އަފްޣާނިސްތާނުގެ ވެރި ރަށް ކާބުލްގައި ހުރި ޝިއާ މީހުންގެ ސުކޫލެއް ކައިރިއަށް ބޮމުގެ ހަމަލާއެއްދީފިއެވެ. މި ހަމަލާގައި 55 ކުދިން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ހަމަލާގައި 150 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބި ފަރުވާދެމުން ދާކަމަށް މައުލޫމާތު ދީފައިވެއެވެ.

އިއްޔެ ހަވީރު ދިން ބޮމުގެ ހަމަލާގައި އަނިޔާވި ކުދިންގެ ތެރެއިން އަށް ކުދިންނަކީ ކްލާސްތައް ނިންމާފައި ގެއަށް ދާން ދިޔަ ކުދިން ކަމަށް މަންޒަރު ދުށް މީހަކު ރޮއިޓާސްއަށް މައުލޫމާތު ދީފައިވެއެވެ. އަނިޔާ ލިބިފައިވާ ސުކޫލު ދަރިވަރުންނަކީ އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިން ކަމަށް ލަފާކޮށްފައިވެއެވެ.

ބައެއް މީހުންގެ އާއިލާތަކުން އެމީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެެވެ.

އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފައިބާކަން އިއުލާން ކުރުމާއެކު ގައުމު އޮތީ އެލާޓަށް ގެނެސްފައެވެ. އަފްޣާނުގެ އޮފިޝަލުން ބުނަނީ އެމެރިކާ ސިފައިން އެގައުމުން ފޭބުމާއެކު ތާލިބާނުން ހަމަލާ ބަދަލުކުރަން ފެށީ ކަމަށެވެ. މި ހަމަލާގައި އެއްވެސް ބަޔަކު ޒިންމާ ވެފައެެއް ނުވެއެވެ.

އަފްޣާނުގެ ރައީސް އަޝްރަފް ގަނީ ނެރުއްވި ބަޔާނެއްގައި ތުހުމަތު ކޮށްފައިވަނީ ތާލިބާނުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް، ތާލިބާނުން ވަނީ ހަމަލާގެ ތުހުމަތު ދޮގު ކޮށްފައެވެ.

ހަމަލާ ދީފައިވަނީ އިއްޔެ ހަވީރު 5:30 ހާއިރު ކަމަށް ރިޕޯޓުތައް ބުނެއެވެ. ސުކޫލުގައި ކިޔަވައިދެނީ ތިން ދަންފަޅިއަަކަށް ބަހާލައިގެން ކަމަށާއި، އެވަގުތު ސުކޫލަށް 100 އަށް ވުރެ ގިނަ ކުދިން ކިޔަވަން އަންނަ ކަމަށް އަލްޖަޒީރާ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

އަފްޣާނިސްތާނަކީ ނިރުބުވެރި ހަމަލާތައް ދެމުން އަންނަ ޖަމާއަތްތަކުގެ މައި ހަބެވެ. މި ހަމަލާގެ ތުހުމަތު އައިއެސްއައިއެސް ޖަމާއަތަށް ވެސް ކުރެވޭ ކަމަށް އަފްޣާނުގެ ރައީސް ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖެންޑަރ

    ބަޔަކު ގުޅިގެން މަސައްކަތް ނުކޮށްފިނަމަ މި ރީތި އަމާން ރާއްޖެ މިސްރާބު ހިފާފަ ހުރީ މި ދިމާލަށް. ޢިއްެޔެރޭ ހަމަލާދެވުނީ ގައުމުގެ ރައީސަށް ވީއިރު އަހަރުމެން ސެކިއުރިޓީ ކުރަން ބުޅަލާއި ދެކުކުޅު ނެރިގެން އުޅޭ ފަގީރުންގެ ހާލަކީ ކޮބާތޯއެވެ. ޢިސްލާމް ދީނަކީ މައުފިރަތެއް، އަމާންކަމެއް، ނަމަވެސް ކަތިލާގަތުލުކުރުމެއްނޫން.

    5
    1