ޣައްޒާގެ ނުވަ އަހަރުގެ އަންހެން ކުއްޖަކު އީދަށް ހެދުން ގަނެގެން މަންމަ އާއިއެކު ގެއަށް ދިޔަ މަގުމަތީގައި އިސްރާއީލްގެ ހަމަލާއެއް އަމާޒުވެ އެކުއްޖާ ޝަހީދު ވެއްޖެއެވެ.

ފަލަސްތީންގެ މީޑިއާތަކުން ބުނާ ގޮތުގައި ޣައްޒާގެ އުތުރުގެ ސަރަހައްދަކަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ޝަހީދުވި ނުވަ އަހަރުގެ އަންހެން ކުއްޖާ އަކީ މީގެ ތިން ދުވަސް ފަހުން ފަށާ ފިތުރު އީދަށް އާހެދުމެއް ގަނެގެން ބާޒާރުން މަންމަ އާއި އެކު ގެއަށް ދިޔަ ކުއްޖެކެވެ.

އިސްރާއީލްގެ ހަމަލާތަކުގައި މިއަދު ފަލަސްތީނުން 22 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ނުވަ ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީންގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އިސްރާއީލްގެ ސިފައިން ހުއްޓުމެއްނެތި ޣައްޒާއަށް ވައިގެ މަގުން ދެމުންދާ ހަމަލާތަކުގެ ސަބަބުން 700 އަށްވުރެ ގިނަ މީހުން މިހާރު ވެސް ވަނީ ޒަހަމްވެފައެވެ.

އިސްރާއީލްގެ ހަމަލާތަކާއި ދެކޮޅު ހެދުމުގެ ގޮތުން ފަލަސްތީންގެ މުޖާހިދުން ވެސް ދަނީ އިސްރާއީލަށް ރައްދު ހަމަލާތައް ދެމުންނެވެ. މިހާތަނަށް 200 އަށްވުރެ ގިނަ ރޮކެޓް ޣައްޒާއިން އިސްރާއީލަށް ވަނީ ފޮނުވާލާފައެވެ. ރޮކެޓް ހަމަލާތަކުގައި އަދި މިހާތަނަށް މީހަކު މަރުނުވި ނަމަވެސް ބައެއް މީހުންނަށް އަނިޔާވެ ބައެއް ތަންތަނަށް ގެއްލުންތައް ލިބިފައިވެއެވެ.

އިސްރާއީލުން މިހާރު ޣައްޒާއަށް ދެމުންދާ ހަމަލާތައް ދުވަސްތަކަކަށް ދެމިގެންދާނެ ކަމަށް އިސްރާއީލް ސިފައިންގެ އޮފިޝަލުން ވަނީ ބުނެފައެވެ.

ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ 2014 ވަނަ އަހަރަށް ފަހު އިސްރާއީލުން ޣައްޒާއަށް އެންމެ ވަރުގަދައަށް ހަމަލާތައް ދިން ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮންސީ

    އިސްރާއީލުގެ އަނިޔާވެރިކަމުން ފަލަސްތީނުގެ ރައްޔިތުން ސަލާމަތް ކުރައްވާންދޭވެ.

    101
    1
  2. މކލރށ

    މައްސަލައަމީ ކޮބާ؟ ހެލްތް މިނިސްޓަރު نسيم އަށް ދަންނަވައިގެން "އަތްޖަހާނެ" ކުދިންކޮޅެއް ހޯދަމާހިނގަ! 🐸

    4
    4
    • ބައްޔެންނު

      ކަލޭ އައް ސިޔާސީ ވާހަކަ ނޫނީ ނުދެއްކެންްޔާ އަންގަ ނުތަޅާ