ފަލަސްތީނުގެ ވެރިރަށް ގުދުސްގައި ހިނގާދިޔަ ހަމަނުޖެހުމެއްގެ ތެރޭގައި އިސްރާއީލުގެ ފުލުހަކު ފަލަސްތީނުގެ މީހުންގެ ފަރާތުން އެ ގައުމުގެ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.

އިސްރާއީލުގެ އާއްމު ރައްޔިތުންނާއި އެގައުމުގެ ފުލުހުން ފަލަސްތީނުގެ މީހުންގެ މައްޗަށް ގަދަވެގެން ހިންގަމުން އަންނަ ހަމަ ނުޖެހުމުގައި މިހާތަނަށް 300 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ފަލަސްތީނުގެ ރައްޔިތުންނެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެނިގެން ދަނީ އިސްރާއީލުގެ މީހަކު ކާރުން ގޮސް ފަލަސްތީނުގެ މީހެއްގެ ގައިގައި ޖައްސާ މަންޒަރެވެ.

އެ ވީޑިއޯއިން ކާރުގައި ޖެހޭ މީހާ ވިއްސައިގެން ދުރަށްދާ މަންޒަރު ފެނެއެވެ. އަދި އޭގެ ފަހުން ގިނަ ބަޔަކު ކާރު ދުއްވަން ހުރި އިސްރާއީލުގެ މީހާއަށް އަނިޔާ ކުރުމަށް މަސައްކަތް ކުރާ މަންޒަރު ވެސް ފެނިގެން ދެއެވެ.

މިވީޑިއޯއަށް ފަހު ދެން އާންމު ވެފައިވާ ވީޑިއޯއިން ފެނިގެން ދަނީ އިސްރާއީލުގެ ސިފައިންގެ މީހަކު ކާރު ދުއްވަން ހުރި މީހާއަށް ރައްކާތެރިކަން ފޯރުކޮށްދޭ މަންޒަރެވެ.

އެވީޑިއޯގައި ސިފައިންގެ އޮފިސަރު ފަލަސްތީނުގެ ރައްޔިތުންނާއި ދިމާލަށް ބަޑި ދިއްކޮށް، އެމީހުން އިސަރާއީލުގެ މީހާއާއި ދުރުކުރާ މަންޒަރު ފެނިގެން ދެއެވެ. އޭރު ކާރު ދުއްވަން ހުރި މީހާއަށް އެކި ކަހަލަ އަނިޔާތަކެއް ވަނީ ލިބިފައެވެ.

އިސްރާއީލުން ފަލަސްތީނުގެ މައްޗަށް ގަދަވެގަނެ އެތައް ބަޔަކު އެމީހުންގެ ގެދޮރުން ނެރެފައިވާ މައްސަލަ ވަނީ ކޯޓަށް ވައްދާފައެވެ. މިކަހަލަ މައްސަލަ ތަކުގައި ވެސް ފަލަސްތީނު ރައްޔިތުންނަށް އިންސާފު ނުލިބި އެމީހުންގެ ހައްގުތައް އިސްރާއީލުން ވަނީ ފޭރިގަނެފައެެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަމީދު

    ޤުދުސް އަކީ އިސްރާއީލްގެ ވެރިރަށެއްނޫން އެއީ އެމީހުން ގަދަބާރުން ވެރިވެގަނެގެން އުޅޭ ތަނެއް.....

    56
    1
  2. ހަމީ

    ތަޅާ ތަޅާ ރާކިސްގަންނުވާލަންވީ ޔާހޫދީންތައް.

    20
  3. ކޮރަލް

    މިވާހަކަ ތައް އަޕްޑޭޓް ވަނީ ވަގުތުންނެވެ. ދެން ހަބަރެއް ނުވެ އެވެ.

    17
    • ާކިޔާ

      އަސްލުވެސް..ވަގުތު ޓީމަށް މަރްހަބާ..

      11
  4. ބޮސްނިއާ

    މިއީ ވަރަށް ދެރަ ކަމެއް... އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް އަނިޔާކޮއްގެން ނުވާނެ.

    4
    1