖޫޢަވާންވީ. ބުދަށާ ގެރިޔަށާ ބޮއެ ގަހަށް އަޅު ކަން ކޮށް މުސްލިމުންގެ ލޭއޮހޮރުވާ މީހުން މަގުފުރައްދަން ބޮލީވުޑް ވަހުޝީ ފިލްމުތަށް ނެރެ ހެދުން ހުއްޓާލަންވީ. ﷲ އަށް ޝިރު ކކުކުރުމުން ދުރުހެލިވެ އިސްލާމްވާންވީ.އެމީހުންގެ ހަރަ ކާތަށް އަހަރުމެންވެސް ހަރަ ކާތް ކުރުން ހުއްޓާލަންވީ.
  ދެން ބަޔަ ކު ވިސްނާ އިބްރަތް ހާސިލް ކުރަން ވެއްޖެއެއްނޫން މިހާރު!!
  ތަނެއްގާ ފިތުނަފަސާދަޔާ މުން ކަރާތް ޢާންމުވެއްޖެއްޔާ ﷲ އެތަނެއް ހަލާ ކުކުރެއްވުމަ ކީ ގާތް ކަމެއް....

  25