އިންޑިއާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އާދަޔާ ހިލާފު އެތައް ސަގާފަތެއް ގެންގުޅޭ ބަޔަކު ދިރިއުޅެމުންދާ ގައުމެކެވެ. ސަގާފަތްތަކާއި އެތައް ދީނެއްގެ ބަޔަކު އިންޑިއާގައި ދިރިއުޅެމުންދާ އިރު އެ ގައުމުގެ ބޮޑު އެއް އާބާދީ އަކީ ހިންދޫންނެވެ. ހިންދޫންގެ ތެރޭގައި ގެރިއަށް އަޅުކަންކޮށް ގެރިއަކީ ވަރަށް މާތް ޖަނަވާރެއްގެ ގޮތުގައި ދެކެމުން ދެއެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަންގެ ރައީސް ޑރ. ޑީޖޭ ޖަޔަލާލް ވިދާޅުވީ ގެރީގެ ނަޖިހަކީ ކޮވިޑުގެ ފަރުވާއެއް ކަމަށް ބުނަމުންދާ އިރު މިހާތަނަށް އެއްވެސް ސައިންޓިފިކް ހޯދުމެއް އެކަމުގައި ހޯދިފައިނުވާ ކަމަށެވެ. އެއީ ހަމައެކަނި ގަބޫލުކުރާ ގަބޫލުކުރުމެއް ކަމަށް ޑރ. ޖަޔަލާލް ވިދާޅުވިއެވެ.

ޑރ. ޖަޔަލާލް ވިދާޅުވީ ގެރީގެ ނަޖިހަކީ އިންސާނުންނަށް ރައްކާތެރި އެއްޗެއް ނޫން ކަމަށާއި ބަލިތައް ޖެހުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.

ގިނަ ބަޔަކު އެއްވެ ގެރީގެ ނަޖިހުން ފެންވަރައި އެތަކެތި ބުއިމަށް ބޭނުންކުރާ މި ދަނޑިވަޅުގައި ކޮވިޑް ފެތުރުމުގެ ޖާގަ އޮތްކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މިފަދަ ގޮތަކަށް ގިނަ ބަޔަކު އެއްވުން ރައްކާތެރި ނޫންކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.

ފަހަކަށް އައިސް ބައެއް ފަރާތްތަކުން ގެރީގެ ނަޖިހަކީ ސާފުވުމަށް ބޭނުންކުރަން މުހިންމު އެއްޗެއް ކަމަށް ބުނަމުންދާއިރު އަނެއްބައި ފަރާތްތަކުން ދަނީ ގެރީގެ ކުޑަކަމުދާ ތަކެތި ބޮމުންނެވެ. އިންޑިއާގައި ކޮވިޑުގެ ބަލިމަޑުކަން އިންތިހާ ދަރަތަޖައަށް އުފުލިފައިވާއިރު އެ ގައުމުގެ ސިއްހީ މާހިރުން ދަނީ މިކަންކަމުން ދުރުވެ ރައްކާތެރިވުމަށް އެޤައުމުގެ ރައްޔިތުންނަށް އިރުޝާދު ދެމުންނެވެ.

އިންޑިއާގައި ހަލުވިކަމާއި އެކީ ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރިވުމަށް ބައެއް ފަރާތްތަކުން ގެރީގެ ނަޖިހުން ފެންވަރައި ގެރީގެ ކުޑަކަމުދާ ނަޖިސް ބުއިމަށް ބޭނުންކުރަމުންދާތީ އެއީ ސައިންޓިފިކަލީ އެއްވެސް ގޮތަކަށް ރައްކާތެރި އެއްޗެއް ނޫންކަމަށް އެ ގައުމުގެ ސިއްހީ މާހިރުން ލަފާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ދިވެހި ރައްޔިތުން

  ރެންޑަމް ސާމްޕަލް ނުނަގާ އިރު ކިހިނެތް ހޯދާ ސާމްޕަލް ތަކެއްގެ ނަތީޖާތޯ މި އިޢުލާން ކުރަނީ ؟

 2. ހުސޭނުބޭ

  މިހާރު މިއުޅޭ ކޮވިޑް ވޭރިއަންޓްތަކަކީ ގެރި ނަޖިސް ވޭރިއަންޓްތަކެއް

 3. މޮޔަވޭ

  ހަހަހަހާ...އައްޗީޑި...މިމީހުން ކޮށްފާނެ ކޮންމެ ފަދަ މޮޔަ ކަމެއްވެސް.

 4. UH

  you don't say

 5. ކިޔުންތެރިއެއް

  ޢައްޗީޑި...މިތިބަ ނަޖިސްބައެއްދޯ🤮

 6. މހމމ

  އޯ ރިއަލީ..؟