ސައުދީ އަރަބިއްޔާއިން އެހެން ގައުމުތަކަށް މި އަހަރުވެސް ހައްޖު ކެންސަލް ކުރަން ވިސްނަމުން އަންނަ ކަމަށް ރޮއިޓާސް ނޫހުން ރިޕޯޓްކޮށްފިއެވެ.

އެ ނޫހާއި ހަވާލާދީ ބޭރުގެ ގިނަ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މިހާރު ފެތުރެމުންދާ ކޮވިޑާއި ގުޅިގެން މިއަހަރު ވެސް އެހެން ގައުމުތަކުގެ މީހުންނަށް ހައްޖު ކެންސަލް ކުރަން ސައުދީ ސަރުކާރުން ވިސްނަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި މެދު ވަކި ގޮތެއް އަދި ނިންމާފައެއް ނުވެއެވެ.

ސައުދީގައި ތިބި މީހުންނަށް ހައްޖުގައި ބައިވެރިވެވޭއިރު، އެމީހުންނަކީ ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވާ މީހުން ކަމަށް ސައުދީން ވަނީ ބުނެފައެވެ.

މިއަހަރުގެ ހައްޖު އެހެން ގައުމުތަކުގެ މީހުންނަށް ކެންސަލް ކުރުމަށް ވިސްނަމުން އަންނައިރު، މީގެ ކުރިން ސައުދީން ވަނީ ޝަރުތުތަކަކާއި އެކީ ގައުމުތަކުގެ މީހުންނަށް ހައްޖުގައި ބައިވެރިވެވޭނެ ކަމަށް ނިންމާފައެވެ. އެހެން ކަމުން މިހާރު އެ ނިންމުން ވަނީ ބާތިލު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ލޮލް

    1
    1