ކޮވިޑް-19 ޖެހިގެން 11 ގައުމަކުން މިއަދު މިހާތަނަށް ގިނަ ބަޔަކު މަރުވެއްޖެއެވެ.

ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ބައިނަލްއަޤުވާމީ އިދާރާއަކުން ނެރެފައިވާ މައުލޫމާތަށް ބަލާއިރު، މިއަދު މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ 15 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ މެކްސިކޯއިންނެވެ. އެގައުމުން މިއަދު މިހާތަނަށް 484 މީހަކު ވަނީ މަރުވެފައެވެ.

އަދި ޕޮލޭންޑުން 421 މީހަކު މަރުވެފައިވާއިރު، ރަޝިއާއިން 370، އިރާނުން 283، ޔޫކްރޭނުން 370، އިންޑޮނޭޝިއާއިން 179، ރޮމޭނިއާއިން 104، ހަންގޭރީއިން 101، ޖަޕާނުން 113، ފިލިޕިންސްއިން 170 އަދި ޕާކިސްތާނުން 120 މީހަކު މިއަދު މިހާތަނަށް ވަނީ މަރުވެފައެވެ.

މެކްސިކޯއަށް ބަލާއިރު، އެގައުމުން މިހާތަނަށް މި ބަލި ޖެހިގެން 218,657 މީހަކު ވަނީ މަރުވެފައެވެ. އަދި ޕޮލޭންޑުން މިހާތަނަށް 69,866 މީހަކު މަރުވެފައިވާއިރު، ބަލީގެ ނުރައްކާ ބޮޑު ރަޝިއާއިން 112,992 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

ޔޫކްރޭނުން މިހާތަނަށް މި ބަލި ޖެހިގެން މަރުވެފައިވަނީ 46,200 މީހެކެވެ. އިންޑޮނޭޝިއާއަށް ބަލާއިރު، 46,842 މީހަކު މަރުވެފައިވާއިރު، ރޮމޭނިއާއިން 28,903 މީހަކު، ހަންގޭރީއިން 28,504 މީހަކު، ޖަޕާނުން 10,702 މީހަކު، ފިލިޕިންސްއިން 18,269 މީހަކު އަދި ޕާކިސްތާނުން 18,797 މީހަކު މިހާތަނަށް ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މިއަދުގެ މިހާތަނަށް 11 ގައުމަކުން ގިނަ ބަޔަކު މަރުވެފައިވާއިރު، އެދުވަހަކަށް މަރުވާ މީހުންގެ އަދަދު ބަލާ ވަގުތާއި ހަމައަށް މި އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތަކުން ދައްކައެވެ.

މި ގައުމުތަކުން މަރުވި މީހުންނާއި އެކީ މިއަދު މިހާތަނަށް ބަލި ފެތުރިފައިވާ 220 ގައުމަކާއި ސަރަހައްދަތަކުން މަރުވި މީހުންގެ އަދަދު ވަނީ 3،239 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްޑާ

    އިންޑިއާ އިން މަރެއްނުވޭދޯ ބޯޑަރު ބަންދު ނުކުރަން ވެގެން އިންޑިއާ ނަން ނުޖަހަން
    އޯޑަރެއް ލިބުނީތޯ

    11