ބޭނުންވަނީ މުޅި ޤުދުސް ކަމަށާއި، މަޤްސަދު ހާސިލް ނުވަނީސް ފަހަތަކަށް ނުޖެހޭނެ ކަމަށް އިސްރާއިލްގެ ހައްދުފަހަނަައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫޫ ބުނެފިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑުވަނީ މޭމަހުގެ 9 އަދި 10 ވަނަ ދުވަހާ ދިމާކޮށެވެ. މި ދުވަސް އެ ގައުމުން ފާހަގަކުރަނީ ޤުދުސް އިސްރާއީލްގެ އަޅުވެތިކަމުގެ ދަށަށް ގެނެވުނު ދުވަހުގެ ގޮތުގައެވެ. އިސްރާއީލުގެ އަޅުވެތިކަމުގެ ދަށުގައި ގުދުސް އޮންނަތާ 54 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މި އަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ޔަހޫދީން ވަނީ ނިންމާފައެވެ.

އިސްރާއީލުގެ ބޮޑުވަޒީރުގެ ރަސްމީ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޤައުމުން ބޭނުންވަނީ މުޅި ޤުދުސްގެެ ހުރިހާ ސަަރަހައްދެއް ކަމަށާއި، އަމާޒަކީ މުޅި ޤުދުސް ފަތަހަކޮށް އެއީ އިސްރާއީލުގެ ވެރިރަށަށް ހެދުން ކަމަށެވެ. ޤަދީމީ ގޮތުން ޤުދުސަކީ އިސްރާއީލުުގެ މިލްކެއް ކަމަށް އެެބަޔާނުގައި ވަނީ ބުނެފައެވެ.

އިސްރާއީލުން ޤުދުސަކީ އެމީހުންގެ ތަނެއް ކަމުގައި ގަބޫލުކުރި ނަމަވެސް ބައިނަލްއަޤުވާމީ ދުނިިޔެ އެކަމާ ދެކޮޅު ހަދައެވެ. އަދި އިސްރާއީލުގެ އަނިޔާވެރިކަން ހުއްޓާލުމަށް ގިނަ ޤައުމުތަކަކުން އަންނަނީ ގޮވާލަމުންނެވެ.

ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުން ވަނީ އިސްރާއީލުން ހިންގަމުން އަންނަ އަނިޔާވެރި އަމަލުތައް ހުއްޓާލާ ފަހަތަށް ޖެހުމަށް ގޮވާލާފައެވެ. އަދި ޤުދުސްގެ ދިފާއުގައި ހަނގުރާމަ ކުރުންމަތީ ދެމިތިބޭނެ ކަމަށް ރޭ ވެސް ހަމާސް ޖަމާއަތުން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަދުވަހު އިސްރާއީލުގެެ ސިފައިން އަޤުޞާ މިސްކިތުގައި ނަމާދަށް ތިބި މުސްލިމުންތަކެެއްގެ ގަޔަށް ރަބަރު ވަަޒަން ޖަހާ ގިނަ ބަޔަކު ޒަހަމްކޮށްލުމާއި އެކު ފަލަަސްތީނުގެ މަޝްރަހު ވަނީ އަނެއްކާވެސް ހޫނުވެފައެވެ.

އިސްރާއީލުން ފަނީ އިއްޔެ އިން ފެށިގެން ޣައްޒާއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މިހަމަލާތަކުގައި މިހާތަނަށް 22 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި ނުވަ ކުޑަކުދިން ވެސް ހިމެނެއެވެ.

ފަލަސްތީންގެ މުޖާހިދުން ވެސް ދަނީ އިސްރާއީލަށް ރޮކެޓް ހަމަލާތައް ފޮނުވަމުންނެވެ. ނަމަވެސް އަދި މިހާތަނަށް އިސްރާއީލްގެ އެއްވެސް މީހަކު މިއިން ހަމަލާއެއްގައި މަރުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އިނާ

  ﷲ ގެ ކޯފާ އަށް ނަތަންޔާހޫ ބިރު ނުގަންނަނީ ތޯ،،،،،
  ފަލަސްތީނުގެ އެންމެހާ އަޙުންނާ އުޙްުތުން ނަށް ހެޔޮ ރަހްމަތް ލަށްވާށި. އާމީން.

