ޗައިނާ އަށް އައި ކެރީގެ ތޫފާނެއްގައި 11 މީހަކު މަރުވެ، 102 މީހަކު ޒަހަމްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޝަންހައި އާ ދިމާލުން ބައެއް ސަރަހައްދުތަކުގައި ގަސްތަކާއި އިމާރާތްތަކަށް އެކިވަރުގެ ގެއްލުންވެފައިވެއެވެ. އެގޮތުން ގިނަ ގަސްތަކެއްގެ ގޮފިތައް އިރައިގެން ގޮސް ވެއްޓިފައިވެއެވެ.

ތޫފާނާ ގުޅިގެން ޗައިނާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 3،050 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރެވިފައިވާ ކަމަށެވެ.

ގަޑިއަކަށް 100 މޭލު ބާރުމިނުގައި ވައި ޖެހުނު އެ ތޫފާނުގައި މަސް ދޯންޏަކާއި ދެ ފަޅުވެރިން ވެސް ސަލާމަތް ކޮށްފައިވެއެވެ. ކަނޑުގެ ސިފައިން ދަނީ ދޯނީގެ ބާކީ ތިބި ނުވަ ފަޅުވެރިން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ތޫފާނާއެކު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. ހަބަރުތައް ބުނާގޮތުން މަގުމަތީގައި ޕާކު ކޮށްފައި ހުރި ކާރުތަކުގެ ބިއްލޫރިތައް ތެޅުމާއި، މަގުމަތީގައި ހުރި ގަސްތައް ބިމުން ލުހިފައި ހުރުން ފަދަ ގެއްލުންތައް ލިބިފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު