ކެނެޑާގައި ގޮތް ނޭނގޭ ސިކުނޑީގެ ބައްޔެއް ފެންނަން ފަށައިފިއެވެ. ސިކުނޑި އަށް އަސަރު ކުރާ ބައްޔެއްގެ އަލާމާތްތައް ބައެއް ބަލި މީހުންގެ ފަރާތުން ފެންނަން ފެންނަމުންދާ އިރު މިއީ ފުރާނަ އަށް ނުރައްކާ ވާ ފަދަ މަދުން ނޫނީ ނުފެންނަ ކަހަލަ ބައްޔެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެެއެވެ.
މީގެ ދެ އަހަރު ކުރިން ރޮޖަރ އެލިސް ކިޔާ މީހަކު ހޭނެތިގެން ވެއްޓުނީ އޭނާގެ ކައިވެންނަށް 40 އަހަރު ފުރުން ފާހަގަކުރަމުން ދަނިކޮށްވެ. އޭނާ އަކީ އެ އަހަރުގެ ޖޫން މަހާއި ހިސާބަށް ވެސް ދުޅަހެޔޮ މީހެއް ކަމަށާއި އޭނާ އަކީ ސިނާއީ މަސައްކަތް ކުރުމަށް ފަހު ރިޓަޔަރ ވެގެން ދިރިއުޅުން ހޭދަކުރަމުން އައި މީހެއް ކަމަށް ވެސް ރިޕޯޓްތަކުގައިވެއެވެ.
އޭނާގެ ދަރިފުޅު ސްޓީވް އެލިސް ބުނީ އޭނާގެ ބައްޕަ ހޭނެތިގެން ވެއްޓުމަށް ފަހު ބައްޕަގެ ސިއްހީ ހާލު ވަރަށް ބޮޑަށް ގޯސްވީ ކަމަށެވެ. އެ ހިސާބުން ހަގީގަތާ ހިލާފު ކަންކަން ސިފަކުރެވުމާއި، ބަރުދަން ލުއިވުމުގެ އިތުރުން ރުޅި ގަދަވުން ފަދަ ކަންކަން މެދުވެރިވި ކަމަށް އޭނާ ބުނެއެވެ. އަދި ދުވަސްކޮޅަކަށް ފަހު އޭނާ އަށް ނުވެސް ހިނގޭ ވަރަށް ހާލު ގޯސްވީ ކަމަށް ސްޓީވް ބުނެއެވެ.
އެންމެ ފުރަތަމަ ބެލެވުނީ އޭނާ އަށް ޖެހުނީ ނުރައްކާތެރި ނާރުގެ ބައްޔެއް ކަމަށެވެ.
ނަމަވެސް މިހާރު ބެލެވޭ ގޮތުން އޭނާ އަށް ދިމާވީ ގޮތް ނޭނގޭ ސިކުނޑީގެ ބައްޔެކެވެ. ނިއުރޮލޮޖިސްޓް ޑރ.ޖޯޖްސް ބުނީ އެންމެ ފުރަތަމަ މި ބަލި ފެނުނީ 2015 ވަނަ އަހަރު ކަމަށެވެ. އަދި މިހާތަނަށް އައި އިރު އޭގެ 48 ވޭދަނަ ފެނިފައިވާ ކަމަށް އޭނާ ބުންޏެވެ.
އަދި އެ ބަލީގައި ހަތަރު މީހުން ވަނީ މަރުވެފައެވެ.
މި ބަލި ޖެހުުމުން އެކި މީހުންގެ ކިބައިން ފެންނަނީ އެކި އަލާމާތްތަކެވެ. އެންމެ ފުރަތަމަ މި ބައްޔާ ގުޅިގެން އަންނަނީ މިޒާޖަށް އަންނަ ބަދަލުތަކެވެ. އެގޮތުން އެންޒައިޓީ އާއި ޑިޕްރެޝަން ފަދަ ކަންކަން ބަލި މީހުންނަށް ދިމާވެއެވެ. އެއަށް ފަހު ނުނިދުމާއި ކަންބޮޑުވެ ހާސްވާން މެދުވެރިވެއެވެ. މީގެ އިތުރުން ހަނދާން ނެތުމާއި ހަގީގަތާއި ހިލާފު ކަންކަން ހިނގާހެން ހީވުމާއި، ރަނގަޅަށް ވާހަކަ ނުދެއްކުން ފަދަ ކަންކަންކަން ދިމާވެއެވެ.
ކެނެޑާގައި މި ބަލީގެ ހޯދުންތައް މިހާރު ވަނީ ހޯދަން ފަށައިފައެވެ. އެކަމަށްޓަކައި ކުރަން ޖެހޭ ދިރާސާގެ މަސައްކަތް މިހާރު އެ ގައުމުގައި ވަނީ ފަށައިފައެވެ.
ޖިންނި ޝައިތާނުންގެ އުނދަގޫ ތިޔަކީ. ތިބަލީގެ ފަރުވާއަކީ "އީމާން".
ދުނިޔެ ނިމުން ގާތްވެއްޖެ، ފަހުޒަމާނުގެ އަލާމާތްތައް، ވިސްނާ ފިކުރުކުރޭ، ތައުބާވޭ، ހެޔޮއަމަލު ގިނަކުރޭ،