ބިލް ގޭޓްސްއާއި މެލިންޑާގެ 27 އަހަރުވީ ކައިވެނި ރޫޅާލުމަށް ނިންމާފައިވާ ޚަބަރުވެގެން ދިޔައީ މީސް މީޑިއާ ކެކިގަތް ޚަބަރަކަށެވެ. މިއީ އެތައް ބަޔަަކަށް ގަބޫލުކުރަން ދަތި ޚަބަރެއް ނަމަވެސް މެލިންޑާ ބުނެފައިވަނީ ދިރިއުޅުމުގައި ދެން ދެމީހުން އެއްކޮށް ކުރިއަށް ދެވެން ނެތް ނަމަވެސް ބިލް އެންޑް މެލިންޑާ ގޭޓްސް ފައުންޑޭޝަންގައި މަސައްކަތް ކުރާނެ ކަމަށެެވެ.

މި ޚަބަރާއިއެކު މީސް މީޑިއާގައި ދައުރުވަމުން ދިޔަ އެތައް ވާހަކައެއްގެ ތެރެއިން އެއްވާހަކައަކީ ބިލްއާއި މެލިންޑާގެ ދެމެދުގައިވެފައިވާ އާދަޔާ ޚިލާފު އެގްރީމެންޓްގެ ވާހަކައެވެ. ބިލްގެ ކުރީގެ ލޯބިވެރިޔާ އޭން ވިލްބްލެޑް އާއި އަހަރަކު އެއްފަހަރު ދިމާވުމަށް އެއްބަސްވެފައިވާ އެގްރިމެންޓެކެވެ.

ބިލް ގޭޓްސްއާއި އޭނާ ލޯބީގެ ގޮތުން ގުޅިފަައިވަނީ 1994 ވަނަ އަހަރުއެވެ. ނަމަވެސް ފަހުން މެލިންޑާއާއި ކައިވެނި ކުރުމަށް ނިންމުމަށްފަހު، ކައިވެނީގެ ކުރިން މެލިންޑާއާއިއެކު މި އެގްރިމެންޓް ކޮށްފައިވާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

1997 ވަނަ އަހަރު އެމެރިކާގެ ނޫސްވެރިއަކު ލިޔެފައިވާ ޚަބަރެއްގައި ބުނެފައިވަނީ ބިލްއާއި އޭނާ އަހަރަކު އެއްފަހަރު ހަފްތާ ބަންދެއްގައި ދިމާވާ ކަމަށާއި އަދި އެ އާދަކާދަ އަދި ވެސް ހިފަހައްޓާފައިވާ ކަމަށެވެ. އުތުރު ކެރޮލިނާގައި މޫދާއި ކައިރީގައި ހުންނަ އޭނާގެ ގޭގައި ބިލްއާއި އޭނާ ޗުއްޓީ ހޭދަކުރަމުންދާ ކަމަށް ވެސް އެ ލިޔުމުގައި ވެއެވެ.

ނަމަވެސް 1997 ވަނަ އަހަރު ބިލްއާއި އޭނާގެ މިބައްދަލުވުން ކުރިއަށް ގެންދާކަން ނޭނގޭ ކަމަށް ވެސް ނޫސްވެރިޔާ ހާމަކޮށްފައިވެއެވެ. މިލިންޑާއާއި ކައިވެނި ކުރުމުގެ ކުރިން އޭނާގެ ލަފާއަކަށް އެދިފައިވާ ކަމަށް ވެސް ނޫސްވެރިޔާ ފާހަގަކޮށްފައިވެއެވެ.

މިލެންޑާއާއި ބިލްއަކީ އެންމެ ފުރިހަމަ ޖޯޑަކަށް ވާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސައުޝާދު ޒަމީރު

    އައި ވޯންޓް ޓު މެރީ މެލިންޑާ. ޝީ އިޒް ސޯ ބިއުޓިފުލް

    5
    2
    • ާން

      އޭނައާ އިންނަން ބޭނުންވަނީ ހަމަ އޭނަ ދެކެ ލޯބިވާތީ ދޯ؟ ފައިސާއަކާ ހެދިއެއް ނޫން ދޯ؟

  2. ބިލްބޭބެ

    ކަލޯ ބިލްގޭޓްސް އަވަހަށް އިސްލާމްވޭ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ 4 އަނބިން ތިބޭނެ ނުޖެހޭނެ އެގްރިމެންޓް ހަދާގެން ތިޔަހެން ފިތިގެން ހުންނާކަށް.

    10
    2
  3. ކާފަ

    ފައިސާއިން ސިރާތުމަގު ހުރަސް ކުރެވޭނެކަމަށް ގަބޫލުކުރަނީތަ؟؟؟؟ އޭ އަހުރެންގެ ޢަހުންނޭ.. ހެޔޮ އަމަލުކުރޭ...

    11
    2
  4. ވަސީ

    ކޮވިޑު އުފައްދައިގެން ޖެހުނު މައްސަލައެއްބާ އަނެއްކާ.

    2
    1