އިންޑިއާގައި ކޮވިޑް-19 ބަލީގައި މަރުވާ މީހުންް ކަމަށް ބެލެވޭ ހަށިގަނޑުތަކެއް ބިހާރްގެ ގަންގާ ކޯރު ކައިރިއަށް ލައްގަން ފަށައިފިއެވެ. އެ ސަރަހައްދުން ފެންނަމުންދާ ބައެއް މީހުންގެ ހަށިގަނޑުތައް ހުރީ ކުނިވެފައެވެ. އެ ކޯރު ކައިރިއަށާއި ކޯރު ތެރޭގައި ހާމައަށް ފެންނަން 100 އަށްވުރެ ގިނަ ގަބުރު އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެންޑީޓީވީގެ ރިޕޯޓްތައް ބުނާގޮތުގައި، މި ހަށިގަނޑުތައް ފެނިފައި ވަނީ ޗައުސާ އަވަށުގެ ކޯރުންނެވެ. ފަހުން އެ ހަށިގަނޑުތައް ފެނިފައި ވަނީ އެއްގަމަށް ލައްގާފައި ތިއްބާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެ އަވަށުގައި ދިރިއުޅެމުންދާ އާއްމުންނަށް އެ މައުލޫމާތު އެނގެން ފެށީ ބައެއް މީހުން އެސަރަހައްދަށް ގޮސް އެކަން އަވައްޓެރިންނަށް އެނގުމުންނެވެ. އެ ސަރަހައްދުގެ ކަމާއި ގުޅުން ހުރި މުވައްސަސާތަކުން ބުނީ، އެ ސަރަހަައްދަށް ލައްގާފައިވާ އެ ގަބުރުތަކަކީ އުއްތަރް ޕްރަދޭޝް އިން އެ ސަރަހައްދަށް އައިސްފައިވާ ގަބުރުތަކެއް ކަމަށް ބެލެވޭ ކަމަށާއި، އެއީ ކޮވިޑް ބަލީގައި މަރުވި ބައެއް ކަމަށް ބެކެވޭ ކަމަށެވެ. އަދި އެއީ ބައެއް އާއިލާތަކަށް އެ މީހުން ވަޅުލާނެ ޖާގައެއް އަދި އަންދާލާނެ ތަނެއް ނުލިބިގެން ކޯރަށް އުކާލާފައިވާ މީހުންގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.
"40-45 ވަރަކަށް ގަބުރު ފެނުނު ފެނުން މަތީގައި އޮއްވާ". ބިރުވެރިކަން ވެރިވެފައިވާ އެ ސަރަހައްދުގައި ކޮޅަށް ހުރެ މީޑިއާ ތަކަށް މައުލޫމާތު ދެމުން ޗައުސާ ޑިސްޓްރިކްޓްގެ އޮފިޝަލް އާޝޯކް ކުމާބް ބުނެފައި ވެއެވެ.
އޭނާވެސް ގަބޫލުކުރާގޮތުގައި، އެއީ ކޯރަށް އުކުލާފައުވާ މީހުންގެ ހަށިގަނޑުތަކެވެ.
ބައެއް މީހުން ގުނިއިރު އެތަނުން ފެނުނު ގަބުރުތަކުގެ އަދަދު 100 އަށް އަރައެވެ.
އެ ގަބުރުތައް ފެނުން މަތީގައި ތިބޭތާ މިހާރު 5-7 ދުވަސް ވެެދާނެ، އަހަރުމެން އެބަ ޖެހޭ މިކަން ތަހުގީގުކޮށް، މި ގަބުރުތައް އައީ އުއްތަރްޕްރަދޭޝްގެ ކޮން އަވަށަކުން ކަން ބަލަން". އެހެން އޮފިޝަލަކު ބުނެފައި ވެއެވެ.
މިހާރު އެ ސަރަހައްދުގައި ބައެއް މީހުންނަށް ވަނީ ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާން ޖެހިފައެވެ. އެއީ ފެންނަމުންދާ އެ ހަށިގަނޑުތަކަކީ ބަލި ޖެހިފައިވާ ހަށިގަނޑުތަކަކަށް ވުމުންނެވެ.
"މީހުން އެ ދަނީ ކޮވިޑްގެ ބިރުވެރިކަމާއި ހެދި އެ ވާހަކަތައް ދައްކަމުން އަހަރުމެން ޖެހޭނީ އެ ހަށިގަނޑުތައް ވަޅުލާން".
ރިޕޯޓަރުންނަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ދިިރިއުޅޭ މީހަކު ބުނީ، އެ ތަން ސާފްކޮށް ހަށިގަނޑުތައް ވަޅުލާނަމަ ޑިސްޓްރިކްޓް އެޑްްމިނިސްޓްރޭޝަންގެ ފަރާތުން ފައިސާ ދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.
އިންޑިއާގައި މިހާރު ނުރައްކާ މިންވަރަކަށް ކޮވިޑް ފެތުރެމުންދާއިރު، އެ ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް ވަނީ ނުރައްކާ މިންރަކަށް އިތުރުވާން ފަށާފައެވެ.
އިންޑިއާއިން 2021 އަށް މުސްލިމުން ހުސް ކުރާނަމޭ ބުނި މީހާ ކޮބާތަ
ގެރިމޯދީއަށް އެއްޗެއް ވިސްނޭބާ.
މުސްލިމުން ނަށް ހާދަ ނުބައިކަން ދައްކާފައި ހުރި މީހެކޭ.
އެމީހުން ގައިގަ ބަރުގަލެއް ވިޔަސް ހަރުކޮއްފަ ފައްތާކަށް ނޭނގޭތަ.