  112
  7
 2. ނަން

  ޔާﷲ. ފޮޓޯގައި މިފެންނަ އެތި ގަދަހިއްޕެވުމަކުން ހިއްޕަވާނދޭވެ. އާމީން

  112
  5
 3. އައިރާ

  އިބިލީހުގެ ދަރި ނަތަންޔާހޫ މޮޔަވޭ...!!!.ޤުދުސް އިން ނުލިބޭނެ އެންމެ ކައިވަތެއްވެސް.!!!ގަދަބަދަވިކަމުން މުސްލިމުންގެ ބިންތައް ފޭރިގެން މިހާރުވެސް ތިއުޅެނީ..ދިރިހުރިހާ ހިނދަކު ތިގޮތަށް އަނިޔާވެރިކަން އިތުރު ކުރެވިދާނެ.ކޮންމެ ކަމަކަށްވެސް އަދި ކޮންމެ މީހަކަށްވެސް މާތްﷲ މުހުލަތެއް ދެއްވާފަވޭ..އެމުހުލަތު ހަމަވީމަ ދާންޖެހޭނީ ހުސްއަތާ..

  57
  5
 4. ބަފާބޭ

  ކޮބާހޭ މުސްލިމް ޤަެުމުތަކުގެ ވެރިން..

  54
  4
 5. ޔ

  ކާކު ނަތަންޔާހޫއާ ދެކޮޅަށްލިޔެފަހުރި ކޮމެންޓް ތަކަށް ޑިސްލައިކްދީފައެހެރީ. ޔަޤީންއެއީ ޔަހޫދީއެއްކަން

  56
  3
 6. ރަދީފް

  ނަތަންޔާހޫ ކަލޭގެ ލަދު ކޮބާ؟؟ ކަލެއަށް ހީވަނީ ތިހެން އަބަދު އާރާއި ބާރުގަ ދުނިޔޭގަ ހުރެވިދާނެކަމަށް ތަ؟؟ ނަމަވެސް ގުދުރަތުގެ ގާނޫނުގަ އޮންނަނީ އެހެނެއް ނޫން.ކޮބާ އަތް ފުޅާކޮށްފަ ހިނގާ އުޅުނު ޝެރޯން؟ ކަލޭ ދެކުނިންތަ އޭނަ ނިމިގެން ދިޔަގޮތް؟ އިބްރަތަކަށް ނުފުދޭތަ އޭނަގެ ނިމުން.ވ.ވެދުން

  10
  1
 7. އަހްމަދު

  ޔާﷲ ދުނިޔޭގައި ތިބިބަޔަކަށް އިބްރަތެއްވާގޮތަކަށް ވާފަދަ ހިއްޕެވުމަކަށް މީނާ ވާނދޭވެ. އާމީން

  11
  1
 8. މީ ކާކު

  ﷲ އަކްބަރު!

  12
  2
 9. 👍😂

  ޗުމާ ޗުމަ ދޭދޭ. ޗުމާ ޗުމަ ދޭދޭ ޗުމާ

 10. ރަދީފް

  ކޮބާ މަގޭ ކޮމެންޓް؟؟

  2
  2
 11. ޔާސިރު

  ހޫނ ރަށަށްދޭ

  1
  1
 12. އަލީ

  ﷲ އަކްބަރު. ކިތައްމެ ވަރަކައް ޑިސްލައިކް ދިނަސް އެއްމެ ބޮޑީ ﷲ.. ކާފަރުން ވަރައް ޖެހިލުންވާނެ މިބަސްދެކެ. މިދުނިޔެމަތީ ކިތައްމެ ބޮޑާވެގަނެގެން އުޅުނަސް ތި ނިކަމެތި ހަށިތަކަކުތެރޭ ތާއަބަދައް ތިޔަ ފުރާނައެއް ނުގެންގުޅެވޭނެ. މަރު ހިއްޕަވާވަގުތު ވަރައް ރީއްޗައް ތިމާގެ ނިކަމެތިކަން އިހުސާސް ކުރެވޭނެ. ބަލަން ތިބޭތި...