މި ރަމަޟާން މަހު ވެސް ފަަލަސްތީނުގެ މައްޗަށް އިސްރާއިލުން ގަދަވެގަނެ ހަމަނުޖެހުންތަކެއް އަންނަނީ ހިންގަމުންނެވެ.

ތިން ވަނަ އަށް އެންމެ މުގައްދަސް މިސްކިތް މަސްޖިދުލް އަގްސާ އަށް އިސްރާއިލްގެ ސިފައިން ވަދެ އެތަނުގައި އަޅުކަމުގައި ޝާމިލްވެެގެން ތިބި އެތައް ބަޔަކަށް ވަނީ ހަމަލާ ދީފައެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް މި ދެތިން ދުވަހު އިސްރާއިލުން ދެމުންގެންދާ ހަމަލާތަކުގައި ވޭތުވެދިޔަ ދެތިން ދުވަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ގުދުސް ހިފައިގެން އުޅޭ އިސްރާއިލް މަސްޖިދުލް އަގްސާގައި ރޭގައި ވެސް ފަލަސްތީނު މީހުންނަށް އުދުވާނީ ހަމަލާތަކެއް ދީފައިވެއެވެ. އިސްރާއިލް ސިފައިން މަސްޖިދުލް އަގްސާގައި ހިންގި ޖަރީމާގެ ތެރެއިން މައުސޫމު ތުއްތު ކުދިންނާއި އަންހެނުންނަށް ގެއްލުން ވެފައިވެއެވެ.

ބޮމާއި، ކަރުނަ ގޭހާއި، ރަބަރު ވަޒަން ބޭނުން ކޮށްގެން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުން ގޮސް އިއްޔެ ވަނީ މަސްޖިދުލް އަގްސާއަށް ވަދެ އެތަނުގައި ހުރި މުސްހަފް ތަކުގައި ރޯކޮށްފައި ކަމަށް ބައިނަލްއަގްވާމީ ހަބަރުތައް ގެނެސްދޭ ނޫސް އެޖެންސީ ތަކުން ބުނެފިއެވެ. އިސްރާއިލް ސިފައިންނާއި ޔަހޫދީން މަސްޖިދުލް އަޤްސާއަށް ވަދެ މުސްހަފްތަކާއި، ދީނީ ފޮތްތަކުގައި ރޯކުރުމުން، މި އަލިފާނުގެ ސަބަބުން ބައެއް މުސްހަފްތައް ބަހައްޓާ ހަރުތައް ވެސް ވަނީ އަނދައިފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސް ޖަމާއަތުން ވަނީ ފަލަސްތީނުގެ ބިންތަކުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީ ވަޒަންވެރިންގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް ވެސް ދީފައެވެ. މަސްޖިދުލް އަގްސާ އަށް އިތުރު ހަމަލާތައް ދޭ ނަމަ އިސްރާއީލުގެ އެތަން މިތަނަށް ރޮކެޓް ހަމަލާ ދޭނެކަމުގެ އިންޒާރު ވެސް ޙަމާސް އިންވަނީ ދީފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގާ މިއުދުވާން އަރަބި އަދި އިސްލާމީ ގައުމުތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަަހަން

    މާތް ﷲ އިސްރާއިލްގެ މީހުންނަށް ލައުނަތް ލައްވާށި.. އާމީން ...
    ރޯދައިގެ އަޙްލުވެރިންގެ ދުއާ މާތް ރަސްކަލާނގެ އިޖާބަ ކުރައްވާނެ.. އެންމެން ދުޢާ ކުރޭ.. ފަލަންތީންގެ މުސްލިމުންނަށް ހެޔޮގޮތް މިންވަރު ކުރެއްވުމަށްއެދި...

    14
  2. ..

    ތިޔަ މީހުންނަށް ކޯފާއެއް ނާންނަނީސް މައިތިރިއެއް ނުވާނެ

    9
    3
  3. އަހްމަދު

    ޔާﷲ އިސްރާއިލްގެ ޔަހޫދީންނަށް ރަނގަޅު މަގުނުވާނަމަ ގަދަ ހިއްޕެވުމަކުން ހިއްޕަވާފާނދޭވެ. އާމީން

    11
    2