ޗައިނާ އިން ޖައްވަށް ފޮނުވާލިތަނުން ކޮންޓްރޯލު ގެއްލުނު ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓޭ މަންޒަރު ދައްކުވައިދޭ ކަމަށް ބުނާ ވީޑިއޯ އެއް މީސްމީޑީއާގައި ދައުރުވާން ފަށައިފިއެވެ.
ޗައިނާގެ ޖައްވީ އިދާރާއިން ބުނެފައިވަނީ "ލޯންގް މާޗް 5-ބީ" ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެއާއި އެކީ މީސްމީޑިއާގައި ގިނަ ބަޔަކު އޭގެ ފޮޓޯއާއި ވީޑިއޯ ބޭނުންވާ ކަމަށް ބުނެފައެވެ.
އެގޮތުން ޔޫޓިއުބުގައި "ގްލޯބަލް އަޕްޑޭޓްސް އެންޑް ޓެކްނޮލޮޖީ" އިން ހިއްސާ ކޮށްފައިވާ ވީޑީއޯއަކުން ފެނިގެން ދަނީ ބާރު ސްޕީޑުގައި އައި ރޮކެޓު ވަކި ހިސާބަކުން ގޮވައި އޭގެ ބައިތައް މޫދަށް ވެއްޓޭ މަންޒަރެވެ. މި ވީޑިއޯގައި ދިވެއްސަކު ވާހަކަ ދައްކާފައި ނުވާތީ އެއީ ރާއްޖޭގެ މަންޒަރެއް ކަމެއް ނުވަތަ ބޭރުގެ މަންޒަރެއް ކަމެއް ޔަގީނެއް ނުވެއެވެ.
މިވީޑިއޯ ޔޫޓިއުބަށް ލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. އަދި ވީޑިއޯ ލާފައިވާ މީހުން ވަނީ އެއީ ޗައިނާގެ ރޮކެޓް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓޭ މަންޒަރު ދައްކުވައިދޭ ފަހުގެ ވީޑީއޯ ކަމަށް ބުނެފައެވެ.
https://youtu.be/aL7ok7XhKdQ
ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި "ލޯންގް މާޗް 5-ބީ" ރޮކެޓް ވެއްޓިފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ "72.47E/2.65N" އަށެވެ.
މިރޮކެޓު ވެއްޓުމާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ކޯސްޓްގާޑުގެ ސެންޓްރަލް އޭރިއާގެ ސިފައިން އެކަން ބަލަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އަދި އެކަމާއި ބެހޭ ގޮތުން މީޑިއާއަކަށް މައުލޫމާތެއް ދެއްވާފައެއް ނުވެއެވެ.
ދިގުމިނުގައި 108 ފޫޓް އަދި ބަރުމިނުގައި 20 ޓަނު ހުރި ރޮކެޓް ޖައްވަށް އުދުއްސާލީ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް އޯބިޓްގެ ތެރެއަށް ރޮކެޓް ދިޔަ ފަހުން ރޮކެޓްގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. އަދި ބިމަށް ދަމާ ބާރުގެ ސަބަބުން ރޮކެޓްގެ މިސްރާބު ދުނިޔެއަށް އަމާޒުވެ ވެއްޓުނީއެވެ.
ރޮކެޓް އެނބުރި ދުނިޔެއަށް ވެއްޓުނުއިރު ވަނީ ވަރަށް ބޮޑަށް ހަލާކުވެ، ކުދިކުދި ވެފައެވެ. ވެއްޓިފައި ވަނީ ރޮކެޓްގެ ކިހައި މިންވަރެއް ކަމެއް އަދި ޗައިނާ އިން ހާމައެއް ނުކުރެއެވެ.
ތި ވީޑިއޯ މަ ބެލިން މީގެ ތިން އަހަރުކުރިން!
ވެއްޓިގެން އުޅެނީ ކުޑަހުވަދޫ ކައި ރިޔަށް
ރޯބުހުތާނު ދޮގު، ތިޔާ އެއްޗެއް ވެއްޓިގެން އުޅެނީ ފ.ނިލަންދޫގެ 40 ކިލޯމީޓަރު ހުޅަނގަށް މާކަނޑަށް ހެނދުނު 7:45 ގަ. މިއަދު ރާއްޖެމަތީ ވިލާކޮޅެއް ހިސާބުވެސް ނެތް.
ކޮބާ ޓުއަރިޒަމް މިނިސްޓަރު
ކުޑަހުވަދޫ އާއި ދިމާލަށް 25 މޭލުބޭރަށް
ފޭކް
ބޮޑު ފޭކެއް.
ތީ 3 އަހަރު ކުރީގެ ކަމެއް،
މޮޔަ ނުގޮވާ ރޯދަ މަހު
އިންޑިއާގެ އެއްޗެއް ރާއްޖެއަށް ނުވެއްޓުނުކަން ނަސީބު އެހެންނަމަ ކޮމެންޓުތައް ބަރިބަރިއަށް އަރައިގެންދާނެ
ތިޔަ ވީޑިއޯގެ ސްކްރީނުގެ ތިރިން އެފެންނަނީ ޖީޕީއެސް ޕޮޒިޝަން. އެއީ 38 ޑިގްރީ ސައުތު އަދި 145 ޑިގްރީ އީސްޓް.
އެކަ މަކު ރާއްޖެ އޮންނަނީ 073 ޑިގްރީ އާއި 075 ޑިގްރީ އީސްޓް ގައި. ލަންކާ އޮންނަނީ 80 ޑިގްރީ އީސްޓް ގައި. އެހެންވީ މާ 145 ޑިގްރީ އީސްޓް ވަނީ ވަނީ އިންޑޮނޭޝިއާގެ ޖަކާޓާއަށް ވުރެންވެސް އިރު މަތީގައި.