ޗައިނާއިން އެޕްރީލް މަހުގެ 29 ވަނަ ދުވަހު ލޯންޗް ކުރި ދިގު މިނުގައި 100 ފޫޓު ހުރި ރޮކެޓެއްގެ ބައިތަކެއް އާދިއްތަ ދުވަހު ރާއްޖޭގެ ކަނޑުގެ ސަރަހައްދަކަށް ވެއްޓުމާ ގުޅިގެން އެެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އެކަމަށް ފާޑު ކިޔައިފިއެވެ.

ޗައިނާގެ ސްޕޭސް ސްޓޭޝަނަށް ފޮނުވުމަށް ލޯންޗް ކުރި މާރޗް 5ބީ ރޮކެޓުގެ ބައިތަކެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނުކަން ޗައިނާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ރޮކެޓު ވެއްޓުމުގެ މާ ކުރިން ޗައިނާއިން ވަނީ ދުނިޔޭގެ ސަރަހައްދަކަށް އެ ރޮކެޓު ވެއްޓޭނެ ކަމަށް ބުނެފައެވެ. ރޮކެޓު އޯބިޓަށް ފޮނުވާލުމަށް ފަހު އޭގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. އެހެން ކަމުން ޔަގީން ކަމާއެކު ރޮކެޓު ވެއްޓޭނެ ސަރަހައްދެއް އެނގިފައި ނުވަނީއެވެ.

މި ހާދިސާއަށް ފާޑުވިދާޅުވެ ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ވިދާޅުވީ ޗައިނާއިން އޯބިޓަށް ފޮނުވި ރޮކެޓުގެ ބައިތަކެއް އަނބުރާ ދުނިޔެއަށް ވެއްޓުމަކީ ޒިންމާދާރު ނުވެވުމުން ދިމާވި ކަމެއް ކަމަށެވެ. ރޮކެޓުގެ ބައިތައް ދުނިޔެއަށް ވެއްޓޭއިރު މީހުން އާބާދުވެފައިވާ ސަރަހައްދަކަށް ވެއްޓި އޭގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ޗައިނާގެ އެއްވެސް ފަރުވާލެއް ނެތް ކަން ދޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ޗައިނާ ސްޕޭސް މިޝަން ތަކުގައި މީހުންގެ ރައްކާތެރިކަމަށް ބާރުދީފައިނުވާތީ ކަން ފާހަގަ ކުރެއްވިއެވެ.

ޗައިނާއިން ބޭނުންވީ ރޮކެޓުގެ ބައިތައް ކަނޑަށް ވެއްޓުމަށެވެ. މިކަމާއި ގުޅިގެން ނެލްސަންވިދާޅުވެފައިވަނީ އޭތި ކަނޑުގެ ސަރަހައްދަށް ވެއްޓޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް އޭރު ނެތް ކަމަށެވެ.

"ޗައިނާގެ ރޮކެޓުގެ ބައިތަކެއް ވެއްޓުމަކީ އެގައުމު މިފަދަ ކަންކަމުގައި ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެއް. މީގެން ދޭހަ ކޮށްދެނީ ޖައްވީ ކަންކަމުގައި ގެންގުޅެން ޖެހޭ ހަރުދަނާ އުސޫލުތައް ގެންގުޅުުގައި ޗައިނާއިން ފެއިލް ވެފައިވާކަން" ނެލްސަން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޮހޮއްމާ

    ރާއްޖޭގެ ތިމާވެށީގެ ގާނޫނު ގެ ދަށުން އެއްބިލޔަން ޑޮލަރުން އެބަޖެހޭ ޗައިނާ ޖޫރިމައިނާކުރަން . އެމިސައިލް ރާއްޖޭގެ ސަރަހައްދަށް ވެއްޓުނީތީ

    16
    2
    • ފިނދަނަ

      މިސައިލެއް ނޫނޭ.

      14
  2. ރާގޮޑިރާޖަ

    މިކަމާ ޗައިނާގެޖާސޫސީ އެޖެންޓް ފިނި ފެންމާ ސައީދު ވިދާޅުވަނީ ކީކޭތޯ.

  3. ދާރި

    ތިވެދާނެ ޔާމީނަށް ފޮނުވި އީދުހަދިޔާއަކަށް