އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ މަސައްކަތް ފަށައިފިއެވެ.

އަފްޣާނުގައި ބާކީ ތިބި އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނެނީ 2,500-3,500 ސިފައިންނާއި ނޭޓޯގެ 7،000 މީހުންގެ ފައުޖެކެވެ.

އެމެރިކާއިން ލަފާކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނަށް ވޭތުވެދިޔަ އަހަރުތަކުގައި ދެ ޓްރިލިއަން ޑޮލަރުން ހަރަދުކުރެވިފައިވާނެއެވެ.

އެމެރިކާ އާއި ނޭޓޯ ސިފައިން އަފްޣާނުގައި ވަޒަންވެރިވީ 2001 ވަނަ އަހަރުއެވެ. އަލް ގައިދާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުން އެގައުމުގައި ހަރަކާތްތެރި ވަމުންދާތީ އަމާޒަކަށްވީ އެ ގުރޫޕުތަކުގެ ލީޑަރުން އަތުލައިގަތުމެވެ.

ތާލިބާނާއި އެމެރިކާއާއި ދެމެދުގައި ވެވިފައިވާ އެއްބަސްވުމަކާ އެއްގޮތަށް އަފްޣާނުގައި ތިބި އެމެރިކާ ސިފައިން އަފްޣާނުން ބޭލުމަކީ އަފްޣާނަށް ލިބޭ ގެއްލުމަކަށް ވެދާނެެއެވެ. ދެހާސް އެއް ވަނަ އަހަރުން ފެށިގެން ހަނގުރާމައިގެ މައިދާން ތަކުގައި ފޯރި މެރުމުގެ އިތުރުން އަފްޣާނުގެ ސިފައިންނަށް އަސްކަރީ ހަނގުރާމަތަކުގެ އުކުުޅުތައް ކިޔައިދީ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ އެެމެރިކާ ސިފައިންނާއި ނޭޓޯ ފައުޖުންނެެވެ.

އަފްޣާނިސްތާނަކީ ޓެރަރިސްޓު ޖަމާއަތްތަކުގެ މައި ހަބަކަށް ވެފައިވާއިރު، އަފްޣާނިސްތާނުގެ ވަގުތީ އިންޓީރިއާ މިނިސްޓަރު ވިދާޅުވީ އެމެރިކާ ސިފައިން އެގައުމުން ދިޔުމުން ތާލިބާނުން ހަމަނުޖެހުން ހިންގާ މިންވަރު އިތުރު ވުން އެކަށީގެންވާ ކަމަށެވެ. އަދި އެމެރިކާގެ ފައުޖުތަކަށް ހަމަލާއެއް ދީފާނެ ކަމަށް ބުނެ އަފްޣާނުގެ ސަލާމަތީ ފައުޖުތައް ވަނީ އެލާޓަށް ގެނެސްފައެވެ.

އެމެރިކާ ސިފައިން އެގައުމުން ބޭލިޔަސް އެމެރިކާ ސަރުކާރުގެ އެހީތެރިކަން އެގައުމަށް ލިބޭނެ ކަމުގައި ބުނެފައިވެއެވެ. އެގޮތުން 2002 ވަނަ އަހަރުގެ އެއްބަސްވުމާއި އެެއްގޮތުގެ މަތިން ސަލާމަތީ ބާރުތަކަށް ދޭން އެއްބަސް ވެފައިވާ މާލީ އެހީތެރިކަން ފޯރު ކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    އެމެރިކާ އިން ބޮން އަޅައިގެން މަރުވި އެތައް މިލިއަން ހަނގުރާމައިގާ ބައިވެރި ނުވާމީހުންގެ ވާހަކަ ނޫސްތަކުގަ ނުޖަހަ އެވެ.

  2. އަބްދޫ

    އެމެރިކާއިން 20 އަހަރުހަގުރާމަކޮށްގެންވެސް ތާލިބާނުން ބަލިކޮށް ނުލެވުނު

  3. ހަސަނު

    ޢަވަހަށް ފައިބާ. ހައްގެއްނެތް ތިބުމުގެ. ޢަފުގާނިސްތާނަށް އެގައުމު ބެލެހެއްޓޭނެ. ތާލިބާނުންނަށްވެސް އަސްކަރީ އަދި ސަރު ކާރުންވެސް ފުރުޞަތު ލިބެންޖެހޭނެ.