މާތްވެގެންވާ ހަރަމްފުޅުގައިވާ ހާއްސަ ތަންތަނުގެ ތެރެއިން ގިނަބަޔަކު އެތަނެއް ބަލައިލުމަށް އެންމެ ހިތްއެދޭ، ޝައުގުވެރިވާ ތަންތަނުގެ ތެރެއިން މަގާމް އިބްރާހީމް އާއި ހަޖަރުލް އަސްވަދުގެ ސާފު ފޮޓޯތަކެއް ނަގައި އާންމު ކޮށްފިއެވެ.

ސައުދީ އަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެންމެ ފޮޓޯ ގަނޑެއް ނެގުމަށް ހަތް ގަޑިއިރު ހޭދަވެފައިވެއެވެ. އެއީ އެންމެ ހައި ރިސޮލިއުޝަން ފޮޓޯއެކެވެ. އެގޮތުން 49,000 މެގަޕިކްސެލްގެ މި ފޮޓޯ ޑިވެލޮޕް ކުރަން 50 ގަޑިއިރު ހޭދަވި ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

އިސްލާމީ ތާރީހާއި ގުޅުން ހުރި މައުލޫމާތުން އިނގެން ހުރި ގޮތުގައި މަގާމް އިބްރާހީމްގެ ނަން ދެވިފައިވާ ހިލަ އަކީ އިބްރާހީމް އަލައިހިސަލާމް އާއި އިސްމާއިލް އަަލައިހިސަލާމްއާއި ދެބަފައިކަލުން މާތްﷲގެ އަމުރުފުޅަށް ގެފުޅު ބިނާކުރެއްވި އިރު އިބްރާހީމް އަލައިހިސަލާމް ގެފުޅުގެ އުސް ހިސާބުތައް ރޭނުއްވުމަށް އަރުއްވައި އުޅުއްވި ހިލައެކެވެ. އެގޮތަށް ހުންނަވައިގެން މަސައްކަތްފުޅު ކުރެއްވުމުން އެ ހިލައިގައި އެކަލޭގެފާނުގެ ފައިތިލަފުޅުގެ އަސަރު ހުންނަ ކަމަށް ބުނެއެެވެ.

ގެފުޅުގެ ދޮރުކޮޅާއި ދިމާލުގައި ރަންކުލައިގެ ގުއްބެއްހެން ފަރުމާކޮށްފައިވާ ކޮށީގެ ތެރޭގައި އޮންނަ ހިލަ އަކީ މަގާމް އިބްރާހީމްއެވެ. މަގާމް އިބްރާހީމްގެ ނަމުން ނަން ދެވިފައިވާ ހިލައަކީ ދިގުމިނުގައި 40 ސެންޓިމީޓަރު ހުންނަ އަދި ފުޅާ މިނުގައި 20 ސެންޓިމީޓަރު ހުރެއެވެ.

ހަޖަރުލް އަސްވަދު ހިލަކޮޅުގެ ފޮޓޯއާއި އެކު ހާމަކޮށްފައިވާފަދައިން ތަފްސީލެއް މިފަހަރު ހިއްސާކޮށްފައެއް ނުވެއެވެ. ފޮޓޯތައް ހިއްސާކުރަމުން ލިޔެފައިވާ ލިޔުންކޮޅުގައިވަނީ ފޮޓޯ ނެގުމަށް ގަޑިއިރަކަށް ވުރެ ގިނައިރުވި ކަމަށާއި، މަސްޖިދު އަލް ހަރަމްއަށް ޒިޔާރާތްކޮށް މަގާމް އިބްރާހީމް ހަމަލޮލުން ބަލައިލުމުގެ ފުރުސަތު ދެއްވުން އެދި ކުރާ ދުއާއަކުންނެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޞަހާބުއްދީން ރަދުން

  ގަބޫލުކު ރަންދަތި

  4
  39
  • ރަނިކަމަނާ

   ރަދުންނަށް އެވާހަކަ ޤަބޫލުކުރަން ދަތިވަނީ، ރަދުންނަށް އިސްލާ މްދީނުގެ މުހިން މު މަޢުލޫ މާތުތަކެއް އެނގިފައި ނުވުމުގެ ސަބަބުން، ރަދުންގެ ޢީ މާންތެރިކަން ކުޑަވީ މަ އެވެ.

   29