އޮކްސިޖަން ލިބުން ދަތިވެ އިންޑިއާއިން 11 މީހުން މަރުވެއްޖެ އެވެ.

އަވައްޓެރި އިންޑިއާގެ އަންދްރާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ތިބި ކޮވިޑަށް ފަރުވާހޯދަމުންދާ ބަލިމީހުންގެ ތެރެއިން 11 ބަލިމީހަކު އޮކްސިޖަން ލިބުން ލަސްވެގެން މަރުވެއްޖެ ކަމަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު އެވެ. އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން ބުނީ އޮކްސިޖަން ނުލިބި ލަސްވީ އެންމެ ފަސް މިނެޓަށް ކަމަށާއި އޮކްސިޖަން ޓޭންކަރު އައުމާއި އެކު އޮކްސިޖަން ގުޅުނުއިރު 11 މީހުންގެ ފުރާނަ ގޮސްފައިވާކަމަށް އޭނާ ބުންޏެވެ.

އަންދްރާ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 1،000 މީހުންނަށް ފަރުވާދެމުންދާއިރު އޮކްސިޖަން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވީ ކުއްލިއަކަށް ކަމަށް ކަމާބެހޭ ފަރާތް ތަކުން ބުނެއެވެ. ގިނަ ޢަދަދެއްގެ ބަލިމީހުން ކެއްސަން ފެށުމުން އޮކްސިޖަނަށް ޗެއިން އަށް މައްސަލައެއް ދިމާވެފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އޮކްސިޖަން ހުސްވުމުން ޑޮކްޓަރުން ވަނީ ބަލިމީހުންނަށް ސީޕީއާރް ދީފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ބަލިމީހުންނަށް އޮކްސިޖަން ދިނުމަށް ކާޑްބޯޑް ގަނޑުން ފަންކާ ހަދާ ވައިޖައްސާފަ އެވެ.

ކޮވިޑަށް ފަރުވާހޯދަމުންދިޔަ ބަކިމީހުންތަކެއް އޮކްސިޖަން ނުލިބިގެން މަރުވި މި ހާދިސާ ހިނގި ގޮތް މިހާރު އަންނަނީ ބަލަމުންނެވެ. މި ހާދިސާ ހިނގި ގޮތުގެ ތަފްސީލް ރިޕޯޓެއް އެކުލަވާލުމަށް މި ހާދިސާ ހިނގި ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ހޮސްޕިޓަލަށް އަންގާފަ އެވެ.

ފާއިތުވި މަހެއްހާ ދުވަހު އިންޑިއާގައި އޮކްސިޖަން ނުލިބި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާއިރު ގިނަ ހާދިސާތައް ހިނގާފައި ވަނީ އޮކްސިޖަން ނުލިބި އެއްކޮށް ހުސްވެގެންނެވެ. އިންޑިޔާ އޮކްސިޖަނަށް ޖެހިފައިވާ މި ދަނޑިވަޅަކީ ކޮވިޑުގެ ދެވަނަ ރާޅުގައި އެތައް ހާސް ބަޔަކު މަރުވަމުންދާ ދުވަސްވަރެކެވެ. ކޮވިޑް ޖެހިގެން ދުވާލެއްގެ މައްޗަށް އެތައް ހާސް ބަޔަކު އެޤައުމުން މަރުވެއެވެ.