އިންޑިއާގެ ހައިދަރްއާބާދުގައި ހުންނަ ނެހްރޫ ޒޫލޮޖިކަލް ޕާކުން އަށް އޭޝިއާޓިކް ސިންގާ ކޮވިޑް-19އަށް ފައްސިވެއްޖެ އެވެ.

މިއީ އިންޑިއާގައި މިފަދަ ކަމެއްވި ފުރަތަމަ ފަހަރެވެ. 2020 ވަނަ އަހަރުގެ އެޕްރީލް މަހު އެމެރިކާގެ ނިއުޔޯކްގެ ބްރޯންޒް ޒުލުން އަށް ސިންގާ އާއި މިނިކާވަގެއް ވަނީ ކޮވިޑަށް ފައްސިވެފަ އެވެ.

ހައިދަރްއާބާދުގެ ޒުލުގައި ތިބި ސިންގާތަކެއް ކޮވިޑަށް ފައްސިވެފައިވާކަން ހާމަކޮށް އެ ޒުލުން އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނީ ސިންގާތައް ކޮވިޑް ޖެހިފައިވާކަން އެނގުނީ ކޮވިޑުގެ އަލާމާލްތައް ހުރުމުން ކަމަށެވެ. މިހާރު އިތުރު ސިންގާތައް ކޮވިޑު ޖެހިފައި ހުރިތޯ ދެނެގަތުމަށް ސުންކު ނަގާފައިވާއިރު އޭގެ ނަތީޖާ އަދި ނުލިބޭކަމަށް އެ ޒުލުން ބުނެއެވެ.

އިންޑިއާގެ ޒުލުން ބުނީ ސިންގާތައް މިހާރު ރަނގަޅު ކަމަށާއި ސެންޓަރ ފޯ ސެލިއުލާ އެންޑް ކޮލެކިޔުލާ ބަޔޮލޮޖީ (ސީސީއެމްބީ) އިން ސިންގާތަކަށް ކޮވިޑް ޖެހުނުގޮތް ބަލާނެ ކަމަށެވެ. ސިންގާތަކަށް ކޮވިޑް ޖެހުނީ އިންސާނުންގެ ފަރާތުންތޯވެސް ބަލާނެ ކަމަށް ސީސީއެމްބީއިން ވަނީ ބުނެފައެވެ.

380 ހެކްޓަރު ހުންނަ ނެހްރޫ ޒޫލޮޖިކަލް ޕާކުގައި 1،500 ޖަނަވާރު އުޅެއެވެ. ފާއިތުވި މަހު ޖަނަވާރުންތައް ބެލުމާއި ހަވާލުވެގެންތިބޭ ފަރާތްތަކުން ވަނީ ސިންގާތައް ބަލިވެ ކެއުމާއި ދުރުކަން ފާހަގަ ކޮށްފަ އެވެ.

ޖަނަވާރުން ކޮވިޑް-19 އަށް ފައްސިވާ ވާހަކަ ދައްކާތާ އެތައް މަހެއް ވެއްޖެ އެވެ. ޔޫއެސް ސެންޓަސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވާގޮތުގައި ކޮވިޑް ޖެހިފައިވާ އިންސާނެއްގެ ފަރާތުން ޖަނަވާރަކަށްވެސް ކޮވިޑް ޖެހިދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފޯއްބެ

    ގެރި އަކަށް ޖެހުނުނަމަ ފޯރި ހުރީސް....