މިހާރު ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަކީ ހަމާސް ޖަމާޢަތް "މައިތިރި ކުރުމަށް" ދެމުންގެންދާ ހަމަލާތަކެއް ކަމަށާއި އެމަގުޞަދު ހާސިލްވަންދެން ހަމަލާތައް ދިނުން ކުރިއަށް ގެންދާނެ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން ބުނެފިއެވެ.

އިސްރާއީލް ސިފައިން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ މިހާރު އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއީލް ސިފައިންގެ ތަރުޖަމާން ހިދާއީ ޒިލްބާމަން އިސްރާއީލްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތައް މިނެޓް ކޮޅެއްގެ ތެރޭގައި ނިމިގެން ނުދާނެ ކަމަށެވެ. "މިއީ މިނެޓް ކޮޅެއްގެ ތެރޭގައި ނިމިގެން ދާނެ ކަމެއް ނޫން. ހަމާސްގެ އަމާޒުތަކަށް ހަމަލާ ދިނުން ދުވަސްތަކަކަށް ދެމިގެންދާނެ." ހިދާއީ ބުންޏެވެ.

ނަމަވެސް އޭނާ ބުނީ މިހާރު އިސްރާއީލުން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާލުމަށް މަޝްވަރާ ކުރުމަށް މަޝްވަރާގެ މޭޒު ހުރީ ހުޅުވިފައި ކަމަށެވެ. ކޮންމެ ކަމަކާއި ވެސް މަޝްވަރާކޮށް ހައްލުތައް ހޯދިދާނެ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުން އަބަދުވެސް ޣައްޒާއަށް ހަމަލާތައް ދެނީ ހަމާސް ޖަމާއަތުގެ ބާރު ކަނޑުވާލުމަށެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ހަމަލާތައް ބަދަލު ކުރުން ހުއްޓާލަނީ އިސްވެ އިސްރާއީލުންނެވެ. ހަމާސް ޖަމާޢަތަކީ އެއްވެސް ކަމެއްގައި އިސްރާއީލާއި މަޝްވަރާ ކުރަން އެއްވެސް ފަހަރަކު އެއްބަސްވާ ޖަމާޢަތެއް ނޫނެވެ.

އިސްރާއީލުން މިއަދު ޣައްޒާ އިން ދިން ހަމަލާތަކުގައި ވެސް މިހާތަނަށް ވަނީ ނުވަ މީހަކު ޝަހީދުވެފައެވެ. އޭގެތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެއެވެ.

އިސްރާއީލަށް ރައްދު ދިނުމުގެ ގޮތުން ޣައްޒާގެ މުޖާހިދުން ވެސް ގެންދަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ. އޭގެތެރެއިން އެއް ހަމަލާއެއް ކާރަކަށް އަމާޒުވެ އިސްރާއީލްގެ މީހަކު މިހާރު ވަނީ ޒަހަމްވެފައެވެ. ޣައްޒާ އިން ފޮނުވާލާ މިސައިލްތައް ފޯރާ ހިސާބުގައި ދިރިއުޅޭ އިސްރާއީލްގެ މީހުން ގެއިން ބޭރަށް ނުނިކުތުމަށް އިސްރާއީލްގެ ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ.

ފަލަސްތީންގެ މަސްރަހު މިހާރު ހޫނުވެފައި ވަނީ އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި ފަލަސްތީން މީހުންނަށް އިސްރާއީލް ސިފައިން ރަބަރު ވަޒަނުން ހޯމަ ދުވަހު ހަމަލާދީ އެތައް ބަޔަކު ޒަހަމް ކޮށްލުމުންނެވެ. އޭގެ ފަހުން ފަލަސްތީންގެ މީހުން ދަނީ އިސްރާއީލުން 1967 ވަނަ އަހަރު ގުދަސް ހިފުން ފާހަގަ ކުރަން ކޮންމެ އަހަރެއްގެ މެއި 09 އަދި މެއި 10 ގައި ބާއްވާ ހަރަކާތްތަކާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރަދީފް

  ނަތަންޔާހޫއަށް ސަރުކާރެއް އެކުލަވާލަން ލިބުނު 28 ދުވަސްތެރޭގަ އެކަން ނުވެ ފެއިލްވީމަ މުސްލިމުން ގަޔަށް ބޮލަށް އެރުން މިއީ ހިތާމައެއް.ނަތަންޔާހޫ އެއީ ފެއިލްވެފަ ހުރި ބީތާއެއް.ވވެދުން

  24
  2
 2. ޙެހެ

  . ޙަމަލާކިތައްމެ ވަރަކައްވެސް ދެވިދާނެ މިވަގުތު. ޢެކަމު އާލަމްތަކުގެ ވެރިފަރާތުން ތިހުރިހާ އަނިޔާއަކުން މުސްލިމުން ދިފާއު ކުރައްވާނެ ކަމާއިމެދު ސައްކެއް ނެއް

  65
  2
 3. އާދަމުގެދަރި

  ހަމާސް އަކީ އިސްރާއީލުން ކޮންމެ އަހަރަކު ރަމަޟާންމަހު އުދުވާން ހިންގުމަށް ބޭނުންކުރާ ނަމެއް. އިސްރާއީލަށްވެސް އެނގޭނެ އެއީ އެމީހުންނަށް ބޯލަނބާނެ ވާހަކަދައްކާނެ މައިތިރިކުރެވޭނެ ބައެއް ނޫންކަން. ތިގޮތަށް އިސްރާއީލުން ހަމާސްގެ ބާރު ކަނޑުވާލަން ހަމަލާދޭތާ ކިތައް އަހަރުވެއްޖެ. ދުވަހަކުވެސް ނިމުމެއް އައިތަ!

  47
  3
 4. ނުރަބޯ

  ޝުކު ރިއްޔާ އިޒް ރާއިލް!!

  4
  29
  • ރަދީފް

   ނުރަބޯ.ކަލޭގެ ލަދު ކޮބާ؟؟ މުސްލިމުންގެ ބޮލަށް ޔަހޫދީން ބަޑި ޖެހީމަ ކަލޭ ތިދެނީ ހިތްވަރު.ކަލޭގެ ލަދު ކޮބާ؟؟

   11
   2
 5. Anonymous

  މުސްލިމުން ރޯދަ އަށް ތިބޭއިރު ކޮންފަދަ އަނިޔާއެއް މިދެނީ. ޔާﷲ. މުސްލިމުން ނަށް ނަސްރާއި ކާމިޔާބު ދެއްވާ. ހައްދުފަހަނައަޅާފައިވާ މީހުން ބަލިކަށި ކުރައްވާ ނިކަމެތި ކުރައްވާން ދޭވެ އަމީން

  37
  2