އިޒްރާއިލާއި ދެކޮޅަށް ހަނގުރާމަ ކުރުން ހުއްޓާނުލާ ހުރިހާ މުސްލިމް ގައުމަކުން ވެސް އިސްރާއިލާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދިއުމަށް އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ގޮވާލައިފިއެވެ.

އީރާނުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ "ގުދްސް ޑޭ" އާއި ގުޅިގެން ގައުމާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޚާމަނާއީ ވިދާޅުވީ އިސްރާއިލަކީ ގައުމެއް ނޫން ކަމަށާއި، އެއީ މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަ ކުރާ ނިރުބުވެރިންގެ ހާއްޔެއް ކަމަށެވެ. އޭނާ ވިދާޅުވީ މުޅި އިސްލާމީ އުންމަތް ގުޅިގެން އިސްރާއިލާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި، އިސްރާއިލްގެ ވިހަގަދަ ހަމަލާތަކުން މުސްލިމް ގައުމުތައް ސަލާމަތް ކުރުމަށް ހަނގުރާމަ ކުރުމަކީ މުސްލިމް ހުރިހާ ގައުމެއްގެ ޒިންމާއެއް ކަމަށެވެ.

"އިސްރާއިލުގެ ލާއިންސާނީ ވެރިކަމާއި ދެކޮޅަށް ކުރެވޭ ހަނގުރާމަ އަކީ ނިރުބުވެރިންނާއި، އިންސާނިއްޔަތާ ދެކޮޅު އަމަލުތަކާއި، މުސްލިމުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި ދެކޮޅަށް ކުރެވޭ ހަނގުރާމައެއް. އިސްރާއިލުގެ މުސްލިމުންގެ މައްޗައް އެއްވެސް ރަހުމެއް ނެތް ސިޔާސަތުތަކެއްް ގެންގުޅޭ ވެރިކަމާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ ވާޖިބެއް" ޚާމަނާއީ ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދެތިން ދުވަހު އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަނީ އިތުރުވެފައެވެ. ފަލަސްތީންގެ ރައްޔިތުން އެމީހުންގެ ގެދޮރުތަކުން ނެރެ އެތަންތަނުގައި ޔަހޫދީން އާބާދު ކުރުމުގެ މަސައްކަތް އަންނަނީ އިސްރާއިލް ސިފައިން އިސްވެ ކުރަމުންނެވެ.

އިސްރާއީލުން ގަދަބާރުން އަތުލައިގެންފައިވާ އިރުމަތީ ގުދުސްގައި ޔަހޫދީންނަށް ގެދޮރު ބިނާކުރަން ގަވާއިދާއި ހިލާފަށް ހިންގާ ހައުސިން ޕްރޮކެޓްތައް މަޑުޖެހުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ނަތަންޔާހޫ ވަނީ މިހަފްތާގައި ވެސް ބުނެފައެވެ. އިސްރާއިލުން އަންނަނީ ފަލަސްތީނުގެ ރައްޔިތުން ނަމާދަށް ތިއްބައި، އަޤުޞާ މިސްކިތުން ނެރެ، ނަމާދަށް ތިބި މީހުންނަށް ހަމަލާ ވެސް ދީފައެވެ. މި ހަމަލާ ތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ޒަހަމްވެފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހަމް

  ބަރާބަރު ވާހަކައެއް..

  38
  2
 2. އނތ

  ތިކަން ކުރަންކެރޭނެ ވެރިން ނެތީ

  19
 3. ވެރިން

  މަދު އިސްލާމީ ގަ އުމެ އް ނޫނީ ހުރިހާ އިސްލާމީ ގަ އުމުތަ އްވަނީ އއިސްރާ އީލަށް ވާގިވެރިވާ ގަ އުމު ތަކުގެ އަޅުވެތިކަމުގެ ދަށުވެފާ ، އެހެން ވީމަކާ އިރާނުން އިސްރާ އިލާ ދިމާލަށް ެއ އްޗެ އްބުންޏަސް އެހެން ގަ
  އުމަކަށްް ނުކެރޭނެ އެއެ އްޗެ އްބުނާކަށް

  23
 4. ޜ

  ވާހަކަ ގިނަ ނުކޮށް މިސޭލެއް ފޮނުވާލަބަ

 5. މަސް

  އިސްލާމް ދީން ނޭކިޔާއިގެން އުޅެ ގައުމް ގިނައީ އެކަމަކު ވާގިދެނީ އިޒްރައިލްއައް

 6. ހުސްވާހަކަ

  މި އީރާނުމީ ހަމަ އިސްރާއީލްގެ ބޮޑު މައްމަ ، ހުސްވާހަކަ ދައްކާބަޔެއް އެއްމެ ކުޑަ މިނުން ފަލަސްތީނަށް ވި އެހީއެއްވެސް ނެތް

 7. ނުރަބޯ

  ނުޖެހޭ ކުރާކަށް