އިސްރާއީލް ސިފައިން މުސްލިމުންގެ ތިންވަނަ ހަރަމްފުޅު، މާތްވެގެންވާ މަސްޖިދުލް އަގްސާ އަށް ދިން ހަމަލާއަކީ މުޅި މުސްލިމް އުންމަތަށް ދިން ހަމަލާއެއް ކަމަށް ތުރުކީން ބުނެފިއެވެ.

ތުރުކީން ވަނީ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން އަންނަ ހަމަލާ ކުށްވެރިކޮށްފައެވެ. އެގޮތުން އެ ގައުމުން ވަނީ އިސްރާއީލަކީ ނަސްލީ ތަފާތު ކުރުން ގެންގުޅޭ ބައެއް ކަމަށް ވިދާޅުވެ ދެމުން އަންނަ ނުބައި އަނިޔާވެރި ހަމަލާތައް ހުއްޓާލުމަށް ގޮވާލައިފައެވެ.

ތުރުކީގެ ރައީސް، ރަޖަބް ތޮއްޔިބް އުރުދުޢާން މި ހަމަލާ ކުށްވެރި ކުރައްވައި ވިދާޅުވީ، އިސްރާއީލުން ދެމުން އަންނަ އަނިޔާވެރި ހަމަލާ ހުއްޓާލަން ޖެހޭ ކަމަށާއި އެއީ އިންސާނިއްޔަތަށް ބަލާފައިވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"އިންސާނިއްޔަތު ކަމަށް މި ބުނަނީ، އިސްރާއީލުން ހަމަ ބިމަށް ތިރި ކުރަން ޖެހޭ" އުރުދުޢާން ވިދާޅުވިއެވެ.

މީގެ އިތުރުން މި ހަމަލާއަކީ މުޅި އިސްލާމީ އުއްމަތަށް ދިން ހަމަލާއެއް ކަމަށާއި މުސްލިމުން ހިމާޔަތް ކުރުމަކީ ކޮންމެ މުސްލިމަކު އަދާ ކުރަން ޖެހޭ ވަޒީފާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ 1000 ވަރަކަށް ސިފައިން ވަނީ އަގްސާ މިސްކިތަށް ވަދެ ނަމާދަށް ތިބި މީހުންނަށް ބޮޑެތި އަނިޔާތަކެއް ދީފައެވެ. އެގޮތުން ރަބަރު ވަޒަން ބޭނުން ކޮށްފައިވާ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މި ހާދިސާގައި މިހާތަނަށް 305 މީހަކަށް ވަނީ އަނިޔާ ވެފައެވެ. އޭގެ ތެރެެއިން 228 މީހަކަށް ފަރުވާދެމުން ދަނީ ތިން ހޮސްޕިޓަލެއްގައެވެ.

އަދި ހޮސްޕިޓަލްތަކުގައި ފަރުވާދެންދާ މީހުންގެ ތެރެއިން ހަތް މީހަކަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޔ

    ތުރުކީގެ ރައީސްއަށް އަޅުގަނޑު ސެލިއުޓްކުރަން.

    33
    2
  2. ސިކުނޑި

    ޔާ ﷲ! ނުބައި ނުލަފާ އިސްރާއީލު ގެ އަތްދަށުން ފަލަސްތީން ސަލާމަތް ކޮށްދެއްވާށި! އާމީން

    36
    2
  3. ނާއިފް

    އުރްދުގާން… އަހަރުމެން ބޭނުންވަނީ ކޮމެންޓަރީ އެއް ނޫން. އަހަރުމެން ބޭނުންވަނޭ އަމަލުން މިކަން ހުއްޓުވަން

  4. އުރުދުގާން

    ތުރުކީވެސް މޮޅު ވާހަކައޭ ދައްކަނީ

  5. އަރިއަތޮޅުން އާދަމް

    މިވަރަށް އެއްޗެއް ބުނަން ކެރުނު ލީޑަރަކީ ވެސް ތީ. އެކަ މަށްޓަކާ އެބޭފުޅާޔަށް ސާބަސް ދެން.
    ދެން ތިބި ލީޑަރުންނަކީ އެ މީހުން (ޔަހޫދީންނާ ނަސާރާއިން) ދިން އެއްޗެއް ކައިގެން ދިން އެއްޗެއް ބޮއިގެން އެ މީހުންގެ އެހީޔާ މަދަދުގާރުކަ މުގާ ބަލައިގެން އެ މީހުން ބުނިއްޔާ ބުނިގޮތެއް ހަދައިގެން އުޅޭބަޔަކަށް ވާތީ އެ މީހުންގެ އެހީ ހުއްޓިދާނެތީ އެހެންޏާ އެ މީހުން ނުރުހިދާނެތީ އެއްޗެއް ބުނަން ޖެހިލުންވެފާ ތިބި ލީޑަރުން. އޭގެ ތެރޭގާ ރާއްޖެވެސް ހި މެނޭ.

  6. 😘

    ބޮޑު އުން މައެއް!