ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީ އެމެރިކާއިން ރާއްޖެއަށް އަންނަ މީހުން ދަތުރު ނުކުރުމަށް އެގައުމުގެ ސެންޓަރފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

ސީޑީސީން އާންމު ކޮށްފައިވާ އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖެ އޮތީ ކޮވިޑުގެ ހާލަތު އެންމެ ގޯސް، ލެވަލް ހަތަރެއްގައި ކަމަށެވެ. އެހެންކަމުން އެގައުމުގެ ރައްޔިތުން ރާއްޖެއަށް އެއްވެސް ކަހަލަ ދަތުރުތައް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެެވެ.

އޭގެ ތެރޭގައި ވެކްސިންގެ ދެވަނަ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތައް ވެސް ހިމެނެއެވެ.

ހަމަ އެކަނި ރާއްޖެއަށް ދަތުރު ކުރެވޭނީ ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި ދަތުރު ކުރާ ރައްޔިތުން ކަމަށާއި އެ ރައްޔިތުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާން ޖެހޭ ކަމަށް ސީޑީސީން ވަނީ ބުނެފައެވެ. އަދި އެ ރައްޔިތުން ރާއްޖޭގައި އުޅޭ ދުވަސްތަކުގައި މާސްކު އަޅައި، ގައިދުރުކަން އިސްކޮށް މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމެރިކާއަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ މަރުވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 33 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، ފަސް ލައްކައަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ރާއްޖެއަށް ބަލާއިރު، ދުވަހުން ދުވަހަށް ރާއްޖެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ފާއިތު 24 ގަޑިއިރު 700 އަށްވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާއިރު، އޭގެ ތެރޭގައި ހިރާސް ބޮޑު މީހުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙޯޙޯ

    ޢާން އެމެރިކާ މީ ކޮވިޑު ނެތް ގައުމެއް.

  2. މަނީމަނީ

    ފުރަތަމަ ރައްޔިތުން ގާތުބުނެގެން ގަވްމު ހަމަޔަކައް އަޅުވާ

  3. އަހަންމަދު

    އަލްޙަމްދުލިއްﷲ

    6
    1