ގުދުސްގައި އިއްޔެ ވެސް އިސްރާއީލް ސިފައިން، ފަލަސްތީނު މީހުންގެ މައްޗަށް ގަދަވެގަނެ ހަމަނުޖެހުން ހިންގުމުގެ ތެރެއިން ފަލަސްތީނުގެ 90 މީހަކަށް އަނިޔާވެއްޖެއެވެ.

އިއްޔެގެ ހަމަނުޖެހުމުގައި ފަލަސްތީނުގެ 90 މީހަކަށް އަނިޔާވެފައިވާއިރު، މަސްޖިދުލް އަގްސާއަށް އިޒްރާއިލް ސިފައިން ދިން ހަމަލައިގައި 200 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން މައުލޫމާތު ދީފައިވެއެވެ. އަދި އެ ހަމަލައިގައި އިޒްރާއިލް ސިފައިންގެ 17 މީހަކަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެެއެވެ.

އިސްރާއީލް ސިފައިންނާއި ފަލަސްތީނުގެ ރައްޔިތުން ކުރިމަތި ލުމަކަށް ގޮސްފައިވަނީ ގަދީމީ ސަހަރުގައެވެ. ރިއޮޓް ގިޔަރުގައި ތިބި އިސްރާއީލް ސިފައިން ސްޓަން ގްރެނޭޑާއި އެކު ފަލަސްތީނު ޒުވާނުންނާއި ދެކޮޅަށް ވަނީ ފެން ޖަހާފައެވެ. ހަމަލާ ބަދަލު ކުރުމުގެ ގޮތުން ފަލަސްތީނު ޒުވާނުން ވަނީ އިސްރާއީލް ސިފައިންނާއި ދިމާލަށް ގާ އުކާފައެވެ. އިސްރާއީލުން މައުލޫމާތު ދީފައިވާގޮތުން މި ހަމަލައިގައި އިސްރާއީލްެގެ ސިފައިންގެ މީހަކަށް އަނިޔާވެފައިވެއެވެ.

އަނެއްކާ ވެސް އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް އިތުރުވެފައިވަނީ އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގައި ދިރިއުޅެމުންދިޔަ ފަލަސްތީނުގެ އާއިލާތަށް އެމީހުންގެ ގެދޮރުން ނެރެ އެތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަފާނެ ކަމުގެ ބިރު ފަލަސްތީނު ރައްޔިތުންނަށް ހީވެ އެކަމާއި ދެކޮޅަށް މުޒާހަރާ ކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ގަދަވެގަނެ އެތައް ބަޔަކު އެމީހުންގެ ގެދޮރުން ނެރެފައިވާ މައްސަލަ ވަނީ ކޯޓަށް ވައްދާފައެވެ. މިކަހަލަ މައްސަލަ ތަކުގައި ވެސް ފަލަސްތީނު ރައްޔިތުންނަށް އިންސާފު ނުލިބި އެމީހުންގެ ހައްގުތައް އިސްރާއީލުން ވަނީ ފޭރިގަނެފައެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައަހުމަދު

    ޔާﷲ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރުދެއްވާނދޭ. އާމީން

    46
  2. Anonymous

    ޅޮލް

    2
    3
  3. އެޖެންޑާ2021

    ތި އިސްރާއީލާ މުސްލިމުޤައުމަކުން ގުޅުންބަހައްޓަންޖެހޭނެ އެއްވެސް ސަބަބެއްނޯންނާނެ. އެމީހުންނެކޭ ޓްރޭނިނގް ދީފަތިބި ކުއްތާ ތަކެކޭތަފާތެއްއެބައޮތްތަ؟ﷲރެހެޔޮރަޙްމަތުން އެނުބައި ޔަހޫދީންތައް ނެތިކޮއްފާންދޭވެ. މާތްﷲ މުސްލިމުންނަށް ކެތްތެރިކަން ދެއްވާ އެބައިމީހުންގެމައްޗަ ނަޞްރު
    ދެއްވާ ގަދަކަންދެއްވާނދޭވެ. އާމީން