ނިއުޒިލެންޑުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން އަންނަ ހޫނު މޫސުމުގައި ކައިވެނި ކުރައްވަން ނިންމަވައިފިއެވެ.

ޖެސިންޑާ އާޑެން، 40 އަހަރު އަންނަ ހޫނު މޫސުމުގައި ކައިވެނި ބައްލަވައިގަންނަން އުޅުއްވާ ކަން ނިއުޒިލެންޑުން މީޑިއާ އިން ވަނީ ބުނެފައެވެ. އެކަމަނާ ކައިވެނި ބައްލަވައިގަތުމަށް ހަމަޖެހިފައިވާ ތާރީހެއް އަދި ހާމައެއް ނުކުރެއެވެ.

ނިއުޒިލެންޑުގެ މީޑިއާ އަކަށް މައުލޫމާތު ދެއްވަމުން ބޮޑުވަޒީރު އާޑެން ވިދާޅުވީ އެކަމަނާގެ ލޯބިވެރިޔާ އަދި ޓީވީ ހޯސްޓް ކްލާކް ގެއިފޯޑް އާއެކު ކައިވެނި ކުރައްވާޏެ ތާރީހެއް ނިމިފައިވާ ކަމަށެވެ.

އާޑެން އާއި ގެއިފޯޑް، 44 އަހަރު އެންގޭޖްވެފައި ވަނީ 2019 ވަނަ އަހަރުއެވެ.

ސަދާން ހެމިސްފެއާރ އަށް ހޫނު މޫސުން އަންނާނީ ޑިސެމްބަރު މަހުން ފެބްރުއަރީ މަހާ ހަމައަށެވެ.

ބޮޑުވަޒީރުގެ ކައިވެނި ކުލަގަދަކޮށް ނުބާއްވާނޭ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ބޮޑު ކައިވެންޏެއް ބާއްވާ ހިތް ނުވަނީ މިހާރު އުމުރުން މާ ދޮށީވީމަ ކަމަށެވެ.

އެކަމަކު އާޑެންއަކީ ނިއުޒިލެންޑުގެ ބޮޑުވަޒީރުކަން ކުރައްވާ އެންމެ ހަގު ބޭފުޅާއެވެ. އެކަމަނާ ނިއުޒިލެންޑުގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތީ 2017 ވަނަ އަހަރުގައެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރިކަމުން ނިއުޒިލެންޑް އަރައިގަތުމަށް އާޑެން ވަނީ ގިނަ މަސައްކަތްތަކެއް ކޮށް ދުނިޔޭގެ އެހެން ލީޑަރުންނަށް ނަމޫނާ ދައްކައިވައިފައެވެ. އެކަމަނާއަކީ ނިއުޒިލެންޑަށް ދިމާވި ބޮޑެތި އެތައް ހާދިސާއެއްގައި ސާބިތުވެ ހިތްވަރާއި އެކު ކުރިމަތިލައި ނަމޫނާ ދެއްކެވި ކަނބަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުބީނު މާރނީ

    މި ދެކަނބަލުންނަށް ބޭފުޅަކު ވެސް ލިބިވަޑައިގެންފައިވޭ.

  2. ބަފާބޭ

    މިއީ ވަރަށް ރަގަޅު މީހެއް..

    5
    1
  3. ކެނެރީ

    ޒިނޭގެ ދަރިއެއް...