އިންޑިއާގައި ކޮވިޑް-19 ހަލުވި ކަމާއި އެކި ފެތުރެމުން އަންނާތީ ތެލުގެ އަގު ހެޔޮވެއްޖެއެވެ.

އެގޮތުން އެމެރިކާއިން ބްރެންޓް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 35 ސެންޓު ނުވަތަ 0.5 އިންސައްތަ ވެއްޓިފައެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު އުޅެނީ 66.41 އެމެރިކާ ޑޮލަރަށެވެ.

"ތެލުގެ ވާހަކަ ދައްކާއިރު، އިންޑިއާއަކީ ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ގައުމެއް" ތެލުގެ ވިޔަފަރި ކުރަމުން އަންނަ ކުންފުންޏެއް ކަމަށް އަވަޓްރޭޑްގެ އިސް ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

ތެލުގެ އަގު މިހާ ބޮޑަށް ދަށްވެގެން ދިޔައީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ގައުމުތައް ފުރަބަންދުގެ ހާލަތަށް ގޮސް ތެލަށް އޮތް ޑިމާންޑް ބޮޑުތަނުން ކުޑަވެފައިވާތީއެވެ. އަދި ތެޔޮ ގިނަ އަދަދަކަށް ގަންނަ އިންޑިއާގެ ހާލަތު ގޯސްވެފައިވާތީ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ އެމެރިކާ އާއި ޗައިނާއިން ވެސް މީގެ ކުރިން ކޮވިޑް ވޭދަނަތައް އިތުރުވުމުގެ ސަބަބުން ތެލުގެ އަގު ވެއްޓުނެވެ. އެހެން ނަމަވެސް އެގައުމުން ވެކްސިންގެ ކެމްޕޭނު ފެށުމާއި އެކު ތެލުގެ އަގު ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.