އިންޑިއާ އިން ފެނުނު ކޮވިޑް-19 ގެ އާ ވޭރިއެންޓް ޖޯޑަން އިން ފެނިއްޖެއެވެ.

ޖޯޑަން އިން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފައިވާ އިރު، އެ ވޭރިއަންޓްގެ ތިން ކޭސް ވަނީ ފެނިފައެވެ. އެއީ އެ ގައުމުގެ އަމްމާން އިން ފެނުނު ދެ ވޭދަނަ އާއި ޒަރްގާ އިން ފެނުނު އެއް ވޭދަނައެވެ.

ހޮނިހިރު ދުވަހު އެކަނިވެސް ޖޯޑަން އިން 704 މީހުން ކޮވިޑަށް ފައްސިވެފައިވާއިރު 35 މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ. އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި މިހާތަނަށް ޖޯޑަން އިން 712،077 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދު 8،871 އަރައެވެ.

އިންޑިއާގައި މިހާރު ފެތުރިފައިވާ ކޮވިޑުގެ އާ ވޭރިއެންޓު އެތައް ލައްކަ މީހުންނަށް ޖެހި ކޮންމެ ދުވަހަކުވެސް އެތައް ހާސް ބަޔަކު ދަނީ މަރުވަމުންނެވެ. އެ ގައުމަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ދެވަނަ ރާޅާއެކު ހޮސްޕިޓަލްތައް ފުރި އެ ގައުމު އޮތީ އޮކްސިޖަނަށާއި ވެންޓިލޭޓަރަށް ޖެހިފައެވެ.

އިންޑިއާ އިން ކޮވިޑުގެ އާ ވޭރިއެންޓެއް ފެނުމާއި ގުޅިގެން ގިނަ ގައުމުތަކަކުން ވަނީ އެ ގައުމަށް ދަތުރުނުކުރުމަށް އިލްތިމާސް ކޮށްފައެވެ. މިކަމުގެ އަސަރު އެ ގައުމުގެ އިގްތިސާދަށް ކުރާނޭ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބިލީސް

    ތޮ ވޭރިއަންޓް ނާރާނެ ހަމަ އެކަނި ޤައުމަކީ ދިވެހި ރާއްޖެ. މުޅި ދުނިޔެއިން ފެނުނަސް ރާއްޖޭއަކުން ނުފެންނާނެ. އެޔަށް ވުރެ އެޗްޕީއޭ މާ މޮޅުވާނެ

  2. ކޮރަލް

    އިންޑިޔާ މިއޮތީމުޅި ދުނިޔޭގަ ބޭން ވެފަ އެވެ. މޯދީ ޒިންމާ ނަގަން ޖެހެ އެވެ. މުސްލިމުންނަށް ވ އަނިޔާ ދީފި އެވެ. އެތައް މިލިއަން މުސްލިމުންގެ ރަށް ވެހިކަން ވެސް ގެއްލުވާ ލައިފި އެވެ.