ދުބާއި ފުލުހުން އެޤައުމުގައި އުޅޭ 177 ސަލާންޖަހާ މީހަކު ހައްޔަރުކޮށްފިއެވެ.
ދުބާއިގެ ފުލުހުން ގިނަޢަދަދެއްގެ ސަލާންޖަހާ ބަޔަކު ހައްޔަރުކުރަން ފެށީ ރޯދަމަސް ފެށުނީއްސުރެ ފަށައިގެންނެވެ. އެޤައުމުގެ ފުލުހުން ބުނީ ހައްޔަރުކުރި ސަލާންޖަހާ މީހުންގެ ތެރޭގައި ވައްކަންކުރާ މީހުންނާއި ފޭރޭ މީހުންވެސް ތިބި ކަމަށެވެ. ބައެއް ފަރާތްތަކަކީ ސަލާންޖަހާ މީހުންގެ ގޮތުގައި އޮޅުވާލައިގެން އުޅޭ މީހުންކަމަށް އެޤައުމުގެ ފުލުހުން ބުނެއެވެ.
ދުބާއީގައި ސަލާންޖަހާ މީހުންނާއިމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެޤައުމުގެ ސަރުކާރުން ނިންމާފައިވާއިރު އެޤައުމުގައި ސަލާންޖަހަންއުޅޭ ފަރާތްތައް 22 ހާސް ރުފިޔާއިން ޖޫރިމައިނާކޮށް ތިންމަހަށް ޖަލަށް ލާނެ ކަމަށް އެޤައުމުގެ ފުލުހުން ބުނެފައިވެއެވެ.
ސަލާންޖަހާ މީހުން މަދުކުރުމަށް ދުބާއީ ފުލުހުން ފަށާފައިވާ މަސައްކަތުގެ ތެރެއިން ސަލާންޖަހާ މީހުން ތަމްރީނުކުރާ މީހުންނާއި ޤައުމުން ބޭރުގެ މީހުންނަށް ސަލާންޖަހަން ދަސްކޮށްދޭ ފަރާތްތައް ބޮޑު ޢަދަދަކުން ޖޫރިމަނާކޮށް ހަ މަހަށް ޖަލަށް ލުމަށް ވަނީ ނިންމާފައެވެ.
ދުބާއީ ފުލުހުން ބުނީ ސަލާންޖަހާ ފަރާތްތަކަށް ނުހެއްލި އެހީތެރިވުމަށް ބޭނުންވާފަރާތްތަކުން އެހީދޭ ޖަމިއްޔާތަކަށް ޑޮނޭޓް ކުރުމަށް އަންގާފައެވެ. އަދި ސަލާންޖަހާ ފަރާތެއް ފެނިއްޖެނަމަ އެޤައުމުގެ ސަލާމަތީ ފަރާތްތަކަށް އެންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ ޤައުމުތަކުގެ އެންމެ ކުރީގައި ދުބާއީ ހިމެނޭއިރު އެޤައުމުގައި ދިރިއުޅޭ ގިނަ ފަރާތްތަކަކި މުއްސަނދިންކަން ފާހަގަ ކުރެވެއެވެ. އަދި ދުނިޔޭގެ އެންމެ އުސް އިމާރާތްތަކާއި ފަހުގެ އެންމެ މޮޅު ޓެކްނޮލޮޖީ ވެސް ދުބާއީގައި ބޭނުންކުރާކަން ފާހަގަކުރެވެއެވެ.
22،000 ދިވެހި ރުފިޔާތޯ ނުވަތަ ދިރްހަމްތޯ؟
ކަލެޔަށް ކީއް؟؟؟؟
ތިޔައީ މިރާއްޖޭގައި ވެސް ކުރަންވެފައި އޮތް ކަމެއް. މަގުމަތީގައި ދުވާރުމަތީގައި ސަލާންޖަހަން ތިބޭ މީހުން ހިފައި ހައްޔަރުކޮށް ދައުލަތުން ތަނަކަށް ލާފައި ބައިތިއްބަންޖެހޭ.
ވަރިހަމަ ސަރުކާރުން ކެއުމާ ބޮއިމާ އެކޮމިޑޭޝަން ހަމަޖެއްސިޔަސް އެތަނަކައްނުދާނަން ހަމަސަލާންޖަހަންތިބޭނީ
ދުބާއީ ފުލުހުން ބުނީ ސަލާންޖަހާ ފަރާތްތަކަށް ނުހެއްލި އެހީތެރިވުމަށް ބޭނުންވާފަރާތްތަކުން އެހީދޭ ޖަމިއްޔާތަކަށް ޑޮނޭޓް ކުރުމަށް އަންގާފައެވެ. އަދި ސަލާންޖަހާ ފަރާތެއް ފެނިއްޖެނަމަ އެޤައުމުގެ ސަލާމަތީ ފަރާތްތަކަށް އެންގުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.