އަރަބި ޤައުމު ތަކާއި ގަތަރާއި ދެމެދު މިހާރު އޮތް ހަމަނުޖެހުންތަކާއި ސިޔާސީ ކޯޅުންގަނޑުގެ އަސްލަކީ ޔޫއޭއީ ކަމަށް އެމެރިކާގެ ޖާސޫސީ އޮފިޝަލަކާއި ހަވާލާދީ ވޮޝިންގްޓަން ނޫހުން ބުނެފިއެވެ.

ވޮޝިންގްޓަން ނޫހުން ބުނެފައިވާގޮތުގައި މި ހަމަނުޖެހުންތައް އުފެދެން މެދުވެރިވީ ޔޫއޭއީން ގަތަރުގެ ޝޯޝަލް މީޑީއާ ވެބްސައިޓްތަކާއި ސަރުކާރުގެ އިދާރާތަކުގެ ވެބްސައިޓްތައް ހެކް ކޮށް، އެ ޤައުމުގެ ސަރުކާރުގެ ނަމުގައި ދޮގު ވާހަކަތަކެއް ޝާއިއުކުރުމުންނެވެ.

މި މައުލޫމާތު އެ ނޫހަށް ދިން އޮފިޝަލް ވިދާޅުވެފައި ވަނީ ގަތަރުގެ ވެބްސައިޓްތައް ހެކް ކުރުމަށްޓަކައި ޔޫއޭއީގެ ބޭފުޅުންތަކެއް މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ނިމިދިޔަ މެއި މަހުގެ 23ވަނަ ދުވަހު އެކަން ވަނީ ކަށަވަރު ކުރެވިފައި ކަމަށެވެ.

ޔޫއޭއީން ބޭނުންވެގެން އެ ވެބްސައިޓްތައް ހެކް ކުރި ނަމަވެސް އެކަން ކުރީ އެ ޤައުމުގެ މީހުން ކަމެއް ނުވަތަ ބަޔަކާއި ހަވާލު ކޮށްގެން ކަމެއް މައުލޫމާތު ދިން އޮފިޝަލަކަށް އެނގިފައެއް ނުވެއެވެ. އަދި މި މައުލޫމާތުތައް އެ އޮފިޝަލަށް ލިބިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށްވެސް ވޮޝިންގްޓަން ނޫހުން ބުނެއެވެ.

އަރަބި ޤައުމު ތަކާއި ގަތަރާއި ދެމެދު މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން ގަލްފުގެ ގިނަ ގައުމުތަކަކުން ވަނީ ގަތަރާއި އޮންނަ ޑިޕްލޮމަޓިކް ގުޅުން ކަނޑާލައި، ވިޔަފާރީގެ ގުޅުންވެސް ކަނޑާލާފައެވެ.

ގަތަރުގެ ސަރުކާރުން މީގެ ކުރިންވެސް ވަނީ އެ ޙަބަރު ފަތުރާފައި ވަނީ އެ ޤައުމުން ނޫން ކަމަށެވެ.

ADS BY ASTERS

1 ކޮމެންޓް

  1. ތިކަމުގެ އަޑީގައި މިޞްރާއި އިޒްރޭލު އޮތުން ވަރަށް ގާތް