މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން ޕޮލެންޑުން އިތުރު 510 މީހުން މަރުވެއްޖެ އެވެ.

ޕޮލެންޑަކީ ދުނިޔެއިން 13 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައިވާ ގައުމެވެ.

ކޮވިޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ގެނެސްދޭ ވެބްސައިޓްގައިވާގޮތުން ޕޮލެންޑުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 510 މީހަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. މިއާއެކު އެރަށުން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 68,993 އަށް ވަނީ އަރާފައެެވެ.

އެ ގައުމުގައި ކޮވިޑަށް ފައްސިވި މީހުންގެ އަދަދު މިހާރު 2,818,378 އަށް އަރާފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ވަނީ +6,431 އަށް އަރާފައެވެ.

އެ ގައުމުގައި މިހާރު ކޮވިޑަށް ފަރުވާދެމުން ދަނީ 202,634 މީހަކަށެވެ. އޭގެ ތެރެއިން 2،000 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް އެވެ.

ޕޮލެންޑުގައި ކޮވިޑް ބަލީގައި މަރުވާ މީހުންގެ އަދަދުތައް އަނެއްކާވެސް އިތުރުވާން ފެށީ މިއަދު އެވެ. އޭގެ ކުރިން މިދިޔަ ތިން ދުވަހުގައި އެ ގައުމުގައި ކޮވިޑް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދުތައް އުޅުނީ 500 އިން ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު