100 ފޫޓުގެ ދިގު ޗައިނާގެ ރޮކެޓެއް އެނބުރި ދުނިޔޭގެ އެޓްމޯސްފެއާއާއި ދިމާލަށް އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. މި ރޮކެޓު ދުނިޔެއަށް ވެއްޓޭނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު ހެނދުނު 10 އަކުންް ފެށިގެން އާދިއްތަ ދުވަހު ހެނދުނު 11 އާއި ދެމެދުގެ ވަގުތެއްގައެވެ.

ރޮކެޓު ވެއްޓޭނީ ދުނިޔޭގެ ކޮން ހިސާބަކަށް ކަމެއް ލަފާކުރަން ނޭނގޭ ކަމަށް ތަޖުރިބާކާރުން ބުނަމުންދެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ބުނެފައިވަނީ ރޮކެޓުގެ ކަންތައްތައް ވަރަށް ކައިރިން ބަލައި މޮނިޓާ ކުރަމުންދާ ކަމަށާއި، އުންމީދަކީ މީހުން ނޫޅޭ ސަރަހައްދަކަށް ނުވަތަ ކަނޑަށް ރޮކެޓު ވެއްޓުން ކަމަށެވެ.

ޗައިނާއިން މާރޗް 5ބީ ލޯންޗް ކޮށްފައިވަނީ އެޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އޯބިޓަށް މި ރޮކެޓު ފޮނުވާލައިފައިވަނީ ޗައިނާ ސްޕޭސް ސްޓޭޝަނަަށް ފޮނުވުމަށެވެ. ޗައިނާއިން މި ރޮކެޓު ފޮނުވާލި ފަހުން އޭގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. މާނަ އަކީ ދުނިޔެއަށް މި ރޮކެޓު ވެއްޓެން އަންނަ އިރު އެއްވެސް ކޮންޓްރޯލެއް ނުހުންނާނެ ކަމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ިބޯކިބާ

    ތިޔައީ އާކަމެއްނޫން، އެމެރިކާއިން ފޮނުވާ ރޮކެޓުވެސް ހަމަ ތިހެން ވެއްޓެނީ، ވެއްޓޭއިރު އެވާހަކަ އޮންނަނީ ވަރަށް މޮޅުކަމަކަށް ހަދައިގެން ހުދުމީހުންގެ ނޫސްތަކުން ޕުރޮޕެގެންޑާ ފަތުރާފަ، ޗައިނާވީމަ ވަރަށް ނުރައްކާ ބައެއްކަމަށް މީހުންގެ ބޮލަށް ވައްދަން ހުދުމީިހުންގެ ޕުރޮޕެގެންޑާ ނޫސްތަކުގަ އިރުއިރުކޮޅާ ތިވާހަކަ ޖަހަނީ.

    33
    5
    • ވަޓް؟

      ކީއްކުރާނީ. ޖައިނާ މީހުން ކަޅުވީމަ އެމީހުންނަށް ދޮން މީހުން ކުރާ ނަފުރަތު ކުރާނެ.

  2. އައްމު2002

    ތިރޮކެޓް މިއަދު (9 މެއި)ހެދުނު 7:24 ގައި ދ. ކުޑަހުވަދޫ ކަރިއަށްވަނީ ވެއްޓިފައި

    1
    1