ޗައިނާގެ ސައިންސްވެރިންނާއި އެގައުމުގެ ޕަބްލިކް ހެލްތް އޮފިޝަލުން ކޮރޯނާވައިރަސް އުފެއްދުމާއި އެ ވައިރަސް މުޖުތަމައުގެ ތެރެއަށް ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާކޮށް 2015 ވަނަ އަހަރު ތައްޔާރު ކޮށްފައިވާ ލިޔުންތަކެއް ވީކެންޑް އޮސްޓްރޭލިއަން ނޫހުން ލީކް ކޮށްލައިފިއެވެ.

އެ ލިޔުންތަކުގައި ވައިރަހާ ގުޅޭ މައުލޫމާތު ހިމަނާފައިވާ އިރު ގައުމުތަކުގެ މެދުގައި ތިންވަނަ ހަނގުރާމަ އަކަށް ދާނީ ބަޔޮލޮޖިކަލް ހަތިޔާރު ބޭނުން ކޮށްގެން ކަމަށް ބުނެފައިވެއެވެ. މީގެ ފަސް އަހަރު ކުރިން ތައްޔާރު ކޮށްފައިވާ މި ލިޔުންތަކުގައި ކޮރޯނާވައިރަސް ސިފަކޮށް ބަޔާންކޮށްދީފައިވަނީ ޒަމާނީ ވަރުގަދަ ހަތިޔާރެއްގެ ގޮތަށެވެ. އެއީ މީގެ ކުރިން ފެނިފައިނުވާހާ ވަރުގަދަކޮށް އިންސާނުންނަށް ހަމަލާދެވޭނެ ވައިރަހެއް ކަމަށް ބުނެފައިވެއެވެ.

އޮސްޓްރޭލިއަން ސްޓްރެޓެޖިކް ޕޮލިސީ އިންސްޓިޓިއުޓް (އޭއެސްޕީއައި)ގެ ޑިރެކްޓަރު ޕީޓާ ޖެނިންސް، އޭޔޫ ނޫހަށް ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ އެ ލިޔުންތަކުން ޗައިނާ ސައިންސްވެރިން ކޮރޯނާވައިރަސް އުފެއްދުމާއި، އެ ކޮންޓްރޯލް ކުރާނެ ގޮތާ މެދު މަޝްވަރާ ކޮށްފައިހުރިކަން ހާމަވެގެން ދާ ކަމަށެވެ. ތައްޔާރީތައް ރަނގަޅަށް ނުވަނިސް އަސްކަރީ ބޭނުމަކަށް ވައިރަސް ލީކް ކޮށްލީ ކަމަށް އޭގައި ބުނެފައިވެއެވެ. ޕީޓާ ބުނެފައިވަނީ ކޮވިޑް އުފެދުނު ގޮތާ ގުޅޭ ތަހުގީގަށް ޗައިނާގެ މާ ބޮޑު އެއްބާރުލުމެއް ނުލިބުނު ސަބަބު އެ ލިޔުންތަކުން ހާމަވެގެންދާ ކަމަށެވެ.

މި ލިޔުން ތައްޔާރު ކުރުމުގައި 18 މީހެއްގެ ބައިވެރިވުން ހިމެނިގެން ދާއިރު އޭގެ ތެރޭގައި ޗައިނާގެ އަސްކަރީ އިސް މީހުންނާއި، ސައިންސްވެރިން އަދި ހަތިޔާރުތަކާއި ގުޅޭ ތަޖުރިބާކާރުން ހިމެނެއެވެ.

ސައިބާ ސެކިއުރިޓީ ދާއިރާއިން ހާއްސަ ރޮބާޓް ޕޯޓާ ލީކްވި ލިޔުންތައް ބަލައި ދިރާސާ ކުރުމަށް ފަހު އެއީ ދޮގު މައުލޫމާތު ނޫންކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހު ކޮރޯނާވައިރަސް ފެނުމާއެކު އެއަށް ދިން ސައިންޓިފިކް ނަމަކަށް ވެފައިވަނީ އެސްއޭއާރް-ކޯވް-2 އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ޗައިނާ ސައިންސްވެރިން ތައްޔާރު ކުރަމުން އައި ބިއޯ ހަތިޔާރަށް ދީފައިވާ ނަމަކީ އެސްއޭއާރްއެވެ. ކޮރޯނާވައިރަހުގެ އެތައް ވައްތަރެއް މިހާރު ފެންނަން ފަށާފައިވާއިރު، އެއިން ކޮންމެ ވައްތަރަކީ ވެސް ނޭވާލާ ނިޒާމުގެ ބަލިތަކަށް މަގުފަހިކުރާ ވައްތަރު ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޯކިބާ

    ދޮގު ބުހުތާނު ޕުރޮޕެގެންޑާ. ޗައިނާއާއި ގުޅޭގޮތުން މީހުން ހިތަށް ނެގެޓިވް ވިސްނުންތައް ވައްދަން ކޮންމެދުވަހަކު މިކަހަލަ ދޮގު ހަބަރު ފަތުރަން އެމެރިކާއިން 300 މިލިއަން ޑޮލަރު ބަޖެޓުކޮށްފަ އެބައޮތް މިއަހަރު.

    57
    11
    • ފިހުނު ބޯކިބާ

      ތީ ޗައިނާ ބޮޓެއް.

      15
      29
    • ހައްބަ

      އިންޑިޔާއޭ ބުނިނަމަ އެއީ ތެދެއްދެއްތޯ؟ ޒާތީ ވާންވެސް ހައްދެއް އޮންނަންވާނެ.

      13
      5
  2. އިގްތިސޯދު ދުވެލި

    ދެން ކީއްވެ އެންމެ ފުރަތަމަ ޗައިނާގައި މިވައިރަސް ފެތުރެން ފެށީ؟ އެމީހުން އަމިއްލައަށް ބޮޑު މުސީބާތަކަށް ހުށަހެޅެން ވެގެންތަ؟

    45
    8
    • ޢަހަންމާ

      ޢޭގެން ރައްކާތެރިވާނެ ގޮތެއް ހޯދާފަތާ ދޫކޮށްލާނީ

      1
      5
  3. އިގްތިސޯދީ ދުވެލި

    އެމެރިކާއިން ތަހުގީގެއް ނުކޮށް ވަގުތުން ޗައިނާ ބޮލުގަ އިލްޒާމު އެޅުވީ ކީއްވެބާ؟؟

    39
    3
  4. ފައީނ

    ޗައިނާއޭ ކިޔައިގެން އޮސްޓުރޭލިޔާއިން ދައްކާ އެއްވެއްސް ވާހަކައެއް ގަބޫލުކުރެވޭކަށެއް ނެތް.. އޮސްޓުރޭލިޔާއޮތީ ޗައިނާ ދެކެ ވަރައް ރުޅިއައިސްފަ. އެއީ ޗައިނާއިން އޮސްޓުރޭލިޔާގެ ބޮޑު އަދަދެއްގެ އިމްޕޯޓުސް ހުއްޓުވުމުން އޮސްޓުރޭލިޔާގެ އިގްތިސޯދު ހަލާކުވެނެތެމުންދާތީއެވެ.

    46
    3