ހައްދުފަހަނައަޅާފައިވާ އިސްރާއިލް އިން ފަލަސްތީނުގައި ހުންނަ މުސްލިމުންގެ މުޤައްދަސް މިސްކިތް، މަސްޖިދުލް އަޤްސާއަށް ޙަމަލާދެމުން އެބަދެއެވެ.

މިރޭ އިސްރާއިލްއިން ހުއްޓުމެއްނެތި އަޤްސާ މިސްކިތަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ގިނަ ޢަދަދެއްގެ މީހުން ޒަޚަމްކޮށްލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

https://twitter.com/LinahAlsaafin/status/1390778625885081600

އަޤްސާ މިސްކިތުގެ ގޯތިތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 163 މީހަކަށް ވަނީ އަނިޔާވެފައެވެ. މީގެތެރެއިން 80 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

ނޫސްތައް ބުނާގޮތުން އިސްރާއިލްގެ އަނިޔާވެރި ސިފައިން ވަނީ އަޤްސާ މިސްކިތުގައި ގިނަ ޢަދަދެއްގެ މުސްލިމުން އަޅުކަމުގައި ތިއްބާ "ސްޓަން ގްރެނޭޑް" އާއި "ގޭސް ބޮން" ފަދަ ގޮވާތަކެތީގެ އިތުރުން ކަރުނަ ގޭސް އަދި ރަބަރު ވަޒަން ލެއްވޭ ބަޑި ބޭނުންކޮށްގެން ޙަމަލާ ދީފައެވެ. މި ޙަމަލާތައް ދެމުން ދިޔަ ވަގުތު ނަގާފައިވާ ފޮޓޯ އާއި ވީޑިއޯ މިހާރު މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އިސްރާއިލް ސިފައިން އަލް-އަޤްސާ މިސްކިތަށް ޙަމަލާދެނީ

އިސްރާއިލް ސިފައިން މިރޭ އަޤްސާ މިސްކިތަށް ޙަމަލާދޭން ފެށުމުން ޢާންމުންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ސިފައިންގެ ހަވަރަކަށް ސިފައިންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފަލަސްތީނުގެ ނޫސް އޭޖެންސީތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އިސްރާއިލް ސިފައިން އަޤްސާ މިސްކިތަށް ޙަމަލާދޭން ފެށީ ފަލަސްތީނުގެ ގިނަ ޢަދަދެއްގެ މުސްލިމުން މިރޭ ތަރާވީޙް ނަމާދުގައި ތިއްބައި ކުއްލި ގޮތަކަށެވެ. އަދި މި ޙަމަލާތައް ދެމުން އިސްރާއިލް ސިފައިން ވަނީ ނަމާދުކުރަން ތިބި މީހުންނަށް އަނިޔާކޮށް އެމީހުން މިސްކިތުން ބޭރުކޮށްލާފައެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުން އިސްރާއިލް ސިފައިން އަންނަނީ މިސްކިތް ދޫކޮށްދާ މީހުންނަށްވެސް އަނިޔާކޮށް ޙަމަލާދެމުންނެވެ. މިގޮތުން މިސްކިތުން ފައިބައިގެން ދިޔަ މީހުންގެ ތެރެއިންވެސް ގިނަ ބައެއްގެ ގަޔަށް، ރަބަރުވަޒަން ލައްވާފައި ހުރި ބަޑިން ހަމަލާދިން ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

މި ޙަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ހަމާސްގެ ލީޑަރު، އިސްމާއިލް ހަނިއްޔާ ވަނީ، އަލް-އަޤްސާ މިސްކިތަށް ދެމުންދާ ޙަމަލާތަކުގެ ބަދަލު ހިތި ގޮތަކަށް ހިފާނެކަމުގެ އިންޒާރު އިސްރާއިލްއަށް ދެއްވާފައެވެ.

އަދި އެ ޖަމާޢަތުގެ އިސް އޮފިޝަލް، މަހްމޫދް އަލް-ޒައްހާރް ވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާއަށް ޔަހޫދީން ކެނޑިނޭޅި ހަމަލާދެމުންދާއިރު އަރަބި ލީޑަރުން ހިމޭނުން ތިބުމުން އެކަން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޔަހޫދީން ހިންގަމުންދާ ޖަރީމާތަކަށް އޮތް ހަމައެކަނި ޙައްލަކީ އިސްރާއިލް އާއި ދެކޮޅަށް ހަތިޔާރުތައް އުފުލުން ކަމަށެވެ.

އިސްރާއިލް އިން ފަލަސްތީނަށް ދެމުންދާ ޙަމަލާތައް އީރާންގެ ސުޕްރީލް ލީޑަރު، އާޔަތުﷲ ޢަލީ ވެސް މިރޭ ވަނީ ކުށްވެރި ކުރައްވާފައެވެ. އެމަނިކުފާނު ވަނީ ފަލަސްތީނުގެ ބިންތަކުގައި ހަތިޔާރާއެކު އިސްރާއިލް އާއި ކުރިމަތިލުމަށް ގޮވާލާފައެވެ. އަދި މުސްލިމް ޤައުމުތަކުން ފަލަސްތީނާއި އެކު ތެދުވުމަށްވެސް އާޔަތުﷲ ގޮވާލެއްވިއެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ވެރިން ފަހަތުގައި ތިބެގެން މުސްލިމުންނަށް ނުރައްކާ ކުރިމަތިކުރަމުންދާތާ މިހާރު 14 ވަރަކަށް އަހަރުވީ އެވެ. މި މުއްދަތުގައި ފަލަސްތީނުގެ ބިމުން ބޮޑުބައެއް ފޭރިގަނެ އިސްރާއިލް ސިފައިން މެދުވެރިކޮށް ޔަހޫދީ ވެރިން އަންނަނީ ފަލަސްތީނުގެ ބިމުގައި ބޮޑެތި ލޭއޮހޮރުވުންތައް ހިންގަމުންނެވެ. މި ޖަރީމާތަކުގައި މިހާތަނަށް ގިނަ ޢަދަދެއްގެ މުސްލިމުން ޝަހީދުކޮށްފައި ވެއެވެ.

އިސްރާއިލް ސިފައިން ކޮންމެ ރަމަޟާން މަހަކާއި ދިމާކޮށްވެސް ފަލަސްތީނަށް ޙަމަލާ ދިނުމަކީ ޢާންމު ކަމެކެވެ. އަދި މުސްލިމުން ފާހަގަކުރާ ޢީދުތަކާއި އެނޫންވެސް އެފަދަ ބޮޑެތި ދުވަސްތަކާއި ދިމާކޮށް މުސްލިމުންގެ ލޭއޮހޮރުވުމަކީ ޔަހޫދީން ސިލްސިލާކޮށް ހިންގަމުންދާ ޖަރީމާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    izreylu kaafarunnah huri hithaama ehge bodu kamaa eve

    14
    2
  2. ކިޔުންތެރިއެއް

    ބަޑި ނަގައިގެން ތިބި ބަޔަކާއި ގާ ހިފައިގެން ކުރިމަތިލުން ރަނގަޅެއްނޫން ބާރު ނެތްނަމަ މިސްކިތް ދޫކޮށްދިޔުން ރަނގަޅު

    7
    42
    • ާމަވެސް މީ ކިޔުންތެރިއެއް

      ބަޑި ހިފައިގެން އައިސް ހަމަލާ ދޭއިރު އަޅާ ނުލާތިބުން ތޯ ނުވަތަ ފިލުންތޯ ބުއްދިވެރީ؟ ނޫނީ އިސްލާމް ދީނާއި ޖާނާ މާލަށް ޓަކައި އަމިއްލަ ދިފާޢުގައި އަތުގަ ހުރި އެއްޗެއްބޭނުން ކޮށްގެން މަސައްކަތް ކުރުންތޯ ރަނގަޅީ

      22
      2
    • އަހުސަން

      ހަމާސް ޖަމާޢަތުގައި އިސްރާއީލައް ވަރަށް ނުރައްކާކޮށްލުމުގެ ފެންވަރު އެބަހުރި..ރޮކެޓް ތަކުން

      7
      2
  3. ހަސަނާ

    އިސްލާމްދީނުގެ އަދުއްވުން ގެ އަމަލުތައްހުންނަގޮތައް ދިވެހިފަސްގަޑުގަވެސް ބައެއްފަހަރު އަމަލުތައް އެބަކުރެވޭ ކަމީ ހިތާމަހުރިކަމެއް...

    21
    3
    • Anonymous

      ދިވެހި ފުލުހުން ތަމްރީނު ވަނީ ހައްދުފަހަނަ އެޅި ޔަހޫދީން ކައިރިން.

      11
      1
  4. ޙައުލާ

    ޔޫ.އޭ.އީ، ސައޫދީ އަރަބިއްޔާ އަކީ ފައިސާގެ ދަހިވެތިކަމުގައި އިޒްރޭލާ ގުޅިގެންއުޅޭ ބައެއް. ޔަހޫދީންމަކީ ބޮޑާ ކިބުތުވެރި އަނިޔާވެރި ހައިވާނުންތަކެއް. ނިކަމެތި ބަލިވުމަކުން ޔަހޫދީންނާއި އެމީހުންގެ ބައިވެރިން ބަލިވާނެ. ތި ނުބައި އަރަބި ގައުމުތައް ފުނޑިގެންދާނެ.

    12
    2
  5. ޢާދަ

    ކޮންމެ ރޯދަމަހަކުވެސް ކުރަކަމެއް ތިއީ. މާތްވެގެންވާ ޑިމޮކުރަސީ އާ ހިއުމަންރައިޓްސް ވެގަނެގެންއުޅޭ އދ އާ އެހެން ގައުމުތަކުން އެއްކަމެއްވެސް ނުކުރާނޭ. ދެން ނިރުބަވެރިން ގިނަވޭ.

    14
    1
  6. އަހްމަދު

    އަދި މިތަންކޮޅުވެސް އިތުރުކޮށްލަންފެނޭ. އަދި އިސްރާއީލުން އިސްލާމީ ބައެއްގައުމުތަކާ ގުޅި އެގައުމުތަކުގެ ތާއީދާއެކު ފިލަސްތީނު މީހުނަށް ހަމަލާދެމުންދަނީ.

    11
    1
  7. މާހިރު

    އެލެކްސް އެ ވިދާޅުވާ ކުޑަ ކުޑަ އޮށެއްގެ ސިއްރުން ފެޅިބޮޑުބިޔަ މުސީބާތް މުސްލިމުންގެ އެންމެ މުގައްދަސް 3 ވަނަ ޙަރާމް ފުޑާލަނީ އެ ވެސް ޕާޓީގެ ޖަގަހަނަމަ ވަގުތުން ތެދުވާނެ

  8. ފަޅޯ މިލްކުޝޭކު

    الله اكبر