އިންޑިއާގައޮ ފެތުރެމުން އަންނަ ކޮވިޑް-19އިގެ ވޭރިއަންޓަކީ މުޅި ދުނިޔެއަށް އޮތް ބިރެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

ޑަބްލިއުއެޗްއޯގެ އެންމެ އިސް ސައިންސްވެރިޔާ ސޯމިޔާ ސުމަވިންތަން ވިދާޅުވީ، އިންޑިއާގައި ފެތުރެމުން އަންނަ ކޮވިޑް-19 ވޭރިއަންޓަކީ ފަސޭހައިން ގައިންގަޔަށް އަރާ ވައްތަރެއް ކަމަށާއި، އިންޑިއާގެ ހާލަތު މިހާ ގޯސްވެފައި ވަނީ އެ ގައުމުން ފިޔަވަޅުތައް އެޅުމުގައި ފަރުވާކުޑަކޮށްލާފައި ވާތީ ކަމަށެވެ.

ފާއިތުވި މުއްދަތުގެ ތެރޭގައި އިންޑިއާގައި ބޮޑެތި އެއްވުންތައް ބޭއްވުމަކީ ބަލި ފެތުރުނު މައިގަނޑު ސަބަބު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އަދި އިންޑިއާގައި ފެތުރެމުން އަންނަނީ ކޮވިޑުގެ އެންމެ ނުރައްކާތެރި ވައްތަރުކަމަށް ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް އެމެރިކާ ފަދަ އެހެން ބޮޑެތި ގައުމުތަކުން ވަނީ އެގައުމުން ފެތުރެމުން އަންނަނީ ނުރައްކާތެރި ވައްތަރެއްކަމަށް ކަނޑައަޅާފައެވެ.

އިންޑިއާއިން ދުވާލެއްގެ މައްޗަށް އެތައް ލައްކަ މީހުން މި ބައްޔަށް ފައްސިވަމުން އަންނަ އިރު އެގައުމުގެ ހޮސްޕިޓަލްތައް ފުރި ސިއްހީ ނިޒާމް ވަރަށް ބޮޑަށް ވަނީ ބަލިކަށިވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމުއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފައިވަނީ އިންޑިއާއިން ފެނިފައިވާ ބީ1.617 ވޭރިއެންޓު 17 އަށް ވުރެ ގިނަ ގައުމުން ދެނެގަނެވިފައިވާ ކަމަށެވެ.

އިންޑިއާއިން އެންމެ ފުރަތަމަ މިދިޔަ އޮކްޓޯބަރު މަހު ބީ1.617 ވޭރިއެންޓު ދެނެގަނެވިފައިވާއިރު، ސައިންސްވެރިން ބުނެފައިވަނީ މި ވޭރިއެންޓަކީ ނުރައްކާތެރި ވޭރިއެންޓެއް ކަމާއި، މިވައްތަރާއި ދެކޮޅަށް ވެކްސިނުން ރައްކާތެރި ކޮށްދޭ މިންވަރު ކުޑަ ކަމަށެވެ. ނަމަވެސް އިންޑިއާ ސަރުކާރުން އާވެރިންޓާއި ގުޅޭ ތަފްސީލް މައުލޫމާތު ހާމަނުކުރާ ކަމަށް ބުނެ ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދކވެގިރާގރ6

    ތިވޭރިއަންޓާއި ގުޅިގެން ދިވެހިރާއްޖެއަށް ބިރުގަތުމުގެ ހުއްދަ އަދި އިންޑިއާއިން ނުދޭ. އެހެންވީމަ ހުއްދަ ލިބުނުހާ އަވަހަކަށް އިންޑިޔާ ވައިރަސް އައުން މަނާކުރުމަށް ވިސްނާނެ ވާހަކަ ޑަބްލިޔުއެޗުއޯ އަށް ދަންނަވަން.

    އިންޑިއާގެ ހާދިމަތުކުމް
    މައިމޫނާ

  2. އަސްލު...

    ކޮވިޑް 19 ގެ އަޞްލު އުފަންވެ މުޅި ދުނިޔެއަށް ފެތުރުނީ ޗައިނާ އިންނެވެ. އިންޑިއާ އަށް ވެސް، ކޮވިޑް ފެތުރުނީ ޗައިނާ އިންނެވެ. ފަސޭހައިން ގައިންގަޔަށް އަރާ ކޮންމެ ބައްޔަ ކީ ވެސް ބަވަނަ ވެފައިވާ މުޅިދުނިޔެ އަށް، އޮތް ބިރެ ކެވެ. ދުޢާ އަ ކީ ﷲގެ ރަޙްމަތްފުޅުން މުޅި ދުނިޔޭގައި ކޮވިޑް ބަލި ތަޙަންމަލް ކުރަމުންދާ އެންމެންނަށް ޝިފާ ދެއްވަވައި، ދުނިޔެއިން ކޮވިޑް ނެތި ކުރެއްވެވުމެވެ! އާމީން