މަސްޖިދުލް އަޤުޟާގައި ނަމާދު ކުރަން ތިބި ފަލަސްތީންގެ އާންމުންނަށް އިސްރާއިލް ސިފައިން ދިން ހަމަލާތައް ކުށްވެރިކުރަން ޖަރުމަންވިލާތުން ދެކޮޅު ހަދައިފިއެވެ. އިސްރާއިލް ސިފައިން ހަތިޔާރާއި އެއްކޮށް މަސްޖިދުލް އަޤުޟާއަށް ވަދެ ހިންގި ހަަމަނުޖެހުމުގައި 300 އާއި ގާތްކުރާ އަދަދަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓުން މައުލޫމާތު ދީފައިވެއެވެ.

ފަލަސްތީނުގެ ކުޑަކުދިންނަށާއި، އަންހެނުންނަށް މަސްޖިދުލް އަޤުޞާ ކުރިމަތީގައާއި މިސްކިތުގެ އެތެރޭގައި ދެމުން އަންނަ އަނިޔާތައް ކުށްވެރި ކުރަންތޯ ޖަރުމަނުގެ ބާލިންގްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ދެފަހަރަށް ސުވާލު ކުރުމުން ވެސް، އެގައުމުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ތަރުޖަމާނު ކްރިސްޓޮފާ ބާގާ ސީދާ ޖަވާބެއް ނުދެއްވިއެވެ. އޭނާ ހަމައެކަނި އިޝާރާތް ކުރައްވަނީ ފަލަސްތީނާއި ބެހޭގޮތުން މެދުއިރުމަތީގެ ކުއާޓެޓުން ބަޔާނެއް ނެރެފައިވާ ކަަމަށެވެ. މެދުއިރުމަތީ ކުއާޓެޓުގައި ހިމެނެނީ އީޔޫ، ރަޝިއާ، އެމެރިކާ އަދި އދ އެވެ.

ފަލަސްތީނަށް މިހާރު ކުރިމަތިވަމުންދާ އަނިޔާވެރިކަމާއި ގުޅިގެން މެދުއިރުމަތީގެ ކުއާޓެޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ އަމަލުތަކާއި މެދު ކަންބޮޑުވާ ކަމަށެވެ. ކަންބޮޑުވުން ފާޅު ކޮށްފައިވީ ނަމަވެސް، އެ ބަޔާނުގައި އިސްރާއިލް ކުށްވެރި ކޮށްފައެއް ނުވެއެވެ.

މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ފޮޓޯ ތަކާއި ވީޑިއޯތަކުން ފަލަސްތީނު ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާވެރިކަން ފެނިގެންދެއެވެ. އިސްރާއިލް ސިފައިން ފަލަސްތީނު ރައްޔިތުންގެ މައްޗަށް ވެރިވެގަނެ އެމީހުންނާއި ދެކޮޅަށް ސްޓަން ގްރެނޭޑާއި، ކަރުނަ ގޭސް އަދި ޕްރެޝަރުގައި ފެން ޖަހައި އަނިޔާ ދެމުންދާ މަންޒަރު ފެނިގެން ދެއެވެ. އަދި ޣައްޒާއަށް ވައިގެ މަގުން އިސްރާއީލުން ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ށާމިން

    ބަލަ ޖަރުމަނުން އއ އެމީހުން ކު އްވެރި ނުކުރާނެ ޔޫރަޕިޔަން ޔޫނިޔަން އިން ވަކިވޭ މި ދިވެހިރާ އްޖޭގެ ވެރިން ގަބޫލު ކުރަނީ ރިޒުގު ދެ އްވަނީ ޔޫރަޕުން ކަމަށް ޖާހިލު ވެރިން މީ މިހާރުން މިހާރަ އް ވަކިވޭ އއމިހާރަކަން އ އިސް ފަތުރުވެރިންގެ ގޮތުގައ އި އ އިޒްރާ އިލް މީހުން ވަރއައ އް ގިނަ އިން އެބަ އާދޭ ލޯކަލް ޓުވެރިޒަމް ގޮތުގަ އި ގިނަ އއ އީ ރާޅާ އެޅޭ މީހުން މިމީ ހުން ނާ އ އެކީ ޅޭ ދިވެހިން އުޅޭ ގޮތް ސަރުކާރުން ބަލަން އެބަޖެހޭ ވިޔާނުދާ ސަރުކާރު ޔަހޫދީންގެ ހިމާޔައް ހޯދަން ނޫޅުނަސް މިގައ އުމު ހިންގިދާނެ

    9
    1
  2. ބޮކުރީ

    އެފަދަ ޤައުމުތަކާ މުސްލިމު ނަމުގެޤައުމުތަކުން
    ކޮންމެގޮތަކުންވެސް ގުޅުން ބަދަހިކުރާތަން ވަރަށް
    ގަދައަށްފެންނަމުންދޭ.އެއީތޯ އެއްހަށިގަނޑެއްގެ
    މިސާލު ދެއްކުމަކީ. ކާފިރުންހަދާ ކޮންމެ ގޮތެއް
    އޯ.ކޭ ވެގެން ނުތިބިނަމަﷲއެބައެއްގެ ފުރާނަ ހިއްޕަވާނޭވެސް ބުނާކަހަލަ.