އިނގިރޭސިވިލާތުގެ ލަންޑަންގައި އެކި ފަހަރު މަތިން 15 ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ 16 އަހަރުގެ ފިރިހެން ކުއްޖަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.

މި ކުއްޖާގެ މައްޗަށް 15 ކުށުގެ ދައުވާ ކޮށްފައިވާއިރު، މި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ތިން ފަހަރު ވައްކަކް ކުރުމާއި ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްގެން މީހުންގެ ފުރާނަ އަށް ގެއްލުންދޭން މަސައްކަތް ކުރުން ހިމެނެއެވެ.

މި ފިރިހެން ކުއްޖާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާ އިރު، އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތުގެ އަޑު އެހުން ސްޓްރެޓްފޯޑް ޔޫތް ކޯޓުގައި އަންނަ ހޯމަ ދުވަހު ފެށޭނެއެވެ.

މީގެ އިތުރުން އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖެއް ވެސް ވަނީ މީހެއްގެ ފުރާނަ އަށް ގެއްލުން ދިނުމާއި ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ކުއްޖާ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައިވާއިރު، މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި ލަންޑަންގައި 90 މިނެޓު ތެރޭގައި 15 ހަމަލާ އެކި ހިސާބުތަކުގައި ވަނީ ދީފައެވެ. އަދި މި ހަމަލާތަކުގައި ބައިވެރިވި މީހުން ކަމަށް ޝައްކު ކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރު ފުލުހުން ދަނީ ކުރަމުންނެވެ.

ADS BY ASTERS

Comments are closed